Wednesday, April 25, 2012

ރައްޔިތު މީހާގެ ދޭސީ ޚިޔާލު (3)

މާޟީއާއި މުސްތަޤުބަލްވަނީ އަޅުގަނޑުމެންކުރި ޢަމަލުތަކެއްގެ މައްޗަށެވެ.

1980 ގެ އަހަރުތައް އާދެ! އަޅުގަނޑުމެންގެ އިއްޔެގެ އެކުވެރިޔާ، ވަކިވުމުގެ ސަލާމް ކުރުމަށްފަހު، މާޒީގެތެރެއަށްގޮސް އެ އޮބާލީއެވެ. އޭގެ އުފާތަކާއި، އޭގެ އެކުވެރިކަމާއި، އެ އަހަރުތައް އަޅުގަނޑުމެންނަށް ގެނެސްދިން ތަރައްޤީއާއި، ލާބަޔާއި، މަންފާ އޅުގަނޑުމެންގެ އަތްމައްޗަށް ދޫކޮށް، އެކަންކަމުން ޢިބުރަތެއް ހިފުމަށް ގޮވާލަމުންނެވެ. ޝައްކެއްނެތް ގޮތުގައި، 1980 ގެ އަހަރުތަކަކީ، އަޅުގަނޑުމެންގެ ކާފަމެންނާއި، މާމަމެންނާއި، މައިން ބަފައިންނާއި، ދައްތަމެންނާއި، ބޭބެމެންގެ ބުރަ މަސައްކަތުން، ތޮއްޑޫއަށް ތަރައްޤީއާއި، ތަހުޒީބާއި، ކުރިއެރުން ގެނެސްދިން ފާގަތި އަހަރުތަކެކެވެ. ޤަބޫލު ކުރިއަސް ނުކުރިއަސް ތޮއްޑޫގެ ތަރައްޤީއަށްޓަކައި، މިހާތަނަށް އަޅާފައިވާ ހުރިހާ ބިންގަލެއް އަޅުއްވާދެއްވާފައިވަނީ، އަޅުގަނޑުމެންގެ ކާބަފައިންގެ ބުރަމަސައްކަތުން، 1980 ގެ އަހަރުތަކުގައެވެ. '' ތަރައްޤީ'' މި ބަސް އަޅުގަނޑުމެންނަށް ދުލުން ބޭރުކޮށްލަން މި ދަސްވީވެސް އެބޭފުޅުން އަޅުގަނޑުމެންނަށްޓަކައި އެދުވަހު އެ އަޅުއްވައި ދެއްވި ތަރައްޤީގެ މަތިވެރި ބިންގަލުގެމަތިންނެވެ.
މި މުހިންމު ދަނޑިވަޅުގައި އަޅުގަނޑުމެންގެ މައްޗަށް އޮތް އެންމެ މުހިންމު އެއްވާޖިބަކީ، 1980 ގެ އަހަރުތަކުގެ ރޭތަކާއި، ދުވަސްތައް އަޅުގަނޑުމެންނަށް ލިބިގަނެވުނު ގޮތުގެ ހަނދާން އައުކޮށްލުމުގެ ގޮތުން ވިސްނާލުމެވެ. އެއަށްފަހު، އެ މާޟީ ވެއަތުކުރެވުނު ގޮތަކާއި މެދު، ކުރިފިކުރަކުން ލިބޭ ނަތީޖާއެއްގެ މައްޗަށް މުސްތަޤުބަލް ރޭވުމުގެ ޢަޒުމްތަކެއް ކަނޑައެޅުމެވެ.
ދަންނަވަންތޯއެވެ. ތޮއްޑޫގައި ބިނާކޮށްފައިވާ މިސްކިއްތަކާއި، ރަށު އޮފީހާއި، ރަށު ކޯޓާއި، ޞިއްޙީ މަރުކަޒާއި، ސްކޫލާއި، 24 ގަޑިއިރުގެ ކަރަންޓްގެ ޚިދުމަތާއި، ކޭބަލް ޓީވީގެ ޚިދުމަތާއި، ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ޢިމާރާތްކޮށްފައިވާ ކުލަބުގެތަކާއި، ފުޓް ބޯޅަ ދަނޑާއި، ބަށި ކޯޓް، ވޮލީ ކޯޓް ފަދަ ތަންތަނަކީ، އަޅުގަނޑުމެންގެ ކާބަފައިނގެ ބުރަ މަސައްކަތުން، އަޅުއްވާދެއްވާފައިވާ ތަރައްޤީގެ ވަރަށް މުހިންމު ބިންގާތަކެކެވެ. އެ ބިންގަލުގެ މަތީގައި، ޒަމާނާއި އެއްގޮތަށް، ތަރައްޤީވެ ކުރިއަރައި ދިއުމަށް މަސައްކަތް ކުރަންތިބި ބަޔަކީ އަދުގެ ޒުވާނުންނެވެ.
އޭރު ޤައުމުގެ މާލީ ޙާލަތު ނިޔާކުރާގޮތުން، ރަށު އޮފީހާއި، ސްކޫލާއި، މިސްކިތް ފަދަ ޢިމާރާތްތައް ބިނާކުރުމަށް، ސަރުކާރުން ދެއްވަނީ ހަމައެކަނި ތަކެއްޗެވެ. އެ ތަކެތި މާލެއިން ގެނައުމާއި، ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ، ރައްޔިތުން ހިލޭ ސާބަހަށެވެ. ސިމެންތި އާއި، އެޅިގަލާއި، މެޝިނަރީއެއް ނުހުރެއެވެ. މިހާރު، ޕިކަޕާއި، ވީލްބަރޯ ބޭނުންކޮށްގެން ކުރަމުން މިގެންދާ ހުރިހާ މަސައްކަތެއް އޭރު ކުރަމުން އައީ އަޅުގަނޑުމެންގެ މައިން ބަފައިންގެ ކޮނޑުންނެވެ. ތެދު ތެދަށް ދަންނަވާ ނަމަ ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މިހާރު މިލިބޭ ފެންވަރަށްވެސް މި ލިބެނީ، އަޅުގަނޑުމެންގެ މައިން ބަފައިންގެ ގުދާރު ބިންދައިގެން އަޅުގަނޑުމެންނަށްޓަކައި އެބޭފުޅުން އެކުރެއްވި ބުރަ މަސައްކަތުންނެވެ. ވުމާއެކު މިހާރު، އިޖުތިމާޢީ ގޮތުން ރަށުގައި، އަދާކުރަންވެފައިވާ ވާޖިބުތަކަށް އަޅުގަނޑުމެންނަށް ސަމާލުކަން ދެވެނީ، ނުވަތަ ފަރުދީގޮތުން އެ ވާޖިބު އަދާކުރެވެނީ ކިހާމިންވަރަކަށްތޯ ސުވާލުކޮށްލަން އެބަޖެހެއެވެ.
އާދޭހެވެ! ކުޑަވެސް ޝައްކެއް ނެތެވެ. މި ސުވާލަކީ، އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ތިމާގެ އަމިއްލަ ނަފުސާއިކުރުން ވާޖިބު ސުވާލެކެވެ. މި ސުވާލަށް ތިމާގެ ތެދުވެރި ޟަމީރު ޖަވާބުދިން ގޮތެއްގެމަތިން އެމީހެއްގެ ރޫޙާއި ހިތައް، އަރާމު ނުވަތަ ރިހުން ލިބޭނޭކަން ކަށަވަރެވެ. ގާތްގަނޑަކަށް2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ވެއަތުވެދިޔަތަން، ރަށަށް އެއްވެސް ކުރިއެރުމެއް ނުލިބި އެދިޔަ ގޮތަކަށްގޮސް ނިމިއްޖެއެވެ. ދެން އޮތީ އެ މާޟީއިން ޢިބުރަތް ލިބިގަނެގެން، މުސްތަޤުބަލަށް ފަރުވާތެރިވުމެވެ.
ޖުމްލަ ގޮތެއްގައި ތޮއްޑޫގެ ތަރައްޤީއާއި މެދު ވިސްނާ ފިކުރުކޮށްލާއިރު، 1980 ގެ އަހަރުތަކަކީ، ވަރަށްވެސް ފާގަތި އަހަރުތަކެއްކަމުގައި ދަންނަވަން ޖެހެއެވެ. ހަމަ އެފަދައިން، 2000 އިން ފެށިގެން، މިއަދާއި ހަމަޔަށް މި ވޭތުވެ ދިޔަ އަހަރުތަކަކީ، ތޮއްޑޫ ނިދާފައިވާ ދުވަސްތަކެއް ކަމުގައި ދަންނަވަން ޖެހެއެވެ. ހަމަ އެކަނި ލިބުނު ކުރިއެރުމަކީ، މިހާރުގެ ބައެއް ޒުވާނުންގެ ދުލުކުރިއަށް'' ތަރައްޤީ'' މި ލަފުޒު އައި އައުމެވެ. ވުމާއެކު އިންސާނަކަށް ތިމާ ވީތީ އެލިބޭ ރީތި ނަމާއި އެކަށީގެންވާވަރުގެ ފުރިހަމަ އަޚުލާޤެއްގެ ފޭރާން ލެވެނިކޮށް، އަމިއްލައަށް މުޅި ތޮއްޑޫ އިޞްލާޙުގެ މަގުގައި، ދައުރުވާން ފަށާނެކަން ކަށަވަރެވެ. މިހެން މިދެންނެވީ، ރަށުގެ ޙަޔާތަކީ، އަފުރާދުންގެ ޢަމަލުތަކުގެ ޖުމްލަ ނަތީޖާކަމަށް ވާތީއެވެ.
ކުރިޔަށް އޮތްތަނަށް ވިސްނާއިރު، ޝަޚުޝީ ގޮތުން ކޮންމެ މީހަކުވެސް އަދާކުރަންވީ ކަންތައްތައް ވަރަށްވެސް މުހިންމެވެ. އާދޭހެވެ! އިހު އަޅުގަނޑުމެން ތިބި އަޅުވެތި ނިކަމެތި ދުނިޔެއާއި އަޅާ ބަލާއިރު، މިހާރު ލިބިފައި މިއޮތް ޖައްވުގެ މިނިވަންކަން ކިތަންމެހައިވެސް ބޮޑެވެ. ކަން މިހެން ހުރުމާއި އެކު ކޮންމެ މީހަކުމެ އެ މިނިވަން ޖައްވުން ތިމާއަށް ލިބުން ޙައްޤު ދާއިރާއެއް، ފާހަގަ ކުރުމަކީ، ވަރަށް ބޮޑު ކަމެކެވެ. ޖައްވު ކިތަންމެ މިނިވަނަސް، ތިމާ ފަހަނައަޅާ ނުދާންވީ ސަރަޙައްދު ތަކެއް އޮންނާނެއެވެ. އިންސާނަކަށް ވީތީއެވެ. އިސްލާމަކަށް ވީތީއެވެ. އަނެކުންގެ ޙައްޤަށްޓަކައެވެ.
ތޮއްޑޫގެ މުސްތަޤުބަލަށް ވިސްނާލާއިރު، ރަށުފެންވަރުގައި އަޅުގަނޑުމެން ކަނޑައަޅަންވީ ޢަޒުމުތައް ވަރަށްވެސް މަތިވެރިއެވެ. ކުރަންވީ ޚިދުމަތްތައް އެހާމެ ގިނަގުނައެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް، ޞިއްޙީ މަރުކަޒެއް ހަދިޔާކޮށްފިއެވެ. އެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް، ސްކޫލެއް ހަދިޔާކޮށްފިއެވެ. އެ ސްކޫލުގެ ޢިލްމީ ދަންމަރު އުޖާލާކޮށް، ރޯޝަންކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް، ރަށު އޮފީހަކާއި، ރަށު ކޯޓެއް ހަދިޔާކޮށްފިއެވެ. އެ ތަންތަނުގައި ވަޒީފާ އަދާކުރާނެ ޤާބިލް މީހުން ބިނާކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް، ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވިއެވެ. އެ ނިޒާމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން، ރަށާއި، ޤައުމަށް ރީތި ނަން ހޯދައިދޭނޭ ހުނަރުވެރި ކުޅުންތެރިން ބިނާކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށްޓަކައި24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދެއްވައިފިއެވެ. އެ ނިޒާމް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ފެނަވަރަށް ގެނައުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ.
އާދޭހެވެ! މީލާދީން2000 ގެ އަހަރުތަކުގެތެރޭގައި، ދިވެހިރާއްޖެއަށް އައި ސިޔާސީ އިންޤިލާބުގެތެރެއިން، ރަށަށް އަންނާންވީ އިޟްލާޙުތަކުގެ ފުރިހަމަ ބިންގަލުގެ މަތީގައި އަދި ބޭއްވުނީ އެންމެ ފުރަތަމަ ބާއްވަންވީ އަސާސް އެކަންޏެވެ. އެއީ ރަށު ކައުންސިލް ވުޖޫދަށް އައުމެވެ. ވުމާއެކު ސިޔާސީ ރޮނގުންނާއި، އިޤުތިޞާދީ ރޮނގުން، ތަޢުލީމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން، ޞިއްޙީ ގޮތުންނާއި، ހޭލުންތެރިކަމުގެ ގޮތުން، ޢުމްރާނީ ގޮތުންނާއި، ތަރައްޤީއާއި، ތަހުޒީބުގެ ގޮތުން، ތޮއްޑޫއަށް، އެދެވޭ ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނީ، އަޅުގަނޑުމެން އެންމެންގެ ޚިދުމަތުންނެވެ. ފޫހިވުމެއް ނެތި، ހިންމަތާއި އެކު ގަދައަޅައި މަސައްކަތްކުރާ ދިގު ރާސްތާއެއްގެ ފަހުގައެވެ. ވަޒަނަށްޓަކައި، ޒާތީ އެދުންތަކާއި، އަމިއްލަ ތަޢައްޞަބުތަކުން ދުރުހެލިވެވުނު މިންވަރެއްގެ މައްޗަށް ބިނާވެގެންނެވެ.
މިހާރަކަށް އައިސް ސިޔާސީ ޕޯޑިއަމްތަކުގައި، ވަރަށް ގިނައިން ކިޔައިއުޅޭ ޅެން ބައިތެއްގެ ލަފުޒީ މާނަ ދަންނަވާލެވޭތޯ ބަލާނަމެވެ. '' ބައެއްގެ ޙާލަތު ބަދަލު ކުރުމަށް، އެބައެއްގެތެރޭގައި، އެ ޚިޔާލާއި، ފިކުރު އަށަގަނެ، އެބަޔަކުކުރި މަސައްކަތަކުން މެނުވީ، އެބައެއްގެ ޙާލަތު ރަނގަޅެއް ނުވާނެއެވެ. '' ވީމާ، ސަރުކާރުން ނުވަތަ ކޮންމެވެސް ފައިސާވެރިޔަކު އައިސް ތޮއްޑޫ ތަރައްޤީކޮށްދޭނެކަމަށް ބަލައިގެން، އަޅުގަނޑުމެންނަށް ތިބެވެން އެބައޮތްތޯއެވެ؟ އެކަމެއް ނުވާނެއެވެ. ތޮއްޑޫ ތަރައްޤީ ކުރެވޭނީ އަޅުގަނޑުމެން އެންމެން ގުޅިގެން އަޅުގަނޑުމެން ކުރި މަސައްކަތަކުންނެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ހޯދަން އުޅުނީމައި، ސަރުކާރުންވެސް ދެއްވާކަމާއި، ހޯދަން އުޅުނީމައި، ވިޔަފާވެރިންވެސް ދެއްވާކަން އަޅުގަނޑެކޭ އެއްފަދައިން، ޤަބޫލުކުރާނެ އެތައް ބަޔަކު ތޮއްޑޫގައި ތިއްބަވާނެއެވެ. ބޭނުންވަނީ ރަށަށްޓަކައި، ގުޅިގެން މަސައްކަތްކުރާނެ އިޚުލޞްތެރި ބަޔެކެވެ. ނަމަށްވުރެ ބޮޑަށް، ކަމަށް ވިސްނާ ބަޔެކެވެ.
މާތްއަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން!.

ads

ދާއިރާ:

3 comments:

  1. This article is true bt i wonder y the writer hesitate to display his or her name in this modern days.
    i am from thoddoo bt lives in Male'.
    I really appreciate ur work n i want contact u.

    pls give a number. Additionally, i am really thrilled as atleast u write sth in this site to encourage ppl of thoddoo towards development of the island.
    Bt i wonder how many of thoddo citizen read this site as those who have internet at home is vvv less or no.

    ReplyDelete
  2. we will up the contact number. thanks for the comments

    ReplyDelete
  3. miga miothi emmenavves engey bodu gulha vahaka ekeve. rashuge tharaggee a emmen athugulhiagen masakai kuran jehifa oikkan emme kuda kujja aves enege ev. neyngeni kantha kuran ulhenvigotheve. kuranvi kamekeve. ekahala evves hiyaale mi article gaves netheve. farudhee gothun kurevidhaane nooni kuran ehitherivevidhaane evves gothegge hiyaale ehche nei. tharaggee a masakai kurun jehifa oikan neyngigen noolhey ekakuves. iki liyentheriya dherakolan nuvatha jassalumuge gothun buni eche noon. but what i felt wfter reading this article..

    ReplyDelete

 
here it is