Monday, June 11, 2012

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ލޯފުޅުގެ ފަރުވާ ނުހޯއްދެވުން

ޢަބްދުﷲބްނި ޢައްބާސުގެފާނުންގެ ލޯފުޅުގައި ފެންއުފެދި އަނދިރިވުމުން އެކަލޭގެފާންގެ ލޯފުޅަށް ބޭސް ފަރުވާކުރުމަށް ޓަކައި ޠަބީބަކު (ޑޮކްޓަރަކު) ވަޑައިގެން ލޮލުގެ ސާޖަރީ ހެދުމަށްފަހުގައި ފަސްދުވަސްވާދެން ނަމާދުގައި ސަޖިދަ ބިންމަތީގައި ޖަހައިގެން ނުވާނެކަމަށް ބުނުއްވިއެވެ. 

     ސަޖިދަކުރަން ވާނީ އުސް ލަކުޑިކަޑެއްބާއްވައިގެން އެލަކުޑިގަޑުމަތީގައި ކަމަށްދެންނެވުނެވެ.  އެކަލޭގެފާނުން ދެންނެވިއެވެ ﷲގަންދީބުނަމެވެ. އެއްގޮތަކަށްވެސް ތިޔަހެނެއް ނުވާނެއެވެ. އެއްމެ ރަކުޢަތެއްވެސް ތިގޮތަކަށް ކުރާކަށެއް  އަހުރެންނެއް އެއްބަހެއް ނުވާނަމެވެ. ނަމާދާ ބެހޭގޮތުން މާތް ނަބިއްޔާގެ އަގުމާތްވި އިރުޝާދު އަހަންނަށް އެގެއެވެ. އެކަލޭގެފާނުން ޙަދީޘުފުޅު ކުރެއްވިއެވެ. އެންމެ ނަމާދެއް ޤަޞްދުގައި އަޅާފިމީހަކާ ﷲސުބްޙާނަހޫ ބައްދަލުވާނީ ﷲއެމީހަކަށް ކޯފާވެވިޑިގެންވާ ޙާލުގައެވެ. 
 
    އާދެ! އެގޮތަށް މަޖުބޫރުޙާލަތުގައި ނަމާދު ކުރުމަކީ ދީނުގައި ހުއްދަކަމެކެވެ. މިމަސްއަލަ ނަމާދު ދޫކުރުމަކާ އެއްވެސް ގުޅުމެއްނެތެވެ. އެހެން ނަމަވެސް އެ މިތުރު އަޞްޙާބުން އެމާތްޞާހިބާގެ އިރުޝާދުފުޅުތަކަށް ޓަކައި ޤުރުބާންވުމުގެ ޝައުޤުވެރިކަމުގެ ބޮޑުކަމުންނާ ނަމާދާ ނަމާދުގެ ޙާޤީޤަތަކީ ކޮބައިކަން އެގިވަޑަގަންނަވާ ފުރިހަމަކަމުން އެއްމެރަކުޢަތަކަށްޓަކައި ދުނިޔެ ޤުރުބާން ކޮށްލުމަކީ އެބޭކަލުންނަށް އެއްވެސް ކަމެއްނޫނެވެ.

 އެހެންކަމުން ޢަބްދުﷲބްނި ޢައްބާސު ރަޟިޔަﷲ ޢަންހު އަށް ވެސް ނަމާދާ އަޅާކިޔާލާ އިރު ލޮލަކީ މާ މުހިއްމު އެއްޗަކަށް ނުވީއެވެ. ލޯޤުރުބާންކޮށްލައިގެންވެސް ނަމާދު ފުރިހަމަގޮތުގައި ލިބިގަތުން މުހިއްމުވީއެވެ. މިއަދު އަޅުގަޑުމެންގެ ލަދު ޙަޔާކުޑަކަމުން އެބޭކަލުންނާ ބެހޭގޮތުން ދައްކަންނުޖެހޭ ވާހަކަތައް ދައްކަމުން އެބޭކަލުން ކުރައްވާފައިވާ ކަންތަކަށް ފުރައްސާރައިގެ ބަސްތައް ބުނަމުން މަލާމާތް ކުރަމުންދާއިރު ހިތަކަށް އެކައްޗެއް ވެސް ނައަރައެވެ. 

 މާދަމާ މަޙުޝަރު މައިދާނުގައި އެބޭކަލުން ޙަޤީޤީ ޢިއްޒަތާ ޝަރަފާ އެކުގައި ވާއިރު އެބޭކަލުންގެ ކުރިފުޅުމަތީގައި ނިކަމެތިކަމުގެ އިންތިހާއަށް ނިކަމެތިވެފައި ތިބޭއިރު ހިތަކަށް އެކައްޗެއްވެސް ނާރާނެތޯއެވެ. އެމައިދާނުގައި ހެއްދެވި ހުރިހާ ޚަލްޤުތަކުންގެ ކުރިމަތީގައި ބޭޒާރުވެ ފަޟީޙަތް ވުމާ މިޙަޔާތުގައި ޖަމާޢަތެއްގެ ކުރިމަތީގައި ކުރެވޭކުށްތަކަށް އިޢުތިރާފުވުމުން ވާބޭޒާރާ، ތިމަންނަޔަށް ބުނެވޭ، ކުރެވޭ، އަދި ލިޔެވޭ ކުށްތައް އިޞްލާހު ކުރުމުން ތިމަންނަ ވާދެރައާ ވެވޭ ފަޟީޙަތާ އެއްވަރުވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.

 ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ

ads

ދާއިރާ:

0 comments:

Post a Comment

 
here it is