Tuesday, November 29, 2011

ޢީދުކުޅިވަރުގެ ތެރެއިން --- ތާރަ



އިންޑިޔާ ގެ އަތިރިމައްޗަކަށް ދިޔައީމެވެ. ވަގުތަކީ އެންމެން މަޝްޢޫލުވެ ތިބި ވަގުތެކެވެ. މަސްވެރިން ކަނޑު އޮތްގޮތަށް އަތިރި މައްޗަށް ކަހާލިއެވެ. ކަޅުބިލަމަހާ ލައްޓި ރާގޮނޑި އެކަންޏެއްނޫނެވެ. ކަކުންޏާ، މޫދުގަ އުޅޭނަމަ ކުރައްޕާ ނަގުލަންދާށި ފަދަ ތަކެއްޗެވެ. މަޑި އާ ވެނެވެ. އެންމެ ޑިމާންޑު ބޮޑީ މަޑި މަހަށެވެ. އަޅުގަނޑު ހިތަށް އެރީ އަނެއްކާ ތާރަ ނުވަތަ ބެރު އަޅަންބާއެވެ. އެހެނަކުން ނޫނެވެ، ގިނަ މީހުންގެ ބަހުން އެނގުނު ގޮތުގައި އެންމެ މީރު މަހަކީ މަޑި މަހެވެ.
    މިހާ މީރު މަހެއް ތޮއްޑޫ މިހުން ނުކަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ތޮއްޑޫ މީހުން މަޑި ބޭނުންކުރަނީ ހަމައެކަނި ތާރަ ނުވަތަ ބެރު އަޅަންދޯ އެވެ؟ ކޮންމެ އަކަސް ޒަމާނުއްސުރެ ރަށުމީހުން މަޑި ހިފަންދަނީ ބެރު އެޅުމަށްޓަކާ މަޑީގެ ހަންގަނޑުގެ ބޭނުމުގައެވެ. ޢީދަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރާ ކަމަކީ މަޑި ހިފުމެވެ. އަދި މަޑީގެ ހަންގަނޑު ނަގާ ތާރަ އެޅުމެވެ. ތާރަ ޖެހުމަކީ ވަރަށް ފޯރިގަދަ ކުޅިވަރެކެވެ. ތާރަ އަކީ ދިވެހިންގެ އަމިއްލަ ކުޅިވަރެކެވެ. ތާރަ އަކީ ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. ތާރަ ޖަހާ އިރު ބޮލުގައި އަޅާ ތޮފި (ބޮލުރުމާ) އަޅުގަނޑަށް އެންމެ ވައްތަރީ ސިފައިން ނުވަތަ ޕޮލިހުން ބޭނުންކުރާ ތޮއްޕަކާއެވެ. ނަމަވެސް އެ ތޮފި ހަދަނީ އަމިއްލައަށް ކަން އެނގުމުން ހައިރާންވިއެވެ. އެކަމަށް ބޭނުންކުރަނީ ކޮން ކަހަލަ މެޝިނެއްތޯ ސުވާލު އުފެދުނެވެ. ތޮފިހެދުމަށް ބޭނުން ކުރަނީ ކޮންކަހަލަ މެޓީރިއަލްސް އެއްތޯ ބަލާ ހިތްވިއެވެ. އެއީ މުންޑު ފޮތިން، ހަނޑޫ ކައްކައިގެން ހަދާ ކުލައަކުން ކުލަ ޖައްސައިގެން ބޮނބި ގަނޑެއްގެ އެހީގައި ބައްޓަންގެނުވާ އެއްޗެކޭ ދުވަސްވީ މީހަކު ބުނުމުން އަންތަރީސް ވިއެވެ. ކޮންމެ އަކަސް ބުރަ މަސައްކަތަކުން ކުޅެމުން އައި މި ރީތި ކުޅިވަރުގެ އަލި މިހާރު ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ.
ޒަމާން ބަދަލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ތަކެއް އައިސްފައިވީނަމަވެސް އަދާ ހަމައަށް މާޒީގެ ތެރެއަށް ނުގޮސް އޮތް ކުޅިވަރަކީ ތާރަ ޖެހުމެވެ. ބުރައިޓު ކުލަބުގެ ހަރު މީހުން ވަނީ އެމީހުންގެ މި ރީތި ކުޅިވަރު އަވަށުގެ ޒުވާން ކުދިންނަށް ދަސްކޮށްދީފައެވެ. މިއަހަރުގެ ބޮޑު ޢީދު ގައި ތޮއްޑޫ އިން ފެނުނު އެންމެ ރީތި ކުޅިވަރަކީ ވެސް ތާރަ ޖެހުމޭ ދެންނެވިދާނެއެވެ. "މޮޑަނައިޒޭޝަން" ގެ ކިލަނބުކަން ނުޖައްސާ ޢީދު ގައި ކުޅުނު ހަމަ އެކަނި ކުޅިވަރަކީވެސް ތާރަ ޖެހުމެވެ. ތާރަ ޖެހުމުގައި ކިޔަމުން ދިޔަ ލަވަ ތަކަކީ މަންމަޔާ އެކު ނުވަތަ އާއިލާ އެކު އަހާލަން ފަސޭހަ ގައުމީ ލަވަތަކެވެ. ގައުމީ ރޫހު އާލާ ކޮށްދޭ ލަވަތަކެވެ. ދީނީ މަދަހަ ތަކާ ޡަނާ ތަކުން އަމުނާލެވިފައިވާ ލޭކައްކުވާލާ ފަދަ ފަރިހިތަކެވެ. ތުއްތު ކުދިން ތާރައިގެ ރީތި ޔުނީފޯމްގައި ގުރުޒު ހިފައިގެން ތިރި ކޮށްލި މަންޒަރެވެ. ކުޑަކުދިން އެކުދިންގެ ބައްޕަ ނުވަތަ ބޭބެ މެންގެ ކަރުގައި މާފަތި އެޅުވި އުފާވެރި މަންޒަރެވެ. މުސްލިމުންގެ އުފާވެރި ޢީދު އިތުރަށް އުފާ ކޮށްދިނީތީވެ ޝުކުރުވެރިވުމުގެ ގޮތުންނެވެ. ޢީދުގެ އުފަލުގައި ތޮއްޑޫގައި ބޭއްވި ގިނަގުނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރިހަމަ ރީތި ކުޅިވަރަކީ ތާރަ ޖެހުން ކަމުގައި ދެންނެވިދާނެއެވެ..

ads

ދާއިރާ:

3 comments:

  1. މިފަހަރު އީދުގައި ޖެހި ތާރައިގެ ވީޑިއޯއެއް ލިބޭނެ ގޮތެއް އޮތިއްޔާ އެފް.ބީ ތޮއްޑޫ ގްރޫޕްގަ ޕޯސްޓް ކޮށްލަދެވިދާނެތަ؟ ރާއްޖޭން ބޭރުގަ ހުރީމަ ބަލާލާނެ ފުރުސަތެއް ނުލިބުން. އެކަމް ވަރަށް ބަލަހިއްވޭ. ޕްލީޒް ވީޑިއޯ ކޮޅެއް ހޯދަދީބަ

    ReplyDelete
  2. ތޮއްޑޫގެ ދަރިއަކަށްވެހުރެ އަޅުގަނޑު ރަށުގެ މީހުންގެ ހާލަތާމެދު ހިތާމަކުރަން. ރަށުގައި އާލާކޮށް ނުދުރުވިފަ އޮތްކަމަކީ ތާރަ ޖަހާ ބެރު ޖަހާ ނެށުމެއްނޫން. ރަށުމީހުންގެ ދީނީ ކަންތައްތައް މިވަނީ ބޮއްސުންލާފަ. 1800 މީހުންދިރިއުޅޭ ރަށެއްގަ ފަތިސްނަމާދުގަ 1 ސަފު ހަމަނުވޭ. މިއީ ބޮޑުވަރެއް. ﷲ ތޮއްޑޫ މީހުންނަށްވަނީ ރާއްޖޭގެ އެހެން ރަށްރަށު މީހުންނަށްވުރެ ގިނަ ނިޢުމަތް ދެއްވާފަ. ބިލެތުންލިބޭ އާމްދަނީ އިހްސާސްކުރެވޭނީ ބިލެއްތައް ނެތިގެން ދިޔާމަ.ރަށްރަށުގަ މީހުންދިރުއުޅެނީ ހާދަ ހާލެއްގައޭ. ތޮއްޑޫ މީހުންނަކީ އަބަދުވެސް ލާރި ލިބިގެންއުޅޭބައެއް.މިހާރު ވާގޮތަކީ ބޭރުމީހުންލައްވާ މަސައްކަތްކޮށްފަ ރަށުމީހުންއުޅެނީ ލަވަޔާ ތާރަޔާ މިޔުޒިކާ ނެށުމުގަ. ކޮންމެމީހަކީ ޝޭހެއް. ޝޭހު އާދަމް ޝަމީމް ރަށައްގޮސް ދަރުސްއެއްދީފިއްޔާ އޭނަވަރު ނުބައި މީހަކު ނުހުރޭ.އެކަކަށްވެސް ނޭންގެ މި އުޅެވެނީ ކިހިނެއްކަމެއް. މިސައިޓް ހިންގާ ބޭފުޅުންނަށް ގޮވާލަން ނުބައިކަންކަމަށް ހިތްވަރު ނުދެން..

    ReplyDelete
  3. މުސްލިމުންނަށް އުފާ ކުރުން ހައްގު ޢީދުގައި ގޯސްވީ ތާރަ ޖެހީމަދޯ

    ReplyDelete

 
here it is