ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ އަގު ބޮޑު 10 ހާދިސާއަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ 
 
  ދުނިޔޭގެ  ތާރީޚަށް ބަލާއިރު އިންސާނުންނާ ވަރަށް ތަފާތު ހާދިސާތަކާއި ކާރިސާތަކާ  ކުރިމަތިވެފައިވެ އެވެ. ޤުދްރަތީ ކަންތައްތަކާއި އިންސާނުންގެ ސަބަބުން  ކުރިމަތިވެފައިވާ ކަންތައްތަކެވެ. ބައެއް  ހާދިސާތަކުގެ ގެއްލުން ވަރަށް  ބޮޑެވެ. އަނެއްބައި ހާދިސާތަކުގެ ގެއްލުމުގެ މިންވަރު އަގުކުރަން ވެސް  ނޭނގޭހާ ބޮޑެވެ. ބައެއް ހާދިސާތަކުގައި އެތައް އިންސާނުންނެއް މަރުވެ  ފަނާވެފައިވެ އެވެ. ބޮޑެތި ރަށްތައް މުޅިންނެތިވެ ފުހެވިފައިވެ އެވެ.   ހަނގުރާމަތަކާއި ޤުދުރަތީ ބޮޑެތި ކާރިސާތަކާއި ޓެރަރިޒަމްގެ ސަބަބުން  ލިބެމުންދާ ގެއްލުންތަކަކީ އަގުކުރެވޭނެ އެއްޗެއްނޫނެވެ. މި ތާނގައި މި  ދަންނަވާ  ހާދިސާތަކަކީ އަގުކޮށް ބެލުނު ހާދިސާތަކުގެ ތެރެއިން  އެންމެ  އަގުބޮޑު 10 ހާދިސާ އެވެ. 
 10 ވަނަ ހާދިސާޓައިޓެނިކް  ބޯޓު150 މިލިއަން ޑޮލަރު 
  ޓައިޓެނިކް  ބޯޓު ފެތުނު ހާދިސާއަކީ ބޯޓެއް ޣަރަޤުވި އެންމެ މަޝްހޫރު ހާދިސާކަމަށް  ވެދާނެ އެވެ. މި  ފަތުރުވެރި ބޯޓު ފެތުނީ އެ ބޯޓުގެ އެންމެ ފުރަތަމަ  ދަތުރުގަ އެވެ. މި ހާދިސާ ހިނގީ 1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގަ  އެވެ. މި ހާދިސާގައި 1500 މީހުން މަރުވެފައިވެ އެވެ. މި ބޯޓު ބަން  ދުވަސްވަރު މި ބޯޓުގެ އަގަކީ 7މިލިޔަން ޑޮލަރެވެ. މި އަދުގެ ބަޒާރު އަގަށް  ބަލާއިރު އެއީ 150 މިލިއަން ޑޮލަރުކަމަށް ބެލެވެ އެވެ. މި ބޯޓު  ބަނުމަށްފަހު ފުރަތަމަ ދަތުރު ފެށީ ﷲއަށް ގޮންޖަހަމުންނެވެ. ކަލާނގެއަށް  ވެސް މި ބޯޓު ފައްތާނުލެވޭނެކަމަށް ބުނެ ބޮޑާކަމާ ކިބުރުވެރިކަމާއެކުގަ  އެވެ. ބޯޓު އަޑިއަށް ދިޔައީ ކުޑަކުޑަ ގަނޑުފެންކޮޅެއްގައި ޖެހިގެންނެވެ.
 ނުވަވަނަ ހާދިސާ ތެޔޮ ލޮރީއަކާއި ފާލަމެއް  358 މިލިއަން ޑޮލަރު  
  2004  ވަނަ އަހަރު 3200 ލިޓަރުގެ ތެޔޮ އަރުވައިގެން ދަތުރުކުރި ލޮރީއެއް   ޖަރުމަނުގެ ވެހްލްޓާލް ފާލަމުގައި ޖެހި ގޮވުމުގެ ސަބަބުން މި ފާލަމުގެ  ބޮޑުބައެއް ހަލާކުވި އެވެ. ހަލާކުވި ފާލަން އަލުން ހެދުމަށް 358މިލިއަން  ޑޮލަރު ހޭދަވި އެވެ.
 އަށްވަނަ ހާދިސާމެޓްރޯލިންކް500 މިލިއަން ޑޮލަރު
  2009  ވަނަ އަހަރު ކެލިފޯނިޔާގައި ދެރޭލެއް ޖެހުނެވެ. މި ހާދިސާ ހިނގީ ރަތްބޮކި  ދިއްލާފައި ހުއްޓައި އޭގެ ތެރެއިން އެއްރޭލު ވަރަށް ބާރު ދުވެއްޔެއްގައި    މަގު ހުރަސްކުރުމުންނެވެ. މި ހަދިސާ ހިނގީ  ރޭލުގެ ޑްރައިވަރު އެސް. އެމް.  އެސް އެއް ލިޔަން އިނުމުގެ ސަބަބުންކަމަށް މަސްއަލަ ތަޙްޤީޤު ކުރި ޓީމުގެ  ރިޕޯޓްގައި އައިސްފައިވެ އެވެ. މި ހާދިސާގައި 25މީހަކު މަރުވެފައިވެ އެވެ.  މި މަސްއަލާގައި މެޓްރޯލިންކްސް ވަނީ 500 މިލިއަން ޑޮލަރުން ޖޫރިމަނާ  ކޮށްފަ އެވެ. 
 ހަތްވަނަ ހާދިސާ ބީ 2 މަތިންދާބޯޓެއް ވެއްޓުން 1.4 ހާސް މިލިއަން ޑޮލަރު
   
  ބީ  2 މަރުކާގެ ސްޓިލްތު މަތިންދާ ބޯޓު ވެއްޓިފައިވަނީ 23 ފެބްރުއަރީ 2008  ވަނަ އަހަރު ގުއާމް ވައިގެ ބޭހުން އުދުއްސައިގަތް ތަނާ އެވެ. މިއީ ބޮންއަޅާ  ބޯޓެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ތެތްފިނީގެ ސަބަބުން  ބޯޓުގެ ކޮމްޕިޔުޓަރުގެ ބައެއް ބައިތަކުގެ މަސައްކަތް ހުއްޓުމެވެ. މިއީ  ޖައްވުގައި ހިނގި އެންމެ އަގު ބޮޑު ހާދިސާ އެވެ. މި ބޯޓުގެ ދެ ޕައިލެޓުން  ވެސް ކުޑައިން ފުންމާލައިގެން ސަލާމަތްވި އެވެ. 
 ހަވަނަ ހާދިސާ ތެޔޮ އުފުލާ އުޅަނދު އެކްސަން ވެލްޑިސް2.5 ހާސް މިލިއަން ޑޮލަރު 
  24  މާޗު 1989 ގައި  އެކްސަން ވެލްޑިސް ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދުން  ތެޔޮ ބޭރުވާންފެށްޓެވެ. މި ހާދިސާ ހިނގީ އެ އުޅަނދު އަމީރު ވިލިއަމް  ކަނޑުއޮޅިތެރެއިން ދަތުރުކުރަނިކޮންނެވެ. މި އުޅަނދުން ބޭރަށް ނުކުތް  ތެޔޮތައް ސާފުކުރުމަށްޓަކައި އެކުންފުންޏަށް 2.5 ހާސްމިލިއަން ޑޮލަރު  ހޭދަކުރަން ޖެހުނެވެ.  ފަސްވަނަ ހާދިސާތެޔޮނެގުމަށް ބޭނުންކުރާ އަލްފާ ބޭސް ޕްލެޓްފޯމް3.4 ހާސް މިލިއަން ޑޮލަރު
    މިއީ  ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ތަނެވެ. ދުވާލަކު 317000 ފީފާގެ  ތެޔޮ މި ތަނުން އުފައްދަ އެވެ.  6  ޖުލައި  1988 ވަނަދުވަހު މި ބޭހުގެ  ފަންނީމީހުން ގަވާއިދުގެ މަތިން އެ ތަން ސަރވިސްކުރި އެވެ. މި މަސައްކަތުގެ  ތެރޭގައި 100ވަރަކަށް ބަންދު  ހުޅުވި އެވެ. އެއީ  ނުރައްކާތެރި ދިޔާ  ގޭސްތައް ސާފުކުރުމަށްޓަކަ އެވެ. ނަމަވެސް އެމީހުންނަށް  ހެދުނު ކުށެއްގެ  ސަބަބުން 2ގަޑިއެއްހާ އިރުގެ ތެރޭގައި މުޅި ޕްލެޓްފޯރމް ގައި ރޯވި އެވެ. މި  ހާދިސާގައި މުޅި ޕްލެޓްފޯމް އަނދައިގެން ދިޔަ އެވެ. އަދި 167 މީހަކު  މަރުވި އެވެ. މި ހާދިސާގެ ސަބަބުން އެ ކުންފުންޏަށް 3.4 ހާސްމިލިއަން  ޑޮލަރުގެ ގެއްލުންލިބުނެވެ.
 ހަތަރުވަނަ ހާދިސާ ޖައްވީ އުޅަނދު ޗެލެންޖަރު ގޮވުން 5.5 ހާސް މިލިއަން ޑޮލަރު
   ޖައްވީ  އުޅަނދު ޗެލެންޖަރު ގޮވާފައިވަނީ ބިމުން އުދުއްސައިގަތްތާ  73 ސިކުންތުގެ  ތެރޭގަ އެވެ. 28  ޖެނުއަރީ 1986 ގައި ހިނގި  މި ހާދިސާ ހިނގައިފާ ވަނީ  ފަންނީ ކުށެއްގެ ސަބަބުންނެވެ. މި ހާދިސާގައި ހަލާކުވި ތަންތަނާއި  މެޝިންތަކާއި އުޅަނދު އަލުން ބަނުމަށްޓަކައި 5.5 ހާސްމިލިއަން ޑޮލަރު  ޚަރަދުވި އެވެ. 
 ތިންވަނަ ހާދިސާ  ތެޔޮ އުފުލާ އުޅަނދު ޕްރިސްޓިޖް 12 ހާސްމިލިއަން ޑޮލަރު 
  2002  ވަނަ އަހަރު ހިނގި މި ހާދިސާ  ހިނގާފައިވަނީ ސްޕޭންގެ އައްސޭރިފަށުގަ  އެވެ. 77ހާސް ޓަނުގެ ތެޔޮ އަރުވައިގެން ދަތުރުކުރި މި ބޯޓު ގެ ތެޔޮ  ތާނގީއެއް ފަޅައިގެން ދިޔައީ ޠޫފާނެއްގެ ސަބަބުންނެވެ. ބޯޓުގެ ކެޕްޓަން  އެހީއަށް އެދުމުން ފަރަންސޭސިވިލާތުންނާއި ސްޕޭނުންނާއި ޕޯޗްގީޒުން މި  ބޯޓަށް އަމުރުކުރީ  އެ ޤައުމުތަކުގެ ގޮޑުދޮށްތައް ހަޑިވެދާނެތީ  އައްސޭރިފަށާ ފޭވުމަށެވެ.  މި ޠޫފާނުގެ ސަބަބުން ބޯޓު ދެފަޅިވެ އަޑިއަށް  ދިޔަ އެވެ. މި ހާދިސާގެ ސަބަބުން 12ހާސްމިލިއަން ޑޮލަރު ޚަރަދުކުރަން  ޖެހުނެވެ. 
 ދެވަނަ ހާދިސާޖައްވީ އުޅަނދު ކޮލަމްބިއާ13 ހާސް މިލިއަން ޑޮލަރު
 
  މި  ޖައްވީ އުޅަނދު ގޮވައިފާވަނީ ބިމަށް އަނބުރާ އަންނަނިކޮށް ޓެކްސާސް މަތީ  އޮއްވަ އެވެ. މި އުޅަނދު ގޮވީ ފިޔަގަނޑުގައި އެޅުނު ލޯވަޅެއްގެ  ސަބަބުންނެވެ. މި ހާދިސާގެ އަގަކީ 13ހާސްމިލިއަން ޑޮލަރެވެ. 
 އެއްވަނަ ހާދިސާ ޗަރްނޯބަލް އެޓަމިކް އުދުން 200ހާސް މިލިއަން ޑޮލަރު
 
  މި  ހާދިސާ ހިނގައިފާ ވަނީ 1986 ވަނަ އަހަރު ޔުކްރޭން ގަ އެވެ.  ޔުކްރޭންގެ  މުޅި ސަރަހައްދުގެ ދެބައިކުޅައެއްބަޔަށް މި ހަދިސާގެ އަސަރު ފޯރި އެވެ. މި  ހާދިސާ ހިނގި ސަރަޙައްދުގައި ދިރިއުޅުނުމީހުންގެ ތެރެއިން 1.7  މިލިއަންމީހުންގެ ޙަޔާތަށް މި ހާދިސާގެ ނުބައި އަސަރު ފޯރާފަައިވެ އެވެ. މި  ހާދިސާގައި ސީދާ މަރުވިމީހުންގެ އަދަދަކީ 175ހާހެވެ. ޔުކްރޭންގެ މި  އެޓަމިކް އުނދުނުގެ ކާރިސާގެ ގެއްލުންތަކުގެ މިންވަރަކީ 200ހާސްމިލިއަން  ޑޮލަރުކަމަށް ލަފާކޮށްފައިވެ އެވެ. | 
0 comments:
Post a Comment