Sunday, February 17, 2013

ސަރުކާރުން ދީނާ ޚިލާފު ކަންތައްތައް ކުރާނަމަ ސަރުކާރަށް ތަބާވާންޖެހޭނެތޯ؟

ސުވާލު: ސަރުކާރުން ދީނާއި ޚިލާފަށް ކަންތައްތައް ކުރާނަމަ އެސަރުކާރަކަށް ތަބާވާންޖެހޭނެތޯ؟


ޖަވާބު؛ "ސަރުކާރުން ދީނާއި ޚިލާފަށް އަޅުގަނޑުމެންނަށް އެއަމުރުކުރާ ކަމެއްގެ ބާވަތުން އެކުރާ ކަމަކީ ފާފައެއް ކަމުގައި ވާނަމަ އެކަމެއްގަ އެބައިމިހުންނަށް ތަބާވާކަށްނުޖެހޭނެ!


 އެނޫންކަމެއްގައި މުސްލިމުންގެ ވެރިއެއްގެ ހައިސިއްޔަތުން ހުންނަ ކަމުގައި ވާނަމަ، އެވެރިކަން ޞައްޙަވާ ހިނދެއްގައި އެނާގެ މައްޗަށް ކިޔަމަންތެރިވުމަކީ މުސްލިމުންގެ މައްޗަށް [ޝަރްޢީގޮތުން] ލާޒިމްކުރާކަމެއް! (މާނައަކީ، ފާފައަކަށް އަމުރު ނުކުރާހާ ހިނދަކު) އޭނާ އެކުރާ އަމުރަކީ އިސްލާމްދީނާއި ފުށޫއަރާ ޝަރީއަތާ ޚިލާފުކަމެއް ކަމުގައިވާނަމަ އެކަމެއްގައި އޭނާއަށް ކިޔަމަންތެރިވެގެން ނުވާނެ! 

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ، [ޙަދީޘް މާނަ]"ކިޔަމަންތެރިވުން ވަނީ ހެޔޮ ކަންތައް ތަކުގައެވެ." އެހެން ޙަދީޘްފުޅެއްގައި އައިސްފައިވޭ، [ޙަދީޘް މާނަ]"ޚާލިޤުވަންތަ ﷲއަށް އުރެދެވޭ އުރެދުމެއްގައި އެކަލާނގެ މަޚްލޫގަކަށް ކިޔަމަންތެރިވުމެއް ނުވެއެވެ."

"ފާފައަކަށް އަމުރުކުރެވިއްޖެކަމުގައިވާނަމަ، ކިޔަމަންތެރިވުމެއްނުވޭ، އެނޫން ކަމެއް (ފާފައަކަށް ނުވާ ކަމަކަށް އަމުރު ވެވިއްޖެކަމުގައިވާނަމަ) ކިޔަމަންތެރިވުމަށް އަޅުގަނޑުމެންނަށް ﷲ ސުބްހާނަޙޫ ވަޠައާލާ އިސްލާމް ދީނުގައި ވަނީ އިރުޝާދުދެއްވާފަ. އަމުރު ކުރާކަންތައް އޭގެ ޒާތުގައި ކިހާވަރެއްގެ ދަރަޖައިގެ ކަމެއްތޯ (އެ އަމުރުކުރާ މީހާ މިއްލަތުން ބޭރުވާ ވަރުގެ ކަމެއްތޯ ނުވަތަ ނޫންތޯ) އެއީ ކަނޑައެޅި ތަޚްޤީގުކުރެވި އެކަމުގެ އިތުބާރު ހުރިގޮތަކަށް ޢިލްމުވެރިން ދިރާސާކޮށްފަ ނެރެންޖެހޭނެ ޙުކުމެއް އެއީ.

"ޖުމްލަ ގޮތެއްގައި ދަންނަވާނަމަ ދެންނެވޭނީ، އެއަމުރުކުރެވޭ ކަންތައްއެއީ ފާފައަކަށް ވާކަމުގައިވާނަމަ އެފަދަ ޙާލަތެއްގައި އެއަމުރަކަށް ކިޔަމަންވުމެއް ނެތެވެ. ނަމަވެސް އެއަމުރަށް ކިޔަމަންތެރި ނުވުމަކުން ދެން އެހެނިހެން އަމުރުތަކަށް ކޔަމަންތެރި ނުވުން އެކަމެއް ލާޒިމެއް ނުކުރޭ އެކަމެއްގައި ކިޔަމަންތެރި ނުވުން ލާޒިމްވަނީ! އެހެނިހެން އަމުރުތަކަކީ ޝަރީއަތާއި ޚިލާފް ނުވާ އަމުރެއްކަމުގައިވަނަމަ، ދީނުގައި އިރުޝާދު ދެވިފައިވަނީ އެއަމުރުތަކަށް ކިޔަމަންތެރިވުން. .والله أعلم"


 (އައްޝެއިޚް އަޙްމަދު ސަމީރު)

ads

ދާއިރާ:

0 comments:

Post a Comment

 
here it is