Sunday, January 6, 2013

ޞާލިޙުންގެ ރޭތައް


ޞާލިޙުންގެ ރޭތައް






"އަހުރެން"
އަހުރެންގެ ރޭގަނޑަކީ އަހުރެންގެ މަދަރުސާއެވެ.

އެ ރޭގަނޑު އަހުރެންނަށް ޤުރުއާން އުނގަންނައިދެއެވެ.

"އިޚްލާޞް" ގެ މާނަ އަހުރެންނަށް ބުނެދެއެވެ.

ސުވަރުގެ ދިއުމަށް މަގުދައްކައެވެ.

އަހުރެންގެ ވެރިއިލާހާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅު ކޮށްދެއެވެ.


"އޭނާ"
އޭނާގެ ރޭގަނޑު އޭނާ ހޭދަކުރަނީ އޭނާގެ ވެރިއިލާހުގެ ކިޔަމަންތެރިކަމުގައެވެ.

މާތްﷲ އަށް މުނާޖާ ދެންނެވުމާއި ކީރިތި ޤުރުއާން ކިޔެވުމުގައެވެ.

އޭނާގެ ދެލޮލުން ކަރުނައިގެ ތިކިތައް ފައިބައެވެ. ހީވަނީ ހިމަފޮދު ވާރޭވެހޭ ހެންނެވެ.

ރޭގަނޑުގައި އޭނާގެ ވެރިއިލާހުގެ ޙަޟްރަތުގައި އޭނާއަކީ ނިކަމެއްޗެއްކަން ހާމަކޮށްދެއެވެ.

އަދި ދުވާލު އޭނާގެ ދުޝްމިނުންގެ ކުރިމަތީގައި އޭނާއަކީ މިސާލެއްނެތްފަދަ ބަޠަލެކެވެ.

އޭނާގެ މޫނުމަތީގައިވަނީ އޭނާގެ ވެރި ރައްބަށް ސަޖިދަކުރުމުގެ އަސަރެވެ.

ދުވާލުގެ އަލިކަމުގެ ތެރޭގައިވެސް އެ މޫނުވަނީ ދިއްލިފައެވެ.

يَا إِلَهِيْ ! يَا رَب!
އަހުރެންގެ ފާފަތައް ވަރަށްވެސް ގިނައެވެ. ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ފާފަތައް ފުއްސަވައިދެއްވާ އިލާހެވެ.
 އިބަ ﷲގެ ކިބަފުޅުން އެދެނީ އިޙްސާންތެރީންނެވެ. އަދި މިފަދަ މުޖުރިމަކުވެސް އެދޭނެ އެހެން އެއްވެސް ފަރާތެއް އިބަ ﷲމެނުވީ ނުވެއެވެ.

އޭﷲ! އަހުރެންގެ ފާފަތައް ފުއްސަވާނދޭވެ! އަހުރެންގެ މި ދުޢާ އިޖާބަކުރައްވާނދޭވެ! އިބަ ﷲ އަހުރެންގެ ދުޢާ އިޖާބަނުކުރައްވައިފިނަމަ ދެން އަހުރެންނަށް ރަޙުމްކުރާނީ ފަހެ ކޮންފަރާތެއްތޯއެވެ!

އޭﷲ! އިބަ ﷲއަށް ޚުޝޫޢަތްތެރިކަމާއެކު މުނާޖާދަންނަވަމެވެ. މިނަކަމެތި އަޅާގެ ފާފަތައް ފުއްސަވައި މިއަޅާއަށް ރަޙްމަތްލައްވައިފާނދޭވެ!

ads

ދާއިރާ:

0 comments:

Post a Comment

 
here it is