Saturday, March 2, 2013

މުނާފިޤުންގެ ސިފަތަކުގެ ތެރެއިން ތިރީސް علامة ކީރިތި قرآن އާއި، سنة ގެ އަލީގައި

عمرގެފާނުވިދާޅުވިއެވެ.

(حَاسِبُوا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوا وَزِنُوهَاقَبْل أَنْ تُوْزَنُوا وَتَهَيَّؤُوا لِلعَرْضِ اْلأَكْبَرِ) ތިޔަބައިމީހުންގެ حِسَابُ ބެއްލެވުމުގެ ކުރިން ތިޔަބައިމީހުން އަމިއްލައަށް އެ نفس ތަކުގެ ހިސާބުކުރާށެވެ. އަދި ތިޔަބައިމީހުން ކިރާ ވަޒަންވެވުމުގެ ކުރިން އެ نفسތައް ވަޒަންކުރާށެވެ. އަދި حساب ބެއްލެވުމާ، ހުށައެޅުމަށް ތިޔަބައިމީހުން ތައްޔާރުވާށެވެ.      


اقسام النفاق ، نِفَاقُ ބެހިގެންވާބައިތައް:-

اَهُلُ السَّنَة وَالْجَمَاعَةُ ގެ އަރިއަހުގައި نِفَاقُ ދެބައްކަށް ބެހިފައިވެއެވެ. 

ފުރަތަމައީ اِعْتِقَادِى نِفَاقُއެވެ:- އެފަދަ مُنَافِقُން اِسْلاَمِى مِلَةُ ން ބޭރުވެދާނެއެވެ. مُنَافِقُ ން ވާހުށީ ނަރަކާގެ އެންމެދަށުގައެވެ. އެ مُناَفِقُ ން ސިއްރުގައި رسولއާގެ رسولކަން ދޮގުކުރެއެވެ. ނަމަވެސްފާޅުގައި ތެދުކުރެއެވެ. ނުވަތަ އެމީހުން سَمَاوِى ފޮތްތަކާއި، مَلاَئِكَة ބޭކަލުންނާއި، އަދި اَهُلُ السّنَة ގެ ކޮންމެ أَصلއެއް ދޮގުކޮށްއުޅެއެވެ. އެކަމުގެ دليلއަކީ البقرة سورةގެ ﴿وَمِنَ النَّاسِ مَنْ يَقُولءَامَنَّابِاللهِ وَبِالْيَوْمِ الأَخِرِ وَمَاهُم بِمُؤمِنِيْنَ (8) يُخَادِعُونَ اللهَ وَالَّذِينَءَامَنُواْوَمَايَخْدَعُونَ إلآ أَنفُسَهُمْ وَماَ يَشْعُرُونَ  (9)  فِى قُلُوبِهِم مَّرضٌ فَزَادهُمُ اللهُ مَرَضًا وَلَهُمْ عَذَابٌ أَلِيْمٌ بِمَا كَانُو يَكْذِبُونَ (10)﴾


 މާނައީ:- މީސްތަކުންގެ ތެރޭގައި مؤمنންނާއި، ކާފިރުންނާއި، ދެމެދު ދެފުއްކެނޑޭ ގޮތަށް حيران ކަމާއެކުގައި އުޅޭބަޔަކުވެއެވެ. އެމިހުންނީ مُناَفِقُންނެވެ. އެމީހުންނަކީ އެމީހުންގެ ދުލުންފާޅުގައި الله تعالىއަށާއި، آخرة ދުވަހަށް އީމާންވެގެންވާ ބަޔަކުކަމުގައި ބުނާމީހުނެވެ. ނަމަވެސް بَاطِنގައި އެބަހީ ސިއްރުގައި ދޮގުބުނާމީހުނެވެ. حَقِيْقَةُ ގައި އެމީހުން އީމާނެއްނުވެއެވެ. އެމީހުން ޖާހިލުކަމާއިއެކު اِعُتِقَادُ ކުރަނީ އެމީހުން الله تعالىއަށާއި، مؤمن ންނަށް ކެހިދޭކަމުގައެވެ.

 އެއީ، އީމާންކަންފާޅުކޮށް ކާފަރުކަން ވަންހަނާކޮށް ފޮރުވައިގެންތިބުމާއި އެކުގައެވެ. ނަމަވެސް حَقِيْقَةُ ގައި އެމިހުން ކެހިދެނީ އެމީހުންގެ އަމިއްލަ ذات އަށެވެ. އެހެނީ ހަމަކަށަވަރުން އެމީހުންގެ ކެހިވެރިކަން އެނބުރި އަންނަހުށީ ހަމައެމީހުނަށެވެ. އެމީހުންގެ جَاهِلُ ކަންބޮޑުކަމުން އެކަން އެމީހުނަށް ނޭގެނީއެވެ. اِحُسَاسْ ވެސް ނުކުރެވެނީއެވެ. 

އެމީހުންގެ ހިތްތަކުގައި ވަނީޝައްކެވެ. فَسِادُ އެވެ. އެމީހުނަށް عُقُوبَة އާއި، ސަޒާ ލިބުން ވާޖިބުކޮށްފަނިވި އުރެދުމުގައި اِمْتِحَانُ ވެވެމުންދަނީއެވެ. ވީމާ الله تعالى އެމިހުނަށް ޝައްކުއިތުރުކޮށް ދެއްވިއެވެ. އެމީހުންގެދޮގާ، ނިފާގުގެސަބަބުން ވޭންދެނިވި عذاب އެމީހުނަށް ވާޖިބުކުރެއެވެ.
 
نِفَاقُ ގެ ދެވަނަބަޔަކީ عَمَلِى نِفَاقُ އެވެ :- އެކަމުގެ މައްޗަށް صحيح بخارى އާއި، صحيح مسلم ގައިވާ محمّد صلّى الله عليه وسلّم ގެ މިބަސްފުޅުން دليل ކުރެއެވެ. (آيَةُ المْنَا فِقِ ثَلاَثُ، إِذَاحَدَّثَ كَذَبِ، وَإِذَا وَعَدَ أَخْلَفَ، وَاِذَا ئْتِمُنَ خَانَ) مُناَفِقُ ންގެ ނިޝާންތިނެކެވެ. ވާހަކައެއް ދައްކައިފީއްޔާ ދޮގުހަދާނެއެވެ. وعد އެއްކޮށްފިއްޔާ އެއާއި خِلاَفُ ވާނެއެވެ. އަމާނާތެއް حَوالُ ކުރެވިއްޖެއްޔާ خيانة ތެރިވާނެއެވެ.

މިހާރު ތިޔަބޭކަލުންނަށް މިދަންނަވަނީ مُنَافِقُ ންނަށް ވާ عَلاَمَة ތަކުގެ ތެރެއިން ހިމެނޭ ތިރީސް علامة އެވެ.

 
(1) ދޮގުހެދުން (2) ކެހިދިނުން (3) އުރެދުން (4) وعد އާއި خلاف ވުން (5) އަޅުކަން ކުރުމުގައި ކަންނެތްވުން (6) ދެއްކުންތެރިކަން (7) الله تعالى ހަދުމަކޮށް ذكر ކޮށް އުޅުން މަދުކުރުން (8) ދޫނި ހޮވައިކާގޮތަށް އަވަސްއަވަހަށް ނަމާދުކުރުން (9) ހެއުލަފާ صالح، الله އަށް ކިޔަމަންތެރިވާ އަޅުންގެ عيب ތަށް ބަޔާންކުރުން (10) ފުރައްސާރައާއި، މަލާމަތްކުރުން (11) ޖެހިލުމެއްނެތި ދޮގުހުވާކުރުން  (12) ނުރުހުންވެހުރެ خرد ކުރުން (13) مسلم ންގެ ނިކަމެތިކަން ހާމަކޮށް ކާފަރުންގެ ވަރުގަދަކަންހާމަކުރުން (14) ދޮގު ވާހަކަތައް ފަތުރައި مؤمنން ބިރުގެންނެވުން (15) މިންވަރަށް އީމާންވުމާމެދު އިޢުތިރާޟު ކުރުން (16) ހެއުލަފާ صالح އަޅުންގެ عزّة އާ މެދު ހުށަހޮޅިގަތުން (17) ނަމާދު جماعة ގައި ކުރުމުން ފަސްޖެހުން (18) إصلاح ކުރުމުގެ ނަމުގައި ފަސާދަކުރުން (19) ދެފުއްދެގޮތްކުރުން (20) خادثة ތަކުން ބިރުގެންނެވުން (21) ދޮގު ހެދުމާއެކު ކަންތަކުން ރެކިގަތުން (22) منكرات ތައް ކުރުމަށް أمرކޮށް ހެޔޮކަންތަކުން މަނާކުރުން (23)  ދަހިކަމާ بخيل ކަމުން خرد ކުރުމުން މުއްބަންދުކުރުން (24)  الله عزّ وجل އާމެދު غافل ވެ، އެކަލާނގެ ހަދާންނައްތައިލުން (25) الله تعالىއާއި އެކަލާނގެ رسولއާގެ وعد ދޮގުކުރުން (26) ފާޅުގައިވާ ކަންތަކާމެދު ފަރުވާތެރިވެ ސިއްރުގައިވާ ކަންތަކާ މެދު ފަރުވާކުޑަކުރުން (27) މީސްތަކުންނަށްވުރެ މަތިވެރި ކަމުގައި ދެކެ ބޮޑާކަމާ كبر ވެރިކަމާއެކު ވާހަކަދެއްކުން (28) ދީން ވިސްނުމާ އެގުމުގެ ބައިނެތުން (29) މީސްތަކުންނާ މެދު ކަމޭހީނުކޮށް ފާފަކުރުމުގައި الله އާ ޗެލެން ޖުކުރުން (30) مؤمن ނަކު އުރެދިއްޖެނަމަ އެކަމަށް އުފާވުމާއި، އެ مؤمن ންނަށް އުފާ ލިބިއްޖެނަމަ އެކަމާއި ހިތާމަކުރުން މިއެވެ.

الله سبحانه وتعالى ކީރިތި قرآنގެ އެތައް سورة އެއްގައި النِفَاقُ މިކަލިމައާއި، އޭގެ مُشْتَقَّاتُ ތިރީސް ހަތްފަހަރު ذكر ކުރައްވައި ނަންގެންފައިވެއެވެ. އެ سورة ތަކަކީ آل عمران سورة އާއި، الحشر سورة އާއި، التوبه سورة އާއި، الأحزاب އާއި، الفتح سورة އާއި، الجديد سورة އާއި، الأَنفال سورة އާއި، المنافقون سورة އާއި، النساء سورة އާއި، العنكبوت سورة އާއި، التحريم މި سورة ތަކެވެ.


 އަދި އިސްވެދިޔަބައެއް سورة ތަކުގައި މިކަންތަކުރާރު ކުރައްވާފައިވެއެވެ. މިކަންދަލީލު ކުރަނީ مُجُتَمَعُގެ މައްޗަށާއި، ދީނުގެމައްޗަށް مُنَافِقُ ންގެބިރުވެރިކަން ހުރިމިންވަރެވެ. الله تعالىއަށް سوال ކޮށް މިއަޅާ އެދި ދަންނަވަނީ مُنَافِقُ ންގެ ކިބައިން އަޅަމެން މިންޖުކުރައްވައި سلامة ކުރެއްވުމަށެވެ. އަދި مُنَافِقُންގެ ނުބައިކަމާއި، ބިރުވެރިކަން މުލުންލުހެ ވަކިކޮށް އެއްލާލުމަށެވެ. ޝައްކެއްނެތެވެ. އެކަލާނގެއީ މިކަމުގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަމުގެ ވަލީއެވެ.

އޭ އަހުރެން މިދަންނަވަނީ نِفَاقُ ކަމުގެ މައްޗަށް ދަލީލުކުރާ ބައެއް علامة ތަކެވެ. ތިމާގެ نفس އެ علامة ތަކާމެދު قِيَاسْ ކޮށް ބައްލަވާށެވެ. 
       
ދެއްކުންތެރިކަމުގެ މުޑުދާރުކަމާއި، نفاقގެ ކެހިވެރި ކަމުންތިމާގެ نفس خالص ކޮށް سلامة ކުރާށެވެ. نفاقގެ علامة ތަކާމެދު ތިބާގެ އަމިއްލަ نفسއާ سوال ކޮށްލައްވާށެވެ. ކަމާގުޅޭގޮތުން މީސްތަކުންނާ سوال ކުރައްވައިފިނަމަ އެމީހުން ބޭނުންގޮތަކަށް ތިބާއަށް ފަތުވާދޭނެއެވެ. މަދަދު އެދުންވަނީ الله تعالىގެ حضرة ންނެވެ. وكيل ކުރުންވަނީ ވެސް އެކަލާނގެ حضرة އަށެވެ.

ابن ماجة ރިވާކުރެއްވި حسن حديث އެއްގައިވެއެވެ. محمّد صلّى الله عليه وسلّم حديث ކުރެއްވިއެވެ. (لَيَأْ تِيَنَّ أَقْوَامٌ يَوْمَ الْقِيَا مَةِ بِحَسَنَاتٍ اَمْثَالُ عُضَاةٍ تِهَامَةَ يَجُعَلُهَا اللهُ هَبَاءً مَنْثُوْرًا قَالَ الصَّحَابَةُ يَارَسُوْلَ اللهِ اَلَيْسَوابِمُسْلِمِيْنَ؟ قَالَ بَلَى يُصَلُّونَ كَمَا تُصَلُّونَ وَيَصُومُونَ كَمَا تَصُومُوْنَ وَلَهُمْ فَضُولُ أَمْوالٍ يَتَصَدَّقُونَ بِهَاوَكَانَ لَهُمْ حَظٌّ مِنْ الَّليْلِ الكِنْ كَانُواإِذَاخَلَوابِمَحاَ رِمِ اللهِ إِنْتَهَكُوهَا )


 قيامة ދުވަހުގައި އެތައް جماعة އެއްގެބަޔަކު تهامة ގެ ހިކިވިނަތަކާ ފެތުރިފައިވާ ހިކިގަސްތައް ފަދަ ހެއުކަންތައް ހިފައިގެން އަންނާނެތެވެ. އެ عملތަށް الله تعالىވަޔާ ބުރައިގެންދާ ކުނޑިތަކެއް ފަދައިން ލައްވާނެތެވެ. أصحاب ބޭކަލުން ދެންނެވިއެވެ. އޭ اللهގެ رسول އާއެވެ! އެމީހުން مسلمން ކަމުގައިނުވަނީހެއްޔެވެ؟ حديث ކުރެއްވިއެވެ. ނޫނެކޭ އެއީ مسلمންނެވެ! ތިޔަބައިމީހުން ނަމާދު ކުރާފަދައިން އެމީހުންވެސް ނަމާދުކޮށް އުޅޭނެއެވެ. ތިޔަބައިމީހުން ރޯދަ ހިފާފަދައިން ރޯދަ ހިފާނެއެވެ. އެމީހުންގެ އަތުގައިވާ އިތުރުމުދަލުން صداقة ކޮށް ވެސްއުޅޭނެއެވެ. އަދި ރޭއަޅުކަން ކުރުމުގައި ވެސްވާނެއެވެ. އެކަމަކު އެމީހުން الله تعالى حرام ކުރައްވާފައިވާ ކަންތަކާއިގެން އެކަނިތަނެއްގައި ވެއްޖެއްޔާ އޭގެ حرمة ކަނޑައި އެކަމަށް އަރައިގަންނާނެއެވެ.

ކިޔަމަންތެރި ހެއުލަފާ صلاح އަޅުންގެ عزّةއާ އަބުރު ދުއްވާލުމަށް އިހާނެތި ބަސްތައްގޮވުން އަދި އެމީހުންގެ ދޫތަކުން އެ صالح ހެއުލަފާ ބޭކަލުންނާއި خلاف އަށް ފުރައްސާރައިގެ ބަސްތައް ބޭނުންކުރުމެވެ. މިދެންނެވި ކިޔަމަންތެރި ހެއުލަފާބޭކަލުންގެ ތެރޭގައި صدقات އާއި خيرات ކުރާ ބޭކަލުންނާއި ތިމާމެންގެ މުދަލާފުރާނަ الله تعالىގެ މަގުގައި ހޭދަކޮށް قربان ވާމީހުންވެސް شامل ވެއެވެ.


ތިބާއަށް އެ منافقން ފެނިވަޑައި ގަންނަވާހުށީ ކޮންމެ مجليس އެއްގައި ތިއްބަސް އެ صالح ންނާ خلاف އަށް ވާހަކަދައްކާތީއެވެ. އެމީހުންގެގާތުގައި މުހިންމު ކަމަކީއެއީއެވެ. އެމީހުން يهودى އިންނާއި، نصارى އިންނާއި، ކޮމިއުނިސްޓުންނާ ބޭދީން މީހުނާމެދު ވަހަކަދެއްކުމަކީ ދަންނަކަމެއްނޫނެވެ. ހެދުނާއި، ހަވީރު އެމީހުންގެ ކަމަކީ ހެއުލަފާ صالح، الله ގެ ވަލީންނާ خلاف އަށް ވާހަކަދެއްކުމެވެ. އާދެ! އެންމެހާ جلسة ތަކުގައި صالح ވަލީވެރިންނާ މެދުމަލާމާތާއި ފުރައްސާރައިގެ ބަސަތައްގޮވުމެވެ. 

މިޒަމާނުގެ ލިޔުންތަރިންކުރެ މީހަކު އޭނާގެފޮތުގައި ލިޔެފައިވެއެވެ. އޭނާބުނެއެވެ. އިމާރާތުގައި ބޮޑުތުބުޅިއެއްވާ މީހަކު އަހަންނާ الكولونيا އާ ބެހޭގޮތުން ސުވާލުކުރިއެވެ. ތުބުޅީގެވާހަކަ ދެއްކުމުގައި އޭނާގެ قصد އަކީ ތުބުޅިއާއި އަދި ހެދުމާއި خلاف އަށް ފުރައްސާރަކޮށް ހަނގުރާމަ ކުރުމެވެ. އެފަދަމީހުން ސުންނަތާމެދު ވިސްނަނީ ކިހިނަކުންކަމެއް އަހަންނަކަށް ނޭގެއެވެ.؟ 

އަދި އެފޮތުގައި އޭނާބުނެފައިވެއެވެ. الجزائرގައި ބޮޑުތުބުޅިއެއް ހުރިމީހަކު އަހަންނާ ސުވާލުކުރީ حِجَابُ އާ ބެހޭގޮތުންނެވެ. އަހުރެމެން އެފަދަމީހުނަށް ބުނަމެވެ. ތުބުޅިއާއި، ފަރުދާއާއި ބެހޭގޮތުން އެގެނައި عبارة އަކީ އެކަމަށް ފުރައްސާރަކުރުމާއި މަލާމަތްކުރުމެވެ. މިކަންކަމާމެދު مؤمن أَخ ން ހޭއަރައި ތިބުން ހުއްޓެވެ. އެހެނީ ހަމަކަށަވަރުން منافق ންގެ علامة ތަކުގެތެރެއިން الله ގެ ހެއުލަފާ صالح އަޅުންނަށް ފުރައްސާރަކުރުން ހިމެނެއެވެ. އާދެ! منافق ންގެ ގޮތަކީ ހެއުލަފާ صالح تقوى ވެރި މީހުންގެ ވާހަކަތައްކިޔައި އެމީހުނަށް ފުރައްސާރަކޮށް މަލާމާތްކޮށް ހެދުމެވެ. އޭގެ ތެރޭގައި علم ވެރިންނާ ދީންކިޔަވާކުދިންނާ الله ގެ މަގުގައި نصيحة އާއި، ارشاد ދީ ހަދާ دُعاَةُ ންނާއި އަޅުކަންކޮށް ސީދާމަގުގައި ހިގާމީހުންނާއި މިއެއްމެން ހިމެނެއެވެ. علامة ابن القيم އޭނާގެފޮތް شِفَاءُالْعَليْلُ ގައި މިފަދަކަންތައް ގިނަ عدد އަކަށް ذكر ކުރައްވާ ފައިވެއެވެ. 

الله تعالى البقرةسورةގެ 204\205 ވަނަ آية ގައި وحي ކުރައްވަނީ ﴿ وِمِنَ النَّاسِ مَن يُعُجِبُكَ قَوْلُهُ فِى الحَيَواةِ الدُّنْيَا وَيُشْهِدُ اللهَ عَلَى مَافِى قَلْبِهِ وَهُوَ أَلَدُّ الْخِصَامِ  (204) وَإِذَا تَوَلَّى سَعَى فِى الْأَ رْضِ لِيُفْسِدَ فِيْهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ وَاللهُ لَا يُحِبُّ الْفَسَادَ (205) ﴾  (204) އޭ محمّد صلّى الله عليه وسلّم! منافق ން ކުރެބަޔަކު އެމީހުންގެ ފަސޭހަރީތި ބަހުން ވާހަކަ ދެއްކުމުން ކަލޭގެފާނު عجائب ކުރުވައެވެ. މިގޮތުން އެމީހުން އެދެނީ ދުނިޔޭގެ ކަންތަކެވެ. آخرة ގެ ފިކުރެއްނެތެވެ. މިކަމުގައި إسلام ދީނަށް އެމީހުންގެ ހިތުގައި ވާލޯބިސާބިތު ކުރުމަށް الله ހެކިކޮށް ހުވައިކުރެއެވެ. حقيقة ގައި އެމީހުނަކީ إسلام ދީނާއި  مسلم ންނަށް ހުރި  ބާރުގަދަ  ދެކޮޅުވެރި  عداوات ތެރިންނެވެ. 

(205) އޭ محمّد صلّى الله عليه وسلّم! އެމީހުން ކަލޭގެފާނުގެ އަރިއަހުން ނިކުމެއްޖެއްޔާ އެމީހުނަކީ ހީވާގި ކަމާއިއެކު މީސްތަކުންގެ ދަނޑުގޮވާމާއި އެމީހުންގެ ގެރިބަކަރި ޖަމަލުތައް قتل ކޮށް ނިންމާލުމަށް މަސައްކަތްކުރާ ބިމުގައި ފަސާދަކުރާމީހުނެވެ. الله تعالى ފަސާދަކުރުމަށް ލޯބިނުކުރައްވައެވެ. 

އަޅަމެން الله سبحانه وتعالىއަށް ސުވާލުކޮށް އެދި ދަންނަވަނީ އަހުރެމެނާއި ތިޔައެންމެހާ ބޭކަލުންނަށް މިބަލިން ސަލާމަތްކުރައްވައި عافية ދެއްވުމަށެވެ. މިކަންތައްވަނީ مجتمعގައި ފެތުރި عامّ ވެފައެވެ. މިނުރައްކާތެރިކަމުން މީސްތަކުންގެ ދަނޑުވެރިކަމާއި، އެމީހުންގެ ބާހާއި ސޫފިތައް އެބަހީ ގެރިބަކަރި، ޖަމަލުތައް ހަލާކުވެހިނގައްޖެއެވެ. ވީމާ އޭ ލޮބުވެތި مسلم أَخންނޭވެ! މިނުރައްކާތެރި ނޭދެވާ علامة ތަކާމެދު ބިރުވެތި ވަމާއަންނާށެވެ. މިކަންތަކަކީ އަހުރެމެން مسلم ންނަށް ނިކަމެތިކަމާއި ދެރަކަން ވާރުތަކޮށްދޭ ކަންތަކެވެ. މިގޮތުންއަހުރެމެންގެ ދުނިޔޭއާއި آخرةގެ ބާއްޖެވެރިކަންނެތިހިގައްޖެއެވެ.


 فضيلة الشيخ إسماعيل محمّد

ads

ދާއިރާ:

0 comments:

Post a Comment

 
here it is