ވެދުންސަލާމަށްފަހު ދަންނަވަމެވެ.
ރަށުކައުންސިލް އުފެދުމަށްފަހު ތިޔަ ފަރާތުން ރަށުގެ ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށް ރަށުގެ ތަރައްޤީގާ ބައިވެރިވުމަށް އެދުނު އެދުމާ ގުޅިގެން އަޅުގަނޑު ދެކޭ ގޮތުގައި ތޮއްޑޫ އަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ކަންކަން ހުރީތީ އެ ކަންކަން ތިޔަ ފަރާތާ ހިއްސާ ކޮށްލުމުގެ މަގުޞަދު ގާ މި ސިޓީ ފޮނުވަމެވެ. އެގޮތުން ތޮއްޑޫ ގައި މިއަދު ހައްލު ކުރަން ކޮންމެހެންޖެހިފައިވާ ބައެއް މައްސަލަ ތަކާ އަދި ރަށުގެ ތަރައްޤީ އަށް ކުރަންޖެހިފައިވާ މުހިންމު ކަންކަމަށް އަލި އަޅުވާލާނަމެވެ. މިއަދު ތޮއްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ.
ކުނި އުކާލާ ނައްތާލެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެފައި ނެތުން
އެންގިވަޑައިގަންނަވާނޭ ފަދައިން ތޮއްޑޫ އަކީ މިއަދު އާބާދީ ބޮޑު ރަށެކެވެ. މިކަމުގެ ސަބަބުން އުކާލެވޭ ކުނީގެ ނިސްބަތްވެސް މިވަނީ އިންތިހާ ދަރަޖަ އަކަށް އިތުރު ވެފައެވެ. ދަނޑުވެރިކަމުގެ މަސައްކަތުގެ ސަބަބުން އުފެދޭ ކުންޏާ، ބަދިގޭ ކުންޏާ ތަފާތު ވޯރކު ޝޮޕު ތަކުން އުފެދޭ ކުންޏާ އަދި އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދޭ ކުނި މިރަށުގައި ވަނީ އިންތިހާ އަށް އިތުރު ވެފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ތަފާތު ވައްތަރުގެ ކުނި އުކާލެވޭނެ ކުނި ކޮށި ތަކެއްވަނީ ތޮއްޑޫގާ ނުހެދިފައެވެ. މީގެ ސަބަބުން މަގެއް އޮތިއްޔާ މަގުގެ ދެ ފަޅި ވަނީ ތަފާތު ކުނިން ފުރިފައެވެ. މޫދާ ހޭޅިފަށަށް ދަނީ ކުނި ޖަމާވެ ގިނަވަމުންނެވެ. މީގެ ސަބަބުން ތަފާތު ސިއްޚީ މައްސަލަ ތައް ދަނީ ކުރިމަތިވަމުންނެވެ.
ދިވެހިރާއްޖޭގައި އޮތް އެންމެ ގިނަ އަދަދަކަށް މީތޭން ގޭސް އެތެރެ ކުރާ އެއްރަށަކީ ތޮއްޑޫ ކަން ޔަގީނެވެ. އަދި ހަމަ އެފަދައިން ދަނޑުވެރި ކަމުން އުފެދޭ ކުންޏަކީ ވެސް ނުރައްކާތެރި, ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދެނިވި ކުންޏެކެވެ. މިގޮތުން ތަފާތު "ކެމިކަލް" ތަކުގެ ހުސްފުޅި ތަކާ ޕެކެޓު ތައް ރަށުގެ އަތިރި މައްޗަށާ މޫދަށާ އަދި ރަށުތެރެއަށް ރައްކާތެރި ނޫން ގޮތްގޮތައް އެތަން މިތަނަށް އުކާލުމުން އެކަމުގެ ނުރައްކާ ތެރިކަން ރަށުގެ ފެންފަށަލަ އަށް ވެސް މިހާރު ވަނީ ކޮށްފައެވެ. ތަފާތު ކެމިކަލް ހުސްފުޅި ތައް އެތަން މިތަނަށް އުކާލުމުން އެ އެއްޗިހި ބިމުގެ ތެރެއަށް ލީކުވެ ރަށުގެ ފެންފަށަލައަށް ވާސިލްވެ ފެނުން ނުބައިވަސް ދޮވުމާ ފެންބޭނުން ކުރުމުން ހަމުގެ ތަފާތު މައްސަލަތައް މަދުން ނަމަވެސް ދަނީ ކުރިމަތި ވަމުންނެވެ.
ކުނި އުކާލާ ނައްތާލެވޭނެ ފުރިހަމަ ނިޒާމެއް އެކުލަވާލާ ތަންފީޒު ކުރެވިފައި ނުވާތީ މުޅި ރަށްވަނީ ކުނި ވެފައެވެ. ރަށުގާ މިހާރު ކުނި އުކާނުލާ ސަރަހައްދެއް ނެތެވެ. ކުނީގެ ސަބަބުން ދިމާވާ ތަފާތު ސިއްހީ މައްސަލަތައް އެންމެ ގިނައީ އަޅުގަނޑުމެންގެ މި އަތޮޅު ގައެވެ. ޚާއްސަކޮށް މިރަށުގައެވެ. އެކަމުގެ ސަބަބުން ތަފާތު ބަލިތައް ޖެހި އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ފުރާނަ އަށް ގެއްލުންވާ ހިސާބަށް ކަންތައްމިވަނީ ގޮސްފައެވެ. ރަށުގެ ވަށައިގެންވާ ވަށައިމަގުގެ ދެފަރާތުގާ ކުނި ނޫން އެހެން އެއްޗެއްނެތެވެ. ގުދުރަތުން ތޮއްޑޫ އަށް ލިބިފައިވާ ރީތި އަތިރި މައްޗާ މޫދުގެ ރީތިކަން ދަނީ ހަލުވި މިނެއްގާ ގެއްލެމުންނެވެ. ރަށުގެ މޫނު މަތީގާ (ބަނދަރު ސަރަހައްދު) ވަށައިގެން އޮތީ ކުންޏެވެ. ބީރައްޓެއްސަކު އައިސް ރަށް ބަލައިލަން ނުކުތަސް ޕިކަޕަށް ވަދެވޭ މަގެއް ވެއްޖިއްޔާ ދެފަރާތުގާ ކުނި ނޫން އެއްޗެއްނުފެނެއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ފާހާނާ ވަޅުގަނޑު ހުންނަން ޖެހޭ ފަދައިން ކުނި ކޮށި ތަކަކީ ވެސް ހުންނަން މަޖުބޫރު ތަންތަނެވެ. ނަމަވެސް ފާހާނާ ވަޅުގަނޑުތައް ފޮރުވިފައި ހުންނަން ޖެހޭ ފަދައިން ކުނި ކޮށި ތަކަކީވެސް ފޮރުވިފައި ހުންނަންޖެހޭ ތަންތަނެވެ. އެއީ ރަށުގެ މޫނު މަތިން ދެފަރާތުންނާ ކުނިކަހާ ރީތިކޮށްފައިވާ މަގުތަކުގެ ދެފަރާތުން ހާމައަށް ފެންނަންޖެހޭ ތަންތަނެއް ނޫނެވެ. އަދި މިކަންކަމަކީ ތިޔަ ކައުންސިލަށް ވެސް ހައްލުހޯދި ދާނެ ކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ. ކުނި އުކާލެވޭ ތަންތަނާ ކުނި އުކާލުން މުޅިން މަނާ ސަރަހައްދު ތައް ކަނޑައަޅަން އެބަ ޖެހެއެވެ. ކުނި އުކާލެވޭ ޚާއްސަ ދުވަސްތަކާ ކުނި އުކާލުން މަނާ ދުވަސްތައް ހަމަޖައްސަންޖެހެއެވެ. މިކަންކަމަކީ ހަރުކޮށްލެވޭ ބޯޑަކުން ނުވަތަ އިޢުލާނަކުން ވެސް ހަމައަކަށް އެޅުވިދާނެ ކަންކަން ކަމުގާ އަޅުގަނޑުދެކެމެވެ. ނަމަވެސް މިއަށްވުރެ މާ ހަރުދަނާ ގޮތެއްގާ މިކަން ރާވާ ހިންގަން އެބަ ޖެހެއެވެ. ކުނި އަންދާ ކުނި ވަކިކޮށް ބަލަހައްޓާނެ މީހަކު / ބަޔަކު ކަނޑައަޅަން ޖެހެއެވެ. ރަށު ބަޖެޓުން މުސާރަ ދީގެންވެސް މިކަމަށް މީހަކު ހަމަޖައްސާ ކުނި ނައްތާލާ، ރީތި ރަށަކަށް ތޮއްޑޫ ހެދުމަށް މަސައްކަތް ކުރަން ޖެހިއްޖެއެވެ. އަދި ހަމަހުން އެއްފަހަރު ނަމަވެސް ތިލަފުއްޓަށް ކުނި ގެންދެވޭނޭ އިންތިޒާމެއް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހަމަ ޖައްސަންޖެހެއެވެ. މިކަމަކީ މީގެ ކުރިން އެންވައިރުމެންޓު މިނިސްޓްރީން ވެސް ރާވާފައިވާ ކަމެކެވެ. ނަމަވެސް މިކަން ނުކުރެވިފައިވަނީ ރަށުގެ ވެރިން މިކަމުގާ ފަރުވާ ކުޑަކޮށްލާފައިވާތީ ކަން ފާހަގަ ކޮށްލަމެވެ.
އަޅުގަނޑު މެނަށް ލިބިފައިވާ ރީތި މޫދާ ފަރުތަކާ އަތިރިމަތި ކުނިން ސަލާމަތް ކޮށް ރީތި ފެހި ރަށަކަށް ހައްދަވާ ދެއްވާނެ ކަމަށް އުންމީދު ކުރަމެވެ. އަދި މިކަމުގާ އަޅުގަނޑަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް ތިޔަ ކައުންސިލަށް ދެއްވާނެ ކަމުގެ ޔަގީން ކަން އަރުވަމެވެ..
ނުނިމޭ -
varah obi
ReplyDeleteThoddoo kaunsilarunnah thihen fonuvaalaa sity akun ahkamehvs nuvaane. Thoddoo tharahgeeve reethi rashakah nuvany Thoddoo meahunge moyakamaa heyluntherikameh nehkamun. Kithanmehaa laari bileh vihkaigen libunas , libey laari thakah vaa ahgothehvs neange. Reethigeyeh fennnany madhu magakun. Nukerey faarehga kulakolheh haakailaakahvs. Kithanmehaa laariyeh libunas rashutherein akameh nufeney. fennany veeraanaakamaa hanafaskan. Alhugandaky vs thoddo ah ufan thoddoo dhariah. Male' ga hurefa rashah annany aharaku 1 fahar noony 2 faharu. kithahmehaa dhuvaheh kohfa rashah annairuvs rahonnany onnagothah. Ahvs varakah tharahgee ahnuvey.
ReplyDeletevarah fake websitehhen heevany. Contact bar ga neh gulhaalaane nambareh hisaabuvs
ReplyDeletejagey u r very clever
ReplyDeletethoddoo council ge request akah alhugan'du vaanee mihaar Solid waste management project proposal eh thayyaru kodheefa.. varah avahah eyge funding libey tho council ge raees dhuvaane.. meega hama ekani capital fundin thanakun libunas project sustain kureveynee rayyithun athun kommes ageh nagaigen.. heekuran huri haa rayyithun ves ebbaarulun dheyne kamah
ReplyDelete