Friday, November 4, 2011

ބޯކޮށުން - ތޮއްޑޫ މީހުނަށް އާކަމެއް


      އުމުރުން ދުވަސްވީ މީހަކު ކިޔާ ދިނެވެ. ތިމަންނަގެ ޒުވާންދުވަސްވަރު ހޭދަ ކޮށްލީ މަަސްވެރިކަމުގައެވެ. ދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސަވަރެވެ. މަސްވެރިކަމުގާ އުޅޭ އިރު ވަރަށް ގިނައިން އުލިގަމުގާ މަޑުކުރެއެވެ.


 ދިވެހިރާއްޖެ އަކީ އޭރު އޮންނަ ގައުމެއްކަންވެސް އިނގިރޭސިން ނޫން މާގިނަ ބަޔަކަށް އޭރަކު ނޭންގެއެވެ. އިނގިރޭސި ސިފައިން އެދުވަސްވަރު އުލިގަމުގައި ތިއްބެވެ. އަދި އެމީހުންގެ ފެނަށްޖައްސާ ބޯޓްތައްވެސް އުދަރެސް ބައްދާލާފަ ރޭރު ބަޔެއްހެން އައިސް އުލިގަމަށް ތިރިކުރެއެވެ.  އެއީ ދިވެހިން ހައިރާންކުރިވި ކަމެކެވެ.  އަދި އެބޯޓްތައް އުލިގަމުން ފުރައިގެން އައްޑުއަށް ދިޔުމަށްޓަކާ ރާއްޖެ މަތިން އުދުހެއެވެ. އިނގިރޭސި ސިފައިން ފެނުމުން އެންމެ ހައިރާންވި ކަމަކީ އެމީހުންގެ ބޮލުގެ އިސްތަށިގަނޑު ކޮށާފައިވާލެއް ރީތި ކަމުންނެވެ. އަދި އެއްވަރު ކަމުންނެވެ. ދިވެހިންގެ ބަޔަކު އޭރު ބޯކޮށައިގެން އުޅޭ ތަނެއް ނުފެނެއެވެ. ބޭބެ އިތުރަށް ކިޔާދިންގޮތުގައި ތޮއްޑޫ މީހުންވެސް އޭރު ބޯ ދިގުވީމާ ބޯ ބާލާނީއެވެ. މިކަން ކުރާނީ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހެއް އަތުވެއްޖެނަމަ ގަސްގަސް ދަށުގައި މީހުންތައް ބޯބޭލުމަށްޓަކާ ޖަމާވެއެވެ. ބައެއްމީހުން ވަރަށް ތުނިކޮށް މިހާރުގެ ގޮތަށް ކިޔާނަމަ "ޒީރޯ ކަޓު" ޖަހައެވެ. އަދި އަނެއްކާވެސް އިސްތަށިގަނޑު އުނދަގޫ ވާވަވަރަށް ދިގު ވަނދެން އެގޮތަށް ބަހައްޓައެވެ.


     ކޮންމެ އަކަސް އިނގިރޭސި ސިފައިން ފެނުމުން އެންމެ ހައިރާންވި ކަމަކީ އެމީހުން ބޯކޮށާފައިވާގޮތެވެ. އެއްވަރުކަމުންނެވެ. މެދުމިންވަރެވެ. ފަހަތް ތުނި ކޮށްލާފައިވާ ގޮތެވެ. މިކަންކަން ފެނުމުން އުލިގަމުގެ ބައެއް މީހުންވެސް އެގޮތަށް ބޯކޮށޭތޯ ބެލިއެވެ. އަދި ތޮއްޑޫ އިން މަހަށް ނުކުމެ އުޅުނު ދޯނީގެ ބަޔަކު ވެސް މިގޮތަށް ބޯކޮށަން ދަސްކޮށް އިންގިރޭސި ސިފައިންނޭ އެއްގޮތަށް އެންމެންގެ ބޯ ކޮށާލިއެވެ. ހަމަ މިދުވަސްވަރު އިނގިރޭސި ސިފައިންގެ ބޯޓެއް ރާއްޖެ އަށް ވެއްޓި ސިފައިންގެ ބަޔަކު މަރުވި ކަމުގާ ބޭބެ ކިޔާދިނެވެ. އެމީހުންގެ ހަށިތައް ފެނުނު ދިވެހިންވެސް އެންމެ ހައިރާންކުރުވި ކަމަކީ އެމީހުންގެ އިސްތަށިގަނޑެވެ.

    ރީއްޗަށް ބޯ ކޮށުމުގެ އުފާ ހާސިލްވުމުން އެންމެ ފުރަތަމަ ވެސް މަހަށް ނުކުމެ އުޅުނު މީހުން އެނބުރި ރަށަށް (ތޮއްޑޫ) މިސްރާބު ޖެހިއެވެ. އޮޑީގެ މީހުން ރަށަށް އައުމުން ތޮއްޑޫގެ ރައްޔިތުން އެކަމާ އަޖައިބުވެ އަންތަރީސް ވިއެވެ. އެންމެންތިބީ މެދުމިނަކަށް އެއްވަރަށް ބޯކޮށާލައި ފަސްޖަހައިލަގެންނެވެ. މިމަންޒަރުފެނިފާ އެވަގުތު މަހަށް ނުކުމެ ތޮއްޑޫގާ ތިބި ރަސްދޫ ބަޔަކު އެމީހުންގާތުން އެގޮތަށް ބޯކޮށައިގެން ރަށަށް ދިޔަމަކަށް ވެއެވެ. މިއީ ތޮއްޑޫގެ މީހުން އަދި އަތޮޅުގެ އެންމެންނަށް އާކަމަކަށްވިއެވެ..

ads

ދާއިރާ:

1 comment:

  1. މީތި ސަޅިއޭ. މި މޮޅު ލިޔުންތެރިޔާގެ ނަން ޖަހާލި ނަމަ

    ReplyDelete

 
here it is