Saturday, June 1, 2013

ދުޢާ އާއި..... ބަލާ




އިބްނުލް ޤައްޔިމު رَحِمَه الله ވިދާޅުވިއެވެ.
    "...އަދި ދުޢާއަކީ އެންމެ ފައިދާކުރަނިވި ބޭހުގެ ތެރެއިން ހިމެނޭކަމެކެވެ. އެއީ ބަލާގެ ދުޝްމަނެވެ. އެދުޢާ ބަލާއިން ދިފާޢުކޮށް ފަރުވާކޮށްދީ އަދި ބަލާޖެހުމުން މަނާކުރެއެވެ. އަދި އެބަލާ ފިލުވާލައިފައި ނޫނީ ބަލާޖެހިއްޖެ ކަމުގައިވާނަމަ އެލުއިކޮށްދެއެވެ.



އަދި އެއީ މުއުމިނާގެ ހަތިޔާރެވެ. އަލް ޙާކިމް މުސްތަދްރިކުގައި ޢަލީ ބިން އަބީ ޠާލިބުގެ އަރިހުން ރިވާވެގެންވާ ފަދައިންނެވެ. ރަސޫލާ މުޙައްމަދުއް صَــــلَّى الله عَلَيْهِ وَسَّلَـمْ ޙަދީޘްކުރެއްވިއެވެ. ((الدُّعَاء سَلاَحٌ المُؤْمْنُ وَعِمَادُ الدِّيْن وَ نُوْرُ السَمَّوَات وَ الأَرْضُ))


   މާނައީ:" ދުޢާއަކީ މުމިނާގެ ހަތިޔާރެވެ. އަދި ދީނުގެ ތަނބެވެ. އަދި އުޑުތަކާއި ބިމުގެ ނޫރެވެ."              އަދި ދުޢާ ބަލާއާއި އެކުވަނީ ތިން ޙާލަތެއްގައެވެ. އެއީ:                                1) ފުރަތަމައީ: ބަލާއަށްވުރެ އެދުޢާގެ ބާރު ގަދަވެގެންވުމެވެ. ދެން އެދިފާޢުކޮށްދެއެވެ. 


 2) ދެވަނައީ: ބަލާއަށްވުރެ އެދުޢާގެބާރު ދެރަނިކަމެތިވެގެން ވުމެވެ. ދެން އޭގެ މައްޗަށް ބަލާގަދަވެގަނެ އަޅާއަށް ޖެހެއެވެ. ނަމަވެސް އެދުޢާގެ ބާރުދެރަވިޔަސް ބަލާ ލުއިކޮށްދެއެވެ.                                 


3) ތިންވަނައީ: ދޭތި އެއްވަރުވެ އެކަތި އަނެކަތި މަނާކުރުމެވެ. ޢާއިޝާ رَضِيَ الله عَنْهَــاގެ ކިބައިން އަލް ޙާކިމް މުސްތަދްރިކުގައި ރިވާކުރެއްވިއެވެ. ރަސޫލާ مُحَّمَدُ صَلَّى الله عَلَيْهِ وَسَّلَـــمْ ޙަދީޘްކުރެއްވިއެވެ.(( لاَ يُغْنِي حِذْرٌ مِن قدْر، وَالدُّعَاء يَنْفَعُ مما نَزَل وَمما لَمْ يَنْزل، وَ إِنَّ البَلاء لَيَنْزِلُ فَيلقَاه الدُعاء فيَعتَلجَان إلَى يَوم القِيَامَة))      


    މާނައީ: " ޤަދަރަށް ހުށިޔާރުވެ ރައްކާވެތިބުމަކުން ފައިދާއެއް ނުކުރާނެއެވެ. އަދި ދުޢާ ފައިބައިފި ކަމަކާއި އަދި ނުފައިބާ ކަމުންވެސް ފައިދާކޮށްދެއެވެ. އަދި ބަލާ ފައިބަނިކޮށް އެދުޢާ އެއާ ބައްދަލުވެއެވެ. ދެން ޤިޔާމަތް ދުވަހާއި ހަމައަށް އެދޭތި އަނެކައްޗާއި ހަނގުރާމަ ކުރުމުގައި ދެމި ތިބެއެވެ."


އިބްނު ޢުމަރު رَضِيَ الله عَنْهގެ އަރިހުން އެކަލޭގެފާނު ރިވާކުރައްވައެވެ. ރަސޫލު މުޙައްމަދު صَلَّى الله عَلَيْهِ وَسَّلَـــمْ ޙަދީޘްކުރެއްވިއެވެ. ((الدُعَاء يَنفع مما يَنْزل وَمما لَمْ يَنْزل فعَلَيكُم، عِباد الله بالدُعِاء))


މާނައީ:" ދުޢާ ފައިބައިފިކަމަކުންމެ އަދި ނުފައިބާކަމުން މަންފާކުރާނެއެވެ. ފަހެ، ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ދުޢާ ކުރުން ހުއްޓެވެ."                                                                                                             އަދި ޘަވްްބާން ރަ


ސޫލު صَلَّى الله عَلَيْهِ وَسَّلَـــمْ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
 ((لاَيُرد القدْر إلاَ الدعاء وَلاَ يَزيد فيْ العُمر إلا البر وأنّ الرّجــل ليحرم الرِّزق بالذَّنب يصيبه))        


 މާނައީ: " ދުޢާއިން ނޫނީ ޤަދަރު ރައްދުނުކުރެވޭ ހުއްޓެވެ. އަދި ހެޔޮކަންތައް މެނުވީ ޢުމުރު އިތުރުނުކޮށްދެއެވެ. އަދި މީހާ ކުރާ ފާފައަކުން އޭނާއަށް ލިބެންއޮތް ރިޒުޤަކުން މަޙްރޫމުވެދެއެވެ." (("الجواب الكافي لمن سأل عن دواء الشافي" މިފޮތުގެ 9-10 ޞަފްޙާ))

ads

ދާއިރާ:

0 comments:

Post a Comment

 
here it is