Tuesday, November 1, 2011

އުތުރު އަވަށުން ކަރަންޓު ކެނޑިއްޖެ


      ތޮއްޑޫގެ އުތުރު އަވަށަށް ކަރަންޓުގެ ޙިދުމަތް ދެމުންގެންދާ ބްރައިޓްޕަވަރ ހައުސް އިން ކަރަންޓުދިނުން ވަގުތީގޮތުން މެދުކެނޑިއްޖެއެވެ. އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ،މިއަދު މި މައްސަލަ ދިމާވެފައިވަނީ، ބްރައިޓް ޕަވަރ ހައުސް ގައި  ހުރި ޖަނަރޭޓަރ ތަކަށް އަޅާނެ ތެޔޮ ނެތުމުގެ ސަބަބުންނެވެ.

 " މިކަމަކީ ފަރުވާކުޑަކަމުގެ އިންތިހާ، މުސާރަ ދީފަ 4 މުވައްޒަފުން އިންޖީނުގޭގަ ތިބޭ، މީ މިހާރު މިއާ ނުލާ ނޫޅެވޭނެ އެއްޗެއް." ބްރައިޓް ކުލަބުގެ ޒުވާނަކު ކިޔައިދިނެވެ! އަދި މިގޮތަށް މިކަން ވަމުން އަންނަތާ 6 މަސްދުވަސް ވެއްޖެކަމަށާއި، ވޭތުވެ ދިޔަ ދުވަސް ތަކުގައި ތެޔޮ ހުސްވުމުން ތެޔޮ ހޯދަނީ ތޮއްޑޫ ދެކުނު އަވަށު (ސޯސަން ކުލަބު) ގެ ކަރަންޓުގެ ޙިދުމަތް ދޭ "ސޯސަން ލައިޓު" ން ކަމަށްވެސް މަޢުލޫމާތުތައް ލިބެއެވެ. ނަމަވެސް މިމަހު ސޯސަން ލައިޓް ގެ ސްޓޮކް ގައި އިތުރުފަރާތަކަށް ދެވޭވަރަށް ތެޔޮ ނެތުމުގެ ސަބަބުން މިއަދު މެންދުރު "ބްރައިޓް ޕަވަރ ހައުސް"ގައި ހިންގާފައި ހުރި އިންޖީނުތަކަށް އަޅާނެ  ތެޔޮ ހުސްވެ އެއިންޖީނުތައް ނިވުނުކަމަށް މަޢުލޫމާތު ލިބެއެވެ.

       "މިކަމުން ހާމަވަމުން މިދަނީ، އަހަރެމެން ފަދަ ކުދި ކުލަބު ޖަމްޢިއްޔާތަކަށް މިފަދަ ބޮޑުކަމެއް ނުކުރެވޭނޭކަމެވެ.ވީމާ ދެންވެސް ސްޓެލްކޯ އާ ކަރަންޓު ހަވާލުކުރުމަށް ތޮއްޑޫގެ ހުރިހާ ރައްޔިތުންނަށް ގޮވާލަމެވެ! އަދި އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިފައި ވާގޮތުގައި މި ދުވަސްކޮޅަކީ، ސޯސަން ލައިޓްގެ ފަރާތުން ދެމުންގެންދާ ކަރަންޓުގެ ޙިދުމަތް ސްޓެލްކޯ އަށް ބަދަލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދުވަސްކޮޅެވެ. ނަމަވެސް އަދިވެސް ބްރައިޓް ކްލަބުން ގެންދަނީ ދެކޮޅުހަދަމުންނެވެ." ރަށުގެ އިސްވެރިޔަކު ވިދާޅުވިއެވެ!

ads

ދާއިރާ:

2 comments:

  1. eki dhaairaathakun mashoor kan hoadhaafaivaa thoddooge dharinnaa behey report thakeh genesdheebala.

    thoddooge dhanduverikamuge ehaaraa mihaaru ves genesdheebala

    ReplyDelete
  2. Em not challenging this. but we got a golden optunity eary too. which has been rejected by Moosa Khaleel(thoddoo sosun club ge evaguthu raees). and he has given lots of meaningless reasons n live interviews regarding that. btw it i was very much felt shy that day been in thoddoo guy, even though still we proud to be thoddooien. that time sosun club against of it n bright club agreed. so this time same thing going on friends. this is the pathetic thing going on in thoddoo. so first of all we must obsolete these two club n make one jamiyya, so that we can do something at least for thoddoo progress. so will c dhw. good luck to all ppl to thodd..,, jagey . .

    ReplyDelete

 
here it is