Friday, December 16, 2011

ކަރާ ރަށުގައި މޭބިސްކަދުރު

      ތޮއްޑޫ އަކީ ކަރާ ގެ ރަށެވެ.  އެތަށް ޒަމާނެއްވަންދެން ތޮއްޑޫގެ ދަނޑުވެރިން ހަމަ އެކަނި ހައްދަމުން ގެންދިޔަ އެއް ބާވަތަކީ ކަރައެވެ. އެއިގެ ފަހުން މިރުސް ހައްދަން ފެށިއެވެ. އަދި ކިޔުކަމްބާ އާ ތަފާތު ވައްތަރުގެ ފަތްޕިލާވެލި ގިނަ އަދަދަކަށް ހައްދާ މިއަދު މި ވަނީ ރާއްޖޭން ލިބޭ ހުރިހާ ބާވަތެއްގެ މޭވާ އާ ތަރުކާރީ ގިނަ އަދަދަކަށް ހައްދާ ރަށަކަށް ބަދަލު ވެފައެވެ. ނަމަވެސް ދަނޑުވެރިކަން ކުރި އަރަމުން އައިހެން ކުރީގާ ހެއްދި ތަކެތި މަޑުމަޑުން ވަނީ މަދުވެފައެވެ. އަދި އޭގެ ތެރެއިން ބައެއްބާވަތްތައް މިހާރު އެއްގޮތަކަށްވެސް ނުހައްދައެވެ. އެއިގެ ތެރޭގައި ބިންބި،ދޮނަޅަ، ކުދިބަތް. ޒުވާރި އަދި ފިޔާ ފަދަ ބާވަތް ތައް ހިމެނެއެވެ. މިއީ މީގެ ކުރީގާ ބޮޑެތި ދަނޑު ދަނޑުގާ ހައްދާފައިވާ ތަކެއްޗެވެ. މިއަދު ޗައިނީސް ކެބެޖު، ލެމަންގުރާސް އަދި ބްރޮކޮލީ ހައްދަމުން ދާ ތޮއްޑޫގެ ދަނޑުވެރިން ވަނީ ކާމިޔާބު ކަމާ އެކީ މޭބިސްކަދުރު ހައްދާފައެވެ.

ގިނަ އަދަދެއްގެ ގެއެއްގާ މިއަދު ވަނީ މޭބިސްކަދުރު ހައްދާ އަދި ގިނަ ބަޔަކު މިހާރު ދަނީ އެމަސައްކަތް ކުރަމުންނެވެ. ގޯތިން ބޭރު ދަނޑުމަތީ ސަރަހައްދު ތަކުގާ ވެސް ބައެއް ފަރާތްތަކުން މޭބިސްކަދުރު ހެއްދުމުގެ މަސައްކަތް ކޮށްފައިވީނަމަވެސް ދޮންވުމުގެ ކުރިން ކޯޅި ތަކަށް ވާގޮތް ނޭންގޭތީ ގޭގޭގާ ހައްދަނީ ކަމުގާ ތޮއްޑޫގެ ދަނޑުވެރިން ބުނެއެވެ. މޭބިސް ކަދުރަކީ އަގުބޮޑު އެއްޗަކަށް ވީނަމަވެސް ތޮއްޑޫގާ މޭބިސްކަދުރު ހައްދާ މީހަކު ބުނީ އެމީހުން ހައްދާ މޭބިސްކަދުރު ހުސްވަނީ ރަހަބަލަން މީހުން ބިނދެ ގެން ކަމަށެވެ. ބައެއް ގޭގޭ މީހުން ހައްދާފައިވާ މޭބިސް ކަދުރު ވެޔޮތަކުގާ 50 ނުވަތަ 60 ށް ވުރެ ގިނަ ކޯޅި އެއްފަހަރާ އަޅާ ދޮންވާ ކަމުގާ މައުލޫމާތު ލިބެއެވެ. ކަރާ ގޮތަށް ބޮޑެތި ބިން ތަކުގާ މޭބިސްކަދުރު ނުހައްދަނީ ކީއްވެތޯ ސުވާލު ކޮށްލުމުން ދަނޑުވެރިޔަކު ބުނީ މަގުތައްމަތީ ކިތަންމެ ކަރަލެއް ހުއްޓަސް މީހަކު އަޅާނުލާނެ ކަމަށާއި ނަމަވެސް މޭބިސް ކަދުރު ދަނޑެއް ފެނިއްޖެނަމަ ފުރަތަމަ އެ ހައްދަން ގެންގުޅޭ ބަންގާޅިން އެ ދޮންވުމުގެ ކުރިން ކައި ހުސްކުރާނެ ކަމަށެވެ. 
     ޢާންމުކޮށް ތޮއްޑޫގެ ދަނޑުވެރިން ހައްދަނީ އަވަހަށް މޭވާ ލިބޭ ވައްތަރުގެ ގަސްގަހެވެ. މޭބިސްކަދުރު ވެލެއް ފޯދުމަށް ވަރަށް ގިނަ މަސްތަކެއް ހޭދަވެއެވެ. ނަމަވެސް މީ ގިނައިން ހެއްދިއްޖެނަމަ ބޮޑު ފައިދާ އެއް ވާނެ އެއްޗެއްކަން ޔަގީނެވެ. ރާއްޖެއަށް އެތެރެކުރާ ވަރަށް ގިނަ މޭވާއާ މާމެލާ މެއްޔަކީ ތޮއްޑުގާ މާ ބުރަނޫން މަސައްކަތަކުން ހެއްދިދާނެ ބާވަތްތަކެއްކަން މިހާރު ވަނީ ޔަގީން ވެފައެވެ..

ads

ދާއިރާ:

1 comment:

  1. eyyy karaa hahdhaa thaneh ga meybis kadhuru vx hahdhany tha?????????

    ReplyDelete

 
here it is