Wednesday, November 16, 2011

ހުޅުވާލެވިފައިވާ ސިޓީއެއް ތޮއްޑޫ ރަށުކައުންސިލަށް ( 02 )




ތޮއްޑޫ  ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު އިބުރާހިމަށް.
  ވެދުންސަލާމަށްފަހު ދަންނަވަމެވެ.
  ރަށުކައުންސިލް އުފެދުމަށްފަހު ތިޔަ ފަރާތުން ރަށުގެ ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށް ރަށުގެ ތަރައްޤީގާ ބައިވެރިވުމަށް އެދުނު އެދުމާ ގުޅިގެން އަޅުގަނޑު ދެކޭ ގޮތުގައި ތޮއްޑޫ އަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ކަންކަން ހުރީތީ އެ ކަންކަން ތިޔަ ފަރާތާ ހިއްސާ ކޮށްލުމުގެ މަގުޞަދު ގާ މި ސިޓީ ފޮނުވަމެވެ. އެގޮތުން ތޮއްޑޫ ގައި މިއަދު ހައްލު ކުރަން ކޮންމެހެންޖެހިފައިވާ ބައެއް މައްސަލަ ތަކާ އަދި ރަށުގެ ތަރައްޤީ އަށް ކުރަންޖެހިފައިވާ މުހިންމު ކަންކަމަށް އަލި އަޅުވާލާނަމެވެ. މިއަދު ތޮއްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ

ނަރުދަމާގެ ނިޒާމު
   މިކަމަކީ ތިޔަ ކައުންސިލަށް އަމިއްލަ އަށް ކުރެވިދާނެ ކަމެއްކަމުގާ އަޅުގަނޑުވެސް ގަބޫލުކުރާ ކަމެއްނޫނެވެ. ނަމަވެސް މިކަމަކީ އަދުގެ ސަރުކާރުން ތޮއްޑޫގެ ރައްޔިތުންނަށް ވެފައިވާ ވަޢުދަކަށް ވާއިރު މިކަން އަވަސްކުރެވޭތޯ ތިޔަ ކައުންސިލަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެދެމެވެ. އަދި ކައުންސިލްގެ ރައީސް ރަށުގެ ތަރައްޤީ އަށް ކުރަންޖެހޭ ހުރިހާ ކަމެއްގާ ގިނަގުން މަސައްކަތް ތަކެއް ކުރައްވާނެ ކަން އަޅުގަނޑު ޔަޤީންކުރަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖޭގެ ގިނަރަށްރަށްދަނީ ފެންލޮނުވެ / ތަޣައްޔަރުވެ ވަމުންނެވެ. ނަރުދަމާގެ ނިޒާމެއް ޤާއިމު ވެފައި ނެތްތާ އެތައްޒަމާނެއް ވުމުގެ ސަބަބުންނެވެ. އަދި ގިނަ ރަށް ރަށުގާ މޫދަށް ނަޖިސް ބޭރުކުރުމުގެ ސަބަބުން ރަށުގެ މޫދު ވެސް ތަޣައްޔަރުވެފައިވާ އެތައްރަށެއްވެއެވެ. ފެންލޮނުވުމުން ނުވަތަ ފެންފަށަލަ ހަލާކުވެ ތަޣައްޔަރުވުމުން ފެންޕުލާންޓެއް ބެހެއްޓިދާނެއެވެ. ނަމަވެސް މިފަދަ ހާލަތަކަށް ނުދަނިސް ތޮއްޑޫގައި ފެންވަރު ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމު ކޮށް ރަށުގެ ފެންފަށަލަ ވެސް ހިމާޔަތް ކުރަންޖެހޭ އެތައް ސަބަބު ތަކެއް ވެއެވެ.
އެއިގެތެރޭގައި:
ތޮއްޑޫ އަކީ މުޅި ރާއްޖޭގާ އޮތް އެންމެ ގިނަ އަދަދަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ހައްދާ ބޭރު ކުރާ ރަށަށް ވީތީ އެވެ.
ދަނޑުވެރިކަމަކީ ފެން ލޮނުވެއްޖެ ނަމަ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.
ތޮއްޑޫ އަކީ ދަނޑުވެރިކަމަށް ބަރޯސާ ވެފައިވާ ބަޔަކު ދިރިއުޅޭ ރަށަކަށްވާތީއެވެ.

 މިފަދަ އެތައް މުހިންމު ސަބަބު ތަކެއް ވާތީ ތޮއްޑޫގައި ހަދާ ނަރުދަމާގެ ނިޒާމަކީ ނަޖިހާ ފެން ވަކިކުރެވި ދެވަނަ ފަހަރަށް ދަނޑުވެރިކަމުގާ އެފެން ބޭނުން ކުރެވޭ ފަދަ ނިޒާމަކަށް ވުން ވަރަށް މުހިންމެވެ. އަދި މިކަންކަމަށް ތިޔަ ކައުންސިލުން ވިސްނުން ގެންގުޅޭނޭ ކަމަށް އުންމީދު ކުރަމެވެ.

ads

ދާއިރާ:

1 comment:

 
here it is