Friday, December 14, 2012

ޖިންނި ސަހަރު ... ތުރުކީވިލާތުގެ ބިމުއަޑީގައި

ތުރުކީވިލާތުގެ ބިމުއަޑިން ފުރިހަމަ ސަހަރެއް ފެނިފައިވާ ވާހަކަ ދެންނެވުމުން ޤަބޫލުކުރައްވަން ދަތިވެދާނެ އެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ! 1963 ގައި ތުރުކީވިލާތުގެ  ޑެރިންކޫޔޫ (Derinkuyu) ސަހަރުގެ މީހަކު އޭނާގެ ގޭގެ ފާރެއް ތަޅައިލަން އުޅެނިކޮށް އޭނާއަށް ފާރުގެ އަނެއްފަރާތުން ކުރިން ދެކިފައިނުވާ އާދަޔާޚިލާފު ކޮޓަރިއެއް ފެނުނެވެ. މި ކޮޓަރިން އެހެންކޮޓަރިއަކަށް އަދި މިކޮޓަރިން އެހެންކޮޓަރިއަކަށް ދެވުނެވެ. މި ގޮތަށް އެއްކޮޓަރިން އަނެއްކޮޓަރިއަށް ވަދެ ހުހެއްނުވި އެވެ. މި ގޮތަށް ގޮސް ބޮޑު ސަހަރެއް ފެނުނެވެ. ތުރުކީ މީހުން މިސަހަރަށް ޖިންނި ސަހަރޭ ކިޔަ އެވެ. ބިމުއަޑީގައި ބިނާކޮށްފައިވާ މި ބިންގަރާސް ސަހަރުގެ ފުރަތަމަ ފަންގެފިލާ ބިނާކޮށްފައިވަނީ މީލާދީގެ 1400 ވަނައަހަރު ކުރިން  ކަމަށް ބުނެވެ އެވެ.
މި ސަހަރުގެ ބައެއް ފޮޓޯތައް ބައްލަވާލައްވާ!

 




ބިމުއަޑީގައި ހަދާފައިވާ މި ރީތި ސަހަރު ދިރާސާކުރުމުގެ މަސައްކަތް އާސާރާބެހޭޢިލްމުވެރިން މިހާރުވަނީ ފަށްޓަވައިފަ އެވެ. އެ ބޭފުޅުންނަށް 40މީޓަރު އަޑިއަށް ވަނީ ވަޑައިގެންނެވިފަ އެވެ. އެ ބޭފުޅުން ލަފާކުރައްވާގޮތުގައި މި ސަހަރުގެ ފަންގެފިލާތައް (ފަށަލަތައް)  85 މީޓަރަށް ފުނަށް ގޮސްފައިވެ އެވެ. މިހާތަނަށް ހޯދިފައިވަނީ 20  ފަންގެފިލާ (ފަށަލަ) އެވެ. މީގެ ތެރެއިން ބަލައިލުމަށްޓަކައި ދެވޭވަރުވީ އެންމެ 8 ފަށަލައަށެވެ. އިތުރު ފަށަލަތަކަށް ދިއުމަށް ހުރަސްތަކެއް ހުރިކަމަށް ދިރާސާތައް ބުނެ އެވެ. ދިރާސާކުރުމުގެ މަސައްކަތަށްޓަކައި މި ސަހަރު މިހާރުވަނީ ރައްކައުތެރިކުރެވިފަ އެވެ.

 






މި ސަހަރުގެ އެތެރެ ފަރުމާކޮށްފައިވަނީ ވަރަށް އަޖައިބުވަނިވި ގޮތަށެވެ. މިއީ 10ހާސްމީހުންނަށް އުޅެވޭވަރުގެ ސަހަރެއްކަމަށް ދިރާސަތައް ބުނެ އެވެ. މި ސަހަރަށް ވަދެ ނުކުމެ ވުމަށް ސިއްރު 3 ދޮރޯށި ހުރެ އެވެ. މި ދޮރޯށިތައް ބަންދުކުރެވެނީ ބޮޑު ހިލަގަޑަކުންނެވެ. މިއިން ހިލަނގަޑެއްގެ ބަރުދަނަކީ 500 ކީލޯގްރާމެވެ. އުސްމިނަކީ މީޓަރެކެވެ. ބޯމިނަކީ 50 ސެންޓިމީޓަރެވެ.

ތިރީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އޭގެ ހިލަގަޑެކެވެ. މި ހިލަގަޑުން ނިވަތުމަގު ބައްދަލުކޮށް ދުޝްމަނުންނަށް ސަހަރަށް ނުވަދެވޭގޮތް ހަދަ އެވެ.




މި ސަހަރުގައި 8 ކީލޯމީޓަރުގެ ދިގު ބިންގަރާހެއް އޮވެ އެވެ. މި ބިންގަރާހުން  ލައިފާ ބިމުއަޑީގެ އެހެން ސަހަރަކަށް ދެވެ އެވެ.

 

 


ގްރީކްގެ މުއައްރިޚުން  މިސަހަރާބެހޭގޮތުން ވާހަކަފުޅު ދައްކަވައިފާވެ އެވެ. މި ބޭފުޅުންގެ ލިއުއްވުންތައް ބުނާގޮތުގައި އަނާޟޫލު ގައި މީހުން ދިރިއުޅެނީ ބިމުއަޑީގައި ކޮނެނަގައިގެން ހަދާފައިވާ ބިޔަގެތަކެއްގަ އެވެ. އެއިން ކޮންމެ ގެއެއްގައި މުޅި ޚާންދާނަށް އުޅެވޭހާ ޖާގަ އޮވެ އެވެ. އެމީހުން ކައިބޮއި ހަދަނީ  މި ގޭގޭގައި ގެންގުޅޭ އޮޅުޖަނަވާރުތަކާއި ކޮށާރުކޮށްފައި ބަހައްޓާ ކާބޯތަކެތިންނެވެ. 



ބައެއް ފަންގެފިލާތަކުގައި އަސްގެންގުޅޭ ކޮށިތަކާއި ކެއުމުގެ މާލަންތަކާއި ފައްޅިތައް  ހަދާފައިވެ އެވެ. މި ފައްޅިފައްޅީގެ މިންތަކަކީ 20 މީޓަރު ، 9 މީޓަރު ، 3 މީޓަރެވެ. ބަދިގެތަކުގެ ފާރުތަކުގައި ގެނދަބުޅީގެ އަސަރު މިހާރު ވެސް އެބަހުއްޓެވެ. މި ސަހަރުގައި ތެޔޮ ތާނގީތަކާއި ކާބޯތަކެތީގެ ގުދަންތަކާއި މަދްރަސާ ވެސް ހިމެނެ އެވެ.

 


މި ސަހަރުގެ ތެރެއިން ކޯރެއް ދަތުރުކޮށްފައިވެ އެވެ. މީގެ އިތުރަށް 52 ވަޅު ކޮނެފައިވެ އެވެ. މިޒަމާނުގެ މޭސްތިރިން މި ސަހަރު ފަރުމާކޮށްފައިވާ ގޮތާމެދު ވަރަށް ޙައިރާންވެ އެވެ.

 މި ހިސާބުގައި މިހާރު އުޅޭމީހުން އަދި ވެސް މިއީ އިންސާނުން ބިނާކޮށްފައިވާ ސަހަރެއްކަމަކަށް ޤަބޫލެއްނުކުރެ އެވެ. ކާބަފައިންގެ ކިބައިން އައިސްފައިވާ ވާހަކަތައް ބުނާގޮތުގައި މިއީ ޖިންނިން ބިނާކުރި ސަހަރެކެވެ. ޖިންނިން މިހާރު ނޫޅުނަސް ހަމަ ކޮންމެވަގުތެއްގައި ވެސް އޭއްޗެހިތައް އެނބުރި އަތުވެދާނެ އެވެ.
    އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ
 



ads

ދާއިރާ:

0 comments:

Post a Comment

 
here it is