Wednesday, January 30, 2013

ސަޢޫދީގެ ބޮޑެތި އިސްރާފާ ގެ ތެރެއިން ޞިނާޢީ ފެންއަރުވާވަޑާން ދުނިޔޭގެ ރެކޯޑު ފޮތަށް

ދުނިޔޭގެ އެންމެ ހިތްގައިމު އަދި އެންމެބޮޑު ފެންއަރުވާވަޑާންގެ ގޮތުގައި ސަޢޫދީ ޢަރަބިޔާގައި ޞިނާޢީގޮތުން ތައްޔާރު ކޮށްފައިވާ ފެންގަނޑެއްގައި، އުފައްދާފައިވާ ފެންއަރުވާވަޑާން ގިނިސް ބުކްއޮފް ވޯލްޑް ރިކޯޑްސްއަށް އަރައިފިއެވެ. 

ސަޢޫދީ ޢަރަބިޔާގެ ވެރިރަށް ރިޔާޟުގެ އުތުރުން އޮންނަ އަލްއަޙްސާގެ ރަށެއްކަމުގައިވާ ހުފޫފްގައި ތައްޔާރުކޮށްފައިވާ މި ފެންއަރުވާވަޑާން ހުންނަނީ، 5 ލައްކަ މީޓަރުގެ ސަރަޙައްދެއްގައި ތައްޔާރު ކޮށްފައިވާ ޕާކެއްގައެވެ. އެޕާކުގެ ތެރޭގައި 700 މީޓަރުގެ ޞިނާޢީ ފެންގަޑެއްވަނީ އުފައްދާފައެވެ. އެފެންގަނޑާއި، ފެންއަރުވާވަޑާން ބެލުމަށް ޒިޔާރަތްކުރާ މީހުންނަށްޓަކައި ހަދާފައިވާ ބްރިޖުތަކަކާއި ކުދިކުދި ފެންއަރުވާވަޑާންތަކެއްވެސް މި ބަގީޗާގައި ހިމެނެއެވެ. 

ads

ދާއިރާ:

0 comments:

Post a Comment

 
here it is