Saturday, March 30, 2013

ޢިތްޒަތް ވަނީ الله އަށް



އެންމެހާ ޢިތްޒަތަކާއި ޝަރަފެއް މިލްކުވެގެންވާ ހަމައެކަނި ފަރާތަކީ މަތިވެރިވަންތަ މާތް الله އެވެ. އެކަލާނގެއީ އެންމެހާ އާރަކާއި ބާރެއް މިލްކުވެވޮޑިގެންވާ މި ކާއިނާތުގެ ވެރިރަސްކަލާނގެއެވެ.
އެކަލާނގެ ޢިތްޒަތްތެރިކަމަށް ފަނޑުވުމެއް ނުވެއެވެ. އަދި އެޢިތްޒަތްތެރިކަމަކީ އެކަލާނގެ މަތިވެރި ޒާތުފުޅަށް ލާޒިމު ކުރައްވާފައިފާ ޞިފަފުޅެކެވެ. ދުނިޔޭގައިވާ އެންމެހާ ޚަލްޤުތަކުން އެކަލާނގެ އަށް ކުފުރުވިޔަސް އެކަލާނގެއީ ޙަމްދުލިބިވޮޑިގެން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. 
މާތް الله  ވަޙީ ކުރެއްވިއެވެ. " وَلا يَحْزُنْكَ قَوْلُهُمْ إِنَّ الْعِزَّةَ لِلَّهِ جَمِيعًا هُوَ السَّمِيعُ الْعَلِيمُ " ( ޔޫނުސް : 65 ) މާނައީ : އަދި ކަލޭގެފާނު އެބައިމީހުންގެ ބަހާމެދު ހިތާމަ ނުކުރައްވާށެވެ! 

ހަމަކަށަވަރުން އެންމެހާ ޢިތްޒަތެއް ވަނީ الله  އަށެވެ. އެކަލާނގެއީ އައްސަވާ އަދި އެންމެހާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ  ރަސްލާނގެއެވެ"އެންމެހާ ޢިތްޒަތެއް އެކަލާނގެއަށް ނިސްބަތްވެގެންވާއިރު އެކަލާނގެ އަޅުތަކުންގެރެއިން ފަރާތަކަށް ޝަރަފަކާއި ޢިތްޒަތެއް ލިބޭނީ އެކަލާނގެ ދެއްވި މިންވަރަކުންނެވެ. އިންސާނުންގެ އިތްޒަތާއި ޝަރަފަކީ އެމީހުން މާތް الله  އަށް ކިޔަމަންވާ މިންވަރަކުން ލިބޭ ކަމެކެވެ. މާތް الله  ޢިތްޒަތާއި ޝަރަފު ނުދެއްވައިފި ކޮންމެ މީހަކީ އަގު ވެއްޓި ނިކަމެތިވެގެންދާނެމީހެކެވެ.


 މާތް الله  ވަޙީކުރެއްވިއެވެ. "قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ " ( އާލު ޢިމްރާން : 26 )

 މާނައީ : ކަލޭގެފާނު ވިދާޅުވާށެވެ!  ހައްދަވާ ބޮޑުކުރެއްވި،އެންމެހާ ބާރެއްގެ މިލްކުވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ އިރާދަ ކުރެއްވި މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރެއްވި މީހަކު އަތުން ވެރިކަން ދުރުކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރެއްވި މީހަކު ޢިތްޒަތް ކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރެއްވި މީހަކު ނިކަމެތި ކުރައްވަމުއެވެ.

 އެންމެހާ ހެވެއްވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

މާތް الله  އިންސާނާއަށް ދެއްވާ ޢިތްޒަތް ލިބޭނީ އެ އިންސާނާ މާތް الله  ގެ މަގުގައި ޤުރުބާންތަކެއް ދީގެންނެވެ. އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރި ވެވިގެންނެވެ. އިންސާނުންގެ ތެރެއިން މާތް ރަސްކަލާނގެ މަތިވެރި ކުރައްވާފައިވާ އެންމެ މަތިވެރި ބަޔަކީ ރަސޫލުބޭކަލުންނެވެ.


 އަދި މުއުމިނުންނެވެ. ރަސޫލުބޭކަލުން އެ ޢިތްޒަތާއި މަތިވެރިކަން ޙާޞިލު ކުރައްވާފައިވަނީ  މާތް الله  ގެމަގުގައި ލިބެމުންދިޔަ އުނދަގޫ ތަކާއި ދުއްތުރާތަކަށް ކެއްތެރިވެގެންނެވެ. ފަހަރެއްގައިވެސް ބަދަލު ހިތްޕެވުގެ ސަބަބަކުން ނޫނެވެ. އަޅުގަނޑުމެންގެ މާތް ސާހިބާގެ ސީރަތަށް ބަލާލިކަމުގައިވީ ނަމަވެސް މިކަން ވަރަށް ރަނގަޅަށް ސާބިތުވާނެއެވެ.

 އެކަލޭގެފާނަށް މައްކާގެ މުޝްރިކުން ނުކުރަނީ ކޮން އުދަގުލެއްހެއްޔެވެ؟ އިސްތަށިފުޅުގައި ނާޅުވަނީ ކޮން ތުހުމަތެއް ހެއްޔެވެ؟ ނަމަވެސް މީހަކާ ދިމާލަށް ޖަދަލުގެ ގޮތުގައި ކުޑަނަމަވެސް ބަސްފުޅެއް ވިދާޅުނުވެއެވެ. ވީމާ ޢިތްޒަތާއި ޝަރަފު ބޭނުން ނަމަ އޮތީ ރަސޫލު ބޭކަލުންގެ މަގު އިޚްތިޔާރުކުރުމެވެ.  މާތް الله  ވަޙީކުރެއްވިއެވެ.

 وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ  މާނައީ :އަދި އެންމެހާ އިތްޒަތެއް ވަނީ މާތް الله  އަށެވެ. އަދި އެކަލާނގެ ރަސޫލާއަށެވެ. އަދި މުއުމިނުންނަށެވެ. ނަމަވެސް މުނާފިޤުންނަކަށް އެކަމެއް ނޭނގެއެވެ.  

ads

ދާއިރާ:

0 comments:

Post a Comment

 
here it is