Wednesday, November 30, 2011

ހުޅުވާލެވިފައިވާ ސިޓީއެއް ތޮއްޑޫ ރަށުކައުންސިލަށް ( 03 )

ތޮއްޑޫ  ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު އިބުރާހިމަށް.
  ވެދުންސަލާމަށްފަހު ދަންނަވަމެވެ.
  ރަށުކައުންސިލް އުފެދުމަށްފަހު ތިޔަ ފަރާތުން ރަށުގެ ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށް ރަށުގެ ތަރައްޤީގާ ބައިވެރިވުމަށް އެދުނު އެދުމާ ގުޅިގެން އަޅުގަނޑު ދެކޭ ގޮތުގައި ތޮއްޑޫ އަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ކަންކަން ހުރީތީ އެ ކަންކަން ތިޔަ ފަރާތާ ހިއްސާ ކޮށްލުމުގެ މަގުޞަދު ގާ މި ސިޓީ ފޮނުވަމެވެ. އެގޮތުން ތޮއްޑޫ ގައި މިއަދު ހައްލު ކުރަން ކޮންމެހެންޖެހިފައިވާ ބައެއް މައްސަލަ ތަކާ އަދި ރަށުގެ ތަރައްޤީ އަށް ކުރަންޖެހިފައިވާ މުހިންމު ކަންކަމަށް އަލި އަޅުވާލާނަމެވެ. މިއަދު ތޮއްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ

ޕްރީސުކޫލް ތަޢުލީމް
    ތޮއްޑޫ ގާ ޕްރީސުކޫލެއް ހެދުމުގެ މުހިންމުކަން ކައުންސިލަށް އެނގިވަޑައިގަންނަވާކަން އަޅުގަނޑަށް އެނގޭތީ މިކަމުގެ މުހިންމު ކަމާބެހޭ ގޮތުން އަޅުގަނޑު ވާހަކަ ތަކެއް ލިޔާ ކަށް ގަސްދެއްނުކުރަމެވެ. ނަމަވެސް މިކަން އަވަސް ކޮށްދެއްވުމަށް ތިޔަބޭފުޅުން ނުނިދާ ތިބެ ގެންވެސް މަސައްކަތްތަކެއް ކުރަންވެއްޖެ ކަމުގާ ދަންނަވާލަމެވެ. އަޅުގަނޑުމެންގެ އަތުގާ ޕްރީސުކޫލެއް ހަދާނެ ފައިސާ ހުރިއިރު މިއަދާ ހަމައަށް މިކަމުގެ މަސައްކަތް ފެށިފައިނެތުމުން މިކަމުގެ އިންތިހާއީ ބޮޑު ގެއްލުން ދަނީ ސުކޫލަށް ލިބެމުންނެވެ. މީގެ ކުރިން ސުކޫލުގައި ހުންނެވި ޕްރިންސިޕަލް ވެސް އަދި ރަށުއޮފީހުންނާ އަތޮޅު އޮފީހުންވެސް  ވެސް ޕްރީސުކޫލްގެ ކަންތަކުގާ ފަރުވާކުޑަކޮށްފާ ވާކަން އަޅުގަނޑު ހިތާމަޔާ އެކު ފާހަގަ ކުރަމެވެ. ކޮންމެ ބޭފުޅަކުވެސް އިންޓަރނޭޝަނަލް ފެންވަރަށް ކުރެހުންތައް ކުރަހާ މަންޒަރުތައް ދެއްކުމަކުން މިކަމަށް އެއްވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ވީމާ އަޅުގަނޑު ތިޔަ ކައުންސިލްގެ ފަރާތުން، އަޅުގަނޑުމެންގެ ފެންވަރުގާ އަޅުގަނޑުމެންގެ މީހުނާ ވަސީލަތް ބޭނުންކޮށްގެން  މި ޕްރީސުކޫލްގެ މަސައްކަތް އަވަހަށް ފައްޓަވާދެއްވުމަށް އެދެމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is