1- ތައުޙީދު
2- އިންސާނާގެ އަޞްލަކީ އާދަމް ޢަލައިހިއްސަލާމެވެ. އާދަމް ޢަލައިހިއްސަލާމް އުފެއްދެވުނީ ވެލިންނެވެ.
3- އިންސާނާއަކީ ކަރާމާތްތެރިކުރެވިގެންވާ މަޚްލޫޤެކެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ – الإسراء: ٧٠ މާނަ: “ހަމަކަށަވަރުން، ތިމަންއިލާހު، އާދަމުގެދަރިން މާތްކުރެއްވީމެވެ.”
4- އިންސާނުންގެ ވަޒީފާއަކީ އަދި އިންސާނުން ވުޖޫދުކުރެއްވުމުގެ ބޭނުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތިކަން އަދާކުރުމާއެކު މި ދުނިޔެ ޢިމާރާތްކުރުމެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ- الذاريات: ٥٦ މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”
5- ޢަމަލު ކުރަންޖެހެނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައެވެ.
6- މި ދުނިޔޭގައި ކައުނީ ސުންނަތްތަކާއި ﷲ ގެ ޤުދުރަތްތެރިކަމުގެ ނިންމުންތައް ވެއެވެ. ޤަޟާއާއި ޤަދަރު ވެއެވެ.
7- ކަންތައްތައް މަޢުރިފާކޮށް ދެންގަންނަނީ ޞައްޙަގޮތުގައި ނަޤުލުވެފައިވާ ނަޤުލުކުރުންތަކާއި (ކީރިތި ޤުރުއާނާއި މޫރިތި ސުންނަތާއި) ސަލާމަތްތެރި ބުއްދީގެ ބޭނުންކޮށްގެންނެވެ.
9- ޝަރީޢަތާ ޚިލާފު ނުވާ އާދަކާދަތަކާއި، ތަޤްލީދުކުރުންތަކަށް ރިޢާޔަތްކުރެއެވެ.
ހުޅަނގުގެ ތަރުބަވީ ނަފްސާނީ ޢިލްމުގެ މުހިއްމު އަސާސްތައް
1- އިންސާނާގެ އަޞްލުވަނީ ޖަނަވާރަކުން، ފައްކާވަމުން ފުރޮޅެމުން އައިސްފައެވެ.
2- މުޢާމަލާތްކުރުމުގައި އިސްކަންދެނީ އިންސާނާގެ ހަށިގަނޑަށެވެ. ރޫޙާނީ ބައި ވަނީ ވަރަށް ދުރުކޮށްލާފައެވެ.
3- ނަޖާވުން ބިނާވެފައިވަނީ އިންސާނާ ބޭނުންވާ ބޭނުންވުންތަކާއި އޭނާގެ ކުޅެދުންތެރިކަން ހުންނަ މިންވަރެއްގެ މައްޗަށެވެ. އެއްވެސް ޤަޟާއެއް ޤަދަރެއް ނުވެއެވެ.
4- ކަންތައްތައް މަޢުރިފާކޮށް ދެނެގަންނާނީ ޙިއްސުތަކާއި ބުއްދި ބޭނުންކޮށްގެންނެވެ.
5- ބަރޯސާވަނީ ކުރެވިފައިވާ ތަޖުރިބާތަކެއްގެ މައްޗަށެވެ.
6- ބޭނުމަކީ ހަމައެކަނި ދުނިޔަވީ އުފާވެރިކަން ހޯދުމެވެ.
7- ކަންތައްތައް މިނެކިރާ ތަރާދަކީ ހުޅަނގުގައި ކަންތައްތައް އޮންނަ ގޮތެވެ.
ލިޔުއްވީ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
0 comments:
Post a Comment