މަހުދީގެފާނަކީ ފަހުޒަމާނުގައި ޤިޔާމާތުގެ އަލާމާތެއްގެ ގޮތުން ފާޅުވާނެ އަދުލުވެރި އިމާމު ބޭކަލެއްކަމަށް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ފަރާތެކެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަހުލުބައިތުންގެ ދަރިކޮޅުން ވަޑައިގަންނަވާނެ ބޭކަލެކެވެ.
އެކަލޭގެފާނު ވަޑައިގަންނަވާހުށީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ދަރިކަނބަލުން ކަމަށްވާ ފާޠިމަތުއް ޒަހުރާ ރަޟިޔަﷲ އަންހާގެ ދަރިކަލުން ކަމަށްވާ ޙަސަން ބުނު ޢަލީ ރަޟިޔަﷲ އަންހުގެ ދަރިފަސްކޮޅުންނެވެ. އެކަލޭގެފާނުގެ ނަންފުޅަކަށް ވާހުށީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ނަންފުޅާއި އަދި އެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅެވެ. އެއީ މުޙައްމަދު ބުނު ޢަބްދުﷲ އަލްޙަސަނުލް ޢަލަވީއެވެ.
އެކަލޭގެފާނު 7 އަހަރުވަންދެން މުސްލިމުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރައްވާނެއެވެ. އަދި މައްކާ އެކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނާނެއެވެ. އަދި މުޅި ބިންގަނޑު އަދުލުވެރިވެ ތިޔާޤިވެގެން ދާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވެއެވެ. އެކަލޭގެފާނުވަނީ މަހުދީގެފާނު ފާޅުވާނެ ކަމުގެ އުފާވެރި ޚަބަރުދެއްވާފައެވެ.
ޞައްޙަ ސަނަދުން ވާރިދުވެފައިވާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅުން ޘާބިތުވާ ގޮތުގައި ދައްޖާލާއި އަދި ޢީސާގެފާނު ފާޅުވާހުށި މަހުދީގެފާނުގެ ވެރިކަމުގައި ހުންނަވަނިކޮށެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ޖާބިރުގެފާނު ރިވާކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ” އީސާގެފާނު ވަޑައިގަތުމާއެކު އެކަލޭގެފާނަށް އެބައިމީހުންގެ (މުސްލިމުންގެ) އަމީރު މަހުދީގެފާނު ދަންނަވާނެއެވެ. ވަޑައިގެން އަޅުގަނޑުމެންނާއި އެކުގައި ނަމާދު އިމާމުވެ ކޮށްދެއްވާށެވެ. އެހިނދު އީސާގެފާނު ދަންނަވާނެތެވެ. ނޫނެކެވެ. ހަމަކަށަވަރުން ކޮންމެ ބަޔަކަށްވެސް އަމީރެއްވެއެވެ. ކަލޭގެފާނަށް ﷲ ވަނީ މިއުއްމަތުގެ ( އަމީރުކަމުގެ) މަތިވެރިކަން ދެއްވައިފައެވެ.” ސުނަނު އަބީދާވޫދު
މި ޙަދީޘުން ސާބިތުވާ ގޮތުގައި ދައްޖާލު ފާޅުވެ އަދި ދައްޖާލު ގަތުލު ކުރުމަށްޓަކައި ޢީސާގެފާނު ފޮނުއްވޭހުށީ މަހުދީގެފާނު މުސްލިމުންގެ ޒަޢީމެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. އަދި ޢީސާގެފާނާއި އަދި އެހެނިހެން މުސްލިމުން މަހުދީގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރައްވާނެއެވެ.
އެކަލޭގެފާނުގެ ވެރިކަން ފާޅުވާހުށީ މައްކާ އަދި މަދީނާއިންނެވެ. އަދި އެޔަށްފަހު ޢަރަބިންނާއި އަދި އެނޫން މުސްލިމުންގެ ވެރިޔަކަށް އެކަލޭގެފާނު ވެވަޑައިގަންނަވާނެ ކަމަށް ޝެއިޚު އަރީފީގެ ނިހާޔަތުލް ޢާލަމުގައި ޝެއިޚު ޙަދީޘްފުޅުތަކާއި ހަވާލާދީ ލިޔުއްވާފައިވެއެވެ.
މަހުދީގެފާނާއި ބެހޭގޮތުން މި މަޢުލޫމާތު ނެގިފައި މިވަނީ މަތީގައި ބަޔާންކުރެވިފައިވާ ފޮތުގައި ޑރ. މުޙައްމަދު ބިން ޢަބްދުއްރަޙުމާނު އަލްއަރީފީ ލިޔުއްވާފައިވާ ފޮތުންނެވެ. ނިމުނީ
ދާރުއްސަލާމުން ތަރުޖަމާކޮށްފައިވާ އެފޮތުގެ އިނގިރޭސި ތަރުޖަމާވެސް ފޮތްފިހާރަތަކުން މިހާރު ލިބެން އެބަހުއްޓެވެ. އެއީ ފަހު ޒަމާނުގެ ޢަލާމާތްތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވަން ޝައުޤުވެރިވާ ބޭފުޅުން ކިޔާލަން މުހިންމު ޝައުޤުވެރިކުރަނިވި ކުރު ފޮތެކެވެ. ފޮތްހަރުގަނޑު މުއްސަނދިކޮށްލުމަށްވެސް ބައްލަވައިގަންނަވަން ރަނގަޅު ފޮތެކެވެ.

0 comments:
Post a Comment