Friday, December 28, 2012

ކީރިތި ޤުރުއާނާބެހޭ މަޢުލޫމާތު



ކިރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތަކީ، އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތެވެ. އެ އާޔަތަށް ދެވިފައިވާ ނަމަކީ، "އާޔަތުއް ދައިނި" އެވެ. މާނައަކީ، ދަރަނީގެ އާޔަތެވެ. އެ އާޔަތުގައި ބަޔާންކުރައްވާފައިވަނީ، ދަރަންޏާ ބެހޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތެވެ.

ކީރިތި ޤުރުއާނުގައިވާ އެންމެ ކުރު އާޔަތްތައް:
1.    (طه) ޠާހާ: 1
2.    (يس) ޔާސީން: 1
3.    (حم) ޣާފިރު، ފުއްޞިލަތު، އައްޝޫރާ، އައްޒުޚުރުފު، އައްދުޚާން، އަލްޖާޘިޔާ، އަލްއަޙުޤާފު: 1
4.    (الم) އަލްބަޤަރާ، އާލުޢިމްރާން، އަލްޢަންކަބޫތު، އައްރޫމް، ލުޤުމާން، އައްސަޖްދާ: 1
5.    (طسم) އައްޝުޢަރާއު، އަލްޤަޞަޞް: 1
6.    (عسق) އައްޝޫރާ: 2
7.    (المص) އަލްއަޢުރާފު: 1
8.    (كهيعص) މަރްޔަމް: 1
9.    (مُدْهَآمَّتَانِ) އައްރަޙުމާން: 64

ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު ކަލިމަތައް:
1.    (فَسَيَكْفِيْكَهُم) މިއީ، ސޫރަތުލް ބަޤަރާގެ 137 ވަނަ އާޔަތުގެ ކަލިމައެކެވެ. މިކަލިމައިގައިވަނީ، 9 އަކުރެވެ.
2.    (أَنُلْزِمُكُمُوهَا) މިއީ، ހޫދު ސޫރަތުގެ 28 ވަނަ އާޔަތުގެ ކަލިމައެކެވެ. މި ކަލިމައިގައިވަނީ، 10 އަކުރެވެ.
3.    (فَأَسْقَيْنَاكُمُوهُ) މިއީ އަލްޙިޖުރު ސޫރަތުގެ 22 ވަނަ އާޔަތުގެ ކަލިމައެކެވެ. އިމްލާ ލިޔުމުން ލިޔާއިރު، މި ކަލިމައިގައިވަނީ، 11 އަކުރެވެ. ރަސްމު ޢުޘްމާނީން ލިޔާއިރު މިކަލިމައިގައި ވާނީ 10 އަކުރެވެ. އެހެނީ، ރަސްމު ޢުޘްމާނީން ލިޔާއިރު، މިކަލިމައިގެ ނޫނުގެ ފަހަތުގައިވާ އަލިފު ނުލިޔާނެއެވެ. ނޫނާއި ކާފު ވާނީ ގުޅިފައެވެ.

ކީރިތި ޤުރުއާނުގައިވާ ޝިފާގެ އާޔަތްތައް ހަޔެކެވެ. އެއީ:
1.    (وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ) އައްތައުބާ: 14
2.    (وَشِفَاء لِّمَا فِي الصُّدُورِ) ޔޫނުސް: 57
3.    (فِيهِ شِفَاء لِلنَّاسِ) އައްނަޙުލު: 69
4.    (وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ) އަލްއިސްރާ: 82
5.    (وَإِذَا مَرِضْتُ فَهُوَ يَشْفِينِ) އައްޝުޢަރާއު: 80
6.    (قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء) ފުއްޞިލަތު: 44
ޢަބްދުލްމުޢީދު ޙަސަން

މަޞްދަރުތައް:
ހޯލީޤުރުއާން ޑޮޓް ނެޓް
މުންތަދަޔާތު އުޛްކުރު ﷲ
މުންތަދަޔާތުއް ޞާޔިރާ

ads

ދާއިރާ:

0 comments:

Post a Comment

 
here it is