Sunday, January 20, 2013

އެންމެ ފަހުން ކީރިތި قرآن ން ބާވައިލެއްވި آية


    މިމައްސަލާގައި ދަންނަބޭކަލުންގެމެދުގައި ދެބަސްވުން އުފެދިފައިވެއެވެ. ކޮންމެ ޖަމާޢަތެއްވެސް ދަލީލު ނަންގަވަނީ ކޮންމެވެސް آثارތަކުންނެވެ. 1 މިމައްސަލާގައި مَرْفُوع 
 حديث އެއް  ވާރިދުވެފައެއް ނުވެއެވެ2
 
.އެކެއް: 

    އެންމެފަހުން ބާވައިލެއްވީ "وَاتَّقُواْ يَوْماً تُرْجَعُونَ فِيهِ إِلَى اللّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ" (البقرة 281) މިބަސްފުޅު ވިދާޅުވެފައި ވަނީ ابن عباس އެވެ. އަދި ابن جُرَيْج ވިދާޅުވެފައިވެއެވެ. އެ آية ބާވައިލެއްވި ފަހުން رسول الله صلى الله عليه وسلم ދުނިޔޭގައި ހުންނެވީ ނުވަ ރޭވަންދެނެވެ. 3
ދޭއް:
    އެންމެފަހުން ބާވައިލެއްވުނީ سورة البقرة ގެ އަންނަނިވިއާޔަތެވެ. "يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ" (البقرة  278) މިރިވާޔަތަކީ الإمام البخاري އެކަލޭގެފާނުންގެ ސަނަދާއެކު ابن عباس رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތެކެވެ. 4  އަދި البيهقي، ابن عمر ގެ އަރިހުން ރިވާކުރައްވާފއިވާ ރިވާޔަތެކެވެ.
ތިނެއް:
    އެންމެފަހުން ބާވައިލެއްވީ سورة البقرة ގެ آيَةُ الدَّيْنِ އެވެ. އެއީ "يَا أَيُّهَا الَّذِينَ آمَنُواْ إِذَا تَدَايَنتُم بِدَيْنٍ إِلَى أَجَلٍ مُّسَمًّى فَاكْتُبُوهُ" (البقرة  282) ابن جرير، سعيد بن المسيب ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ޚަބަރުލިބިވަޑައިގެންފައިވާ ގޮތުގައި އެންމެފަހުން الله تعالى ގެ ހަޟުރަތުން ބާވައިލެއްވި އާޔަތަކީ آيَةُ الدَّيْنِ އެވެ. 5
    މިތިން رِوَايَة الإمام السيوطي جمع ކުރައްވާފައިވަނީ އަންނަނިވި ގޮތަށެވެ. މި آية ތަކަކީ އެއްޤިއްޞާ އަކާ ގުޅޭ آية ތަކެކެވެ. ބާވައިލެއްވީވެސް އެއްފަހަރާ قرآن ގައި ލިޔެވިފައިވާ ތަރުތީބުންނެވެ. މިގޮތުން ކޮންމެ ބޭފުޅަކުވެސް އެއިން ބައެއް ވިދާޅުވެ އެންމެ ފަހުން ބާވައިލެއްވީ މިއާޔަތޭ ވިދާޅުވީއެވެ. މިގޮތަށް ޚަބަރުދިނުން އެއީ ދޮގަކަށް ނުވާހުއްޓެވެ.
    ނަމަވެސް مناهل العرفان ގެ މުއައްލިފު ބުރަވެ ވަޑައިގަންނަވަނީ އެންމެ ފަހުން ބާވައިލެއްވީ سورة البقرة ގެ 281 ވަނަآية ކަމަށެވެ. [އެއީ އެންމެފުރަތަމަ ބަޔާންކުރެވުނު ބަސްފުޅެވެ. އެއާޔަތަކީ "وَاتَّقُواْ يَوْماً تُرْجَعُونَ فِيهِ إِلَى اللّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ" (البقرة 281)
ހަތަރެއް:
    އެންމެފަހުން ބާވައިލެއްވުނީ سورة آل عمران ގެ އަންނަނިވި އާޔަތެވެ. މި رِوَايَة، ابن مردويه ރިވާކުރައްވާފައިވަނީ مجاهد ގެ ކިބައިން أُمّ سَلَمَة ގެ އަރިހުން އެކަމަނާ ވިދާޅުވިކަމަށެވެ. އެކަމަނާ ވިދާޅުވިއެވެ.
 
 އެންމެ ފަހުން ބާވައިލެއްވި އާޔަތަކީ "فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ أُضِيعُ عَمَلَ عَامِلٍ مِّنكُم" (آل عمران 195) އެއީ އެކަމަނާ ދެންނެވިއެވެ. "އޭ الله ގެ ރަސޫލާއެވެ! ތިމަން ކަމަނާ ދެކެވަޑައިގަންނަވަނީ الله تعالى އަބަދުވެސް ފިރިހެނުންގެ ވާހަކަ ބަޔާންކުރައްވާތަނެވެ. އަންހެނުންގެ ވާހަކައެއް ބަޔާނެއް ނުކުރައްވައެވެ."
 
 އެހިނދު އަންނަނިވި آية ބާވައިލެއްވިއެވެ. "وَلاَ تَتَمَنَّوْاْ مَا فَضَّلَ اللّهُ بِهِ بَعْضَكُمْ عَلَى بَعْضٍ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُواْ وَلِلنِّسَاء نَصِيبٌ مِّمَّا اكْتَسَبْنَ وَاسْأَلُواْ اللّهَ مِن فَضْلِهِ إِنَّ اللّهَ كَانَ بِكُلِّ شَيْءٍ عَلِيماً" (النساء 32) އަދި އަންނަނިވި آية ވެސް ބާވައިލެއްވިއެވެ. "إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيراً وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْراً عَظِيماً" (الأحزاب 35)
    މި رِوَاية އަށް ވިސްނާލުމުން ދޭހަވަނީ  "فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ أُضِيعُ عَمَلَ عَامِلٍ مِّنكُم" (آل عمران 195) މި އާޔަތަކީ މިތިން آية ންކުރެ އެންމެފަހުން ބާވައިލެއްވި آية ކަމެވެ.
ފަހެއް:
    "وَمَن يَقْتُلْ مُؤْمِناً مُّتَعَمِّداً فَجَزَآؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ اللّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً" (النساء 93) الإمام البخاري ރިވާކުރައްވާފައިވާ ابن عباس رضي الله عنه ގެ އަންނަނިވި رِوَاية ން އިސްތިދުލާލު ކުރައްވަމުން ވިދާޅުވަނީ އެންމެފަހުން ބާވައިލެއްވުނު آية އަކީ މިއީކަމުގައެވެ. ابن عباس رضي الله عنه ވިދާޅުވެފައިވެއެވެ. "وَمَن يَقْتُلْ مُؤْمِناً مُّتَعَمِّداً فَجَزَآؤُهُ جَهَنَّمُ" (النساء 93) މިއީ ފަހުން ބާވައިލެއްވުނު އާޔަތެވެ. އެއްވެސް آية އެއް މި آية މަންސޫޚެއް ނުކުރެއެވެ."  6
     "އެއްވެސް آية އެއް މި آية މަންސޫޚެއް ނުކުރެއެވެ." މިޢިބާރާތުން ދޭހަވަނީ މިއީ قَصْد ގައި މުއުމިނަކު قَتل ކުރާ މީހުންގެ حكم އާ ބެހޭގޮތުން އެންމެ ފަހުން ބާވައިލެއްވުނު آية ކަމުގައެވެ. ޖުމުލަކޮށް އެންމެފަހުން ބާވައިލެއްވި آية އެއް ނޫނެވެ.
ހައެއް:
    އެންމެ ފަހުން ބާވައިލެއްވުނީ "يَسْتَفْتُونَكَ قُلِ اللّهُ يُفْتِيكُمْ فِي الْكَلاَلَةِ" (النساء 176)7  النَّسائي އާއި البخاري އާއި مُسلِم އެބޭކަލުންގެ ސަނަދާއެކު އަލްބައްރާއުބުނު ޢާޒިބު ގެއަރިހުން ރިވާކުރައްވާފައިވެއެވެ. އެންމެފަހުންބާވައި ލެއްވުނު އާޔަތަކީ "يَسْتَفْتُونَكَ قُلِ اللّهُ يُفْتِيكُمْ فِي الْكَلاَلَةِ" (النساء 176) އެވެ. އަދި އެންމެފަހުން ބާވައިލެއްވުނު ސޫރަތަކީ ބަރާއަތު ސޫރަތެވެ. 8
    މި ބަސްފުޅަށް ޖަވާބުދެއްވަމުން مناهل العرفان ގެ މުއައްލިފު ވިދާޅުވެފައިވެއެވެ. ބައްރާއުގެ މުރާދަކީ އެންމެފަހުން ميراث އާ ބެހޭގޮތުން ބާވައިލެއްވީ މިآية ކަމުގައެވެ. އަދި އެންމެފަހުން جهاد شرع ކުރެއްވުމާ ބެހޭގޮތުން ބާވައިލެއްވީ އެސޫރަތްކަމުގައެވެ.
ހަތެއް:
    އެންމެފަހުން ބާވައިލެއްވުނު ސޫރަތަކީ އަލްމާއިދާސޫރަތެވެ. މިގޮތަށް ވިދާޅުވާބޭކަލުން ދަލީލުނަންގަވަނީ الحاكم 9  އާއި އައްތިރުމިޛީ عائشة رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތުންނެވެ. މި ބަސްފުޅަށް ޖަވާބުދެއްވަމުން مناهل العرفان ގެ މުއައްލިފު ވިދާޅުވެފައިވެއެވެ. އެސޫރަތަކީ الحلال އާއި الحرام ގެ حكم ތަކާ ބެހޭގޮތުން އެންމެ ފަހުން ބާވައިލެއްވުނު ސޫރަތެވެ. އެ ސޫރަތުގެ އެއްވެސް حكم އެއް މަންސޫޚެއްނުކުރައްވައެވެ.
އަށެއް:
    އެންމެފަހުން ބާވައިލެއްވުނު އާޔަތަކީ ބަރާއުސޫރަތުގެ ނިމޭ آية ތަކެވެ. "لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ) (128) فَإِن تَوَلَّوْاْ فَقُلْ حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ" (التوبة 128 - 129) މި رِوَايَة ރިވާކުރައްވާފައިވަނީ الحاكم 10  އާއި ابن مردويه، أبي بن كعب ގެ އަރިހުންނެވެ. (އެބަހީ އެކަލޭގެފާނު ވިދާޅުވާކަމަށެވެ.) މި ބަސްފުޅަށް ޖަވާބުދެއްވަމުން مناهل العرفان ގެ މުއައްލިފު ވިދާޅުވެފައިވެއެވެ. މިއީ ބަރާއު ސޫރަތުގެ އެންމެފަހުން ބާވައިލެއްވި آية އެވެ.
ނުވައެއް:
    އެންމެފަހުން ބާވައިލެއްވުނީ ސޫރަތުލްކަހުފިގެ ނިމޭއާޔަތެވެ. "قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ" (الكهف 110) މިގޮތަށް معاوية ބުނު އަބީސުފުޔާނު ވިދާޅުވެފައިވާކަމަށް ابن جرير ރިވާކުރައްވާފައިވެއެވެ. 11  އަލްޙާފިޡު އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ. މިއީ (ޙައްލު ކުރުމަށް) އުނދަގޫ އަޘަރެކެވެ. މީގެ މުރާދަކީ މީގެފަހުން މި منسوخ ކުރާނެ އަދި މި حكم ބަދަލުކުރާނެ حكم އެއް ބާވައިނުލައްވާކަމެވެ.  12
ދިހައެއް:
    އެންމެފަހުން ބާވައިލެއްވީ "إِذَا جَاء نَصْرُ اللَّهِ وَالْفَتْحُ" (النصر 1) މިސޫރަތެވެ. 13  މި رِوَايَة ރިވާކުރައްވާފައިވަނީ الإمام مسلم، ابن عباس رضي الله عنهما ގެ އަރިހުންނެވެ. (އެބަހީ ابن عباس رضي الله عنهما ވިދާޅުވާކަމަށެވެ.) މިއަށް ޖަވާބު ދެއްވަމުން مناهل العرفان ގެ މުއައްލިފު ވިދާޅުވެފައިވެއެވެ. އެންމެފަހުން رسول الله صلى الله عليه وسلم ސުވަރުގެވަޑައިގަންނަވާ ޚަބަރު ދެއްވާ ބާވައިލެއްވި ސޫރަތަކީ މިއީއެވެ.
14
 
 
  ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން - ލިޔުން
  1. الآثار: މިއީ الأثر ގެ ޖަމްޢު އެވެ. މާނައަކީ "ބާކީހުރި ޢަލާމާތެވެ." މި  لَفْظُ   ޢަލާމާތަށްވެސް އަދި ޙަދީޘަށްވެސް އަދި އައްސުންނާއަށްވެސް ބޭނުންކުރެވެއެވެ. އިޞްޠިލާޙުގައި މި لَفْظُ   ބޭނުންކުރެވެނީ އަޞްހާބު ބޭކަލުންގެ ބަސްފުޅުތަކާއި ފިޢުލުތަކާއި ޢަމަލުފުޅުތަކަށެވެ. معجم لغة الفقهاء ، 42.
  2. الحديث المرفوع: އެއީ ހަމައެކަނި رسول الله صلى الله عليه وسلم އަށް ނިސްބަތް ކޮށްފައިވާ حديث ތަކެވެ. تدريب الراوي للسيوطي ، 1 / 183 ، ދެވަނަޗާޕް دارإحياءالسنة ،1978މ.
  3. الإتقان في علوم القرآن للسيوطي ،1 ލ 92 ، معرفة أول مانزل ،النوع الثامن نقلا من الفريابي ބައްލަވާ: تفسير الطبري ،3 / 3 / 156.
  4. صحيح البخاري ، 4544
  5. تفسير الطبري ،3 / 3 / 157 ، ނަންބަރ:4945.
  6. ބައްލަވާ: صحيح البخاري ، 4590
  7. سورة النساء، 176
  8. صحيح البخاري ، 4364
  9. المستدرك للحاكم 2 / 368 ، ނަންބަރ:3211 /328 މިރިވާޔަތަކީ الإمام البخاري އާއި الإمام مسلم ގެ شرط ތަކާ އެއްގޮތަށް ރިވާ ކުރައްވައިފައިވާ ރިވާޔަތެއްކަމަށް الإمام الذهبي التلخيص ގައި ވިދާޅުވެފައިވެއެވެ.
  10. المستدرك للحاكم 2 / 368 ، ނަންބަރ: 3296 /413 މިރިވާޔަތަކީ الإمام البخاري އާއި الإمام مسلم ގެ شرط ތަކާ އެއްގޮތަށް ރިވާ ކުރައްވާފައިވާ ރިވާޔަތެއްކަމަށް الإمام الذهبي التلخيص ގައި ވިދާޅުވެފައިވެއެވެ.
  11. تفسير الطبري ، 9 / 16 / 5
  12. تفسير ابن كثير ، 3 / 178

ads

ދާއިރާ:

0 comments:

Post a Comment

 
here it is