Saturday, January 7, 2012

ހުޅުވާލެވިފައިވާ ސިޓީއެއް ތޮއްޑޫ ރަށުކައުންސިލަށް ( 04 )



އިންސާނީ ވަޞީލަތާއި ވަޒީފާ

    ދުރު މުސްތަގުބަލަށް ރާވައިގެން އިންސާނީ ވަސީލަތާއި ވަޒީފާ ތޮއްޑޫގާ އުފެއްދުމަށް މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ. މިކަމުގާ ކުލަބު ޖަމިއްޔާތަކާ އަމިއްލަ ފަރުދުން އިސްރޯލެއް ކުޅެންޖެހިފާ ވީނަމަވެސް މިކަމުގެ ނަމޫނާ އާ އިރުޝާދާ އެއްބާރުލުން ތިޔަ ކައުންސިލް ގެ ފަރާތުން ނިހާޔަތައް ބޭނުންވެފައިވާ ވެއެވެފެންވަރު ރަނގަޅު ޓީޗަރުންނާއި ނަރުހުން، މުދިމުންނާ އި ގާޒީން ތޮއްޑޫގާ އުފައްދަންޖެހެއެވެ. ސުކޫލާ މަރުކަޒުގެ ވަޒީފާ ތަކަށް ބޭނުންވާ ރަށުކުދިން އުފައްދަން ޖެހެއެވެ. ކިޔަވައިގެން ތިބި ކުދިންނަށް ރަށުން ވަޒީފާ ގެ ފުރުޞަތު ހޯދައިދޭން ޖެހެއެވެ. ޒުވާނުންގެ ބައިވެރިވުން ތަރައްޤީގާ އިތުރު ކުރަންޖެހެއެވެ. ސެކަންޑަރީ ގުރޭޑްތަކަށް ކިޔަވައިދޭނޭ ރަށު ކުދިން ތައްޔާރުކުރަން ޖެހެއެވެ. މިއީ މުޅި ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
    މިއަދު ކިޔެވުމުގައި ގިނަ ކުދިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލައެވެ. ފައިސާގެ ދަތިކަމުގެ ސަބަބުން ތައުލީމު ހާސިލް ކުރުމަށް އުޒުރު ވެރިވެފައިވާ ހުނަރު ވެރި އެތައް ކުދިންނެއް ރަށުގައި އެބަތިއްބެވެ. ރަށުގެ ކުލަބުތަކާ ގުޅިގެން ކިޔަވަންބޭނުންވާ ކުދިންނަށް ޚާއްސަކޮށް ރަށުގެ އެކި އެކި ވަޒީފާ ތަކަށް ކުދިން ތަމްރީނު ކުރުމަށް ސްޓަޑީ ލޯން ލިބޭނޭ އިންތިޒާމެއް ހަމަ ޖެއްސުމަކީ ވަރަށް މުހިންމު ކަމެއްކަމުގާ އަޅުގަނޑުދެކެމެވެ. މިފަދަ ޕްރޮގުރާމެއް ހިންގިއްޖެނަމަ ރަށުގެ ތައުލީމް ރަނގަޅުވެގެން ދާނެ ކަން ޔަގީނެވެ. އަދި ރަށުގެ ސިއްޚީ ފެންވަރުވެސް ރަނގަޅުވެގެންދާ ނެއެވެ.

    އަޅުގަނޑުމެންގެ ރަށުގެ ބަޖެޓު މުއްސަންޖެވެ. ކުލަބުތައް މުއްސަންޖެވެ. ފައިސާހޯދޭނޭ މަގުތައް ތަނަވަހެވެ. ނަމަވެސް އަޅުގަނޑުމެންގެ ހިޔާލު ތަކާ ވިސްނުންތައް ފަޤީރެވެ. ވީމާ މި ދެންނެވި ފަގީރު ކަން ބަދަލުކުރުމަށް ބޭނުންވާ މަސައްކަތު ބައްދަލުވުންތަކާ މަޝްވަރާ ތައް ތިޔަ ކައުންސިލުން އިސްނަގައިގެން ކުރާނެ ކަމުގާ އަޅުގަނޑު އުންމީދު ކުރަމެވެ. ކައުންސިލް ތަކަކީ ވިޔަފާރީގެ މުއާމަލާތު ކުރުމުގެ ހުއްދަ ވެސް ލިބިފައިވާ ބަޔަކަށް ވީތީ މިކަމުގެ ފައިދާ ތޮއްޑޫގެ އެންމެހާ ރައްޔިތުން ނަށް ދާދި އަވަހަށް ލިބޭނޭ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. އަދި ރަށުގާ ފަޅަށް ހުރި ތިޔަ ކައުންސިލްގެ ބިންތައް ރަށަށް ފައިދާ ކުރަނިވި މަރުކަޒުތަކަށް ބަދަލުވެގެން ދާނެ ކަމުގަ އަޅުގަނޑު އުންމީދު ކުރަމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is