މާތްﷲ ރުއްސުން ލެއްވި ޚައްބާބު ބިނިލް އަރައްތަކީ އަމިއްލަ ނަފުސު ފުޅު ގަދަފަދަވެގެންވި އިމްތިޙާނަށް ޓަކައި ހުށަހެޅުއްވި މަތިވެރި ޝަޚުޝިއްޔައްތަކުތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އިލާހީ މަގުގައި ބޮޑެތިވެގެންވާ މުޞީބާތްތައް ތަޙައްމުލް ކުރެއްވި ބޭފުޅެކެވެ.
ކުރީކޮޅު ފަސް ހަވަނައަށް ފަހު އިސްލާމްވެ ވަޑައިގަތެވެ.އެހެން ވުމުން ދިގުމުއްދަތެއްވާދެން ތަކުލީފު އުފުއްލަވަން ޖެހިވަޑައިގަތް ބޭފުޅުންގެ ތެރޭގައިހިމެނިވަޑައިގަންނަވައެވެ. ދަގަޑު ދަހަނާ އަޅުވާފައި އަވީގައި ބާއްވަވައެވެ. އޭގެ ސަބަބުން ދަލުގެ މަށްޗަށް ދާއޮހެރި ދާހެލީން ތައްތެޅެމުންދިޔައެވެ. ގިނަފަހަރު ސީދާ ގަދައަވީން ހޫނުވެ ދޮންވެފައިވާ ހިލަވެލި މަތީގައި ބާތްވަވައެވެ. އޭގެ ސަބަބުން އުނަގަޑުގެ މަސްތައް ވިރިގެން ފައިބައެވެ.
މިކަލޭގެފާނަކީ ކޮންމެވެސް އަންހެނެއްގެ ޣުލާމެކެވެ. މާތް ޞާޙިބާގެ ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނުންގެ އަރިޔަހަށް ވަޑައިގެން މާތްވެގެންވާ އިސްލާމްދީން ޤަބޫލުފުޅު ކުރެއްވީއެވެ. އިސްލާމްވެ ވަޑައިގަތްކަމުގެ ޢުޤޫބާތެއްގެ ގޮތުން އެކަލޭގެފާނުންގެ އިސްތަށިފުޅުގައި ދޮންދަގަޑު އަޅައި ހެދިއެވެ.
ޢުމަރުބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޚިލާފަތުގެ ދުވަސްވަރު އެއްފަހަރެއްގައި ޢުމަރު ރަޟިޔަﷲ ޢަންހު ޚައްބާބުގެފާނުންގެ އަރިއަހުގައި އެކަލޭގެފާނަށް ލިބިވަޑައިގަތް އުދަގޫތަކާ ދުއްތުރާ ތަކުގެ ތަފުޞީލު އެއްސެވިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ތިމެންކަލޭގެފާނުންގެ އުނަގަޑު ބައްލަވާށެވެ. ދެން އެކަލޭގެފާނުންގެ އުނަގަޑު ޢުމަރު ރަޟިޔަﷲ ޢަންހުއަށް ދެއްކެވިއެވެ. ޢުމަރު އެކަލޭގެފާނުންގެ އުނަގަޑު ބައްލަވާފައި ދުވަހަކުވެސް މިކަހަލަ އުނަގަޑެއް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ. ޚައްބާބުވިދާޅުވި ތިމެންކަލޭގެފާނުން އަލިފާން އަގުރުމަތީ ބާއްވަގެން ދެކޮޅަށް ދަމާ ހެދިއެވެ. ތިމެންކަލޭގެފާނުންގެ އުނަގަޑުގެ ސަރުބިއާ ލެއިން އެ އަލިފާންތައް ނިވުނެވެ.
މިޙާލަތުގައިވެސް އިސްލާމްދީން ތަރައްޤީވެ ފުތޫޙާތްތަކުގެ ދޮރުތައް ހުޅުވިގެންދިއުމުން ދުނިޔެމަތީ އެކަލޭގެފާނުންގެ މިތަޙައްމުލް ކުރެއްވި ބުރަތަކުގެ ބަދަލު ދުނިޔެމަތީން ލިބިވަޑައި ގަންނަވަނީ ކަމަށް ހީފުޅު ކުރައްވައި ކީރިތިކުރައްވައި ހައްދަވައެވެ.އެކަލޭގެ ފާނުންވިދާޅުވިއެވެ. އެއްފަހަރަކު މާތް ޞާޙިބާ ވަރަށް ދިގު ނަމާދެއް ކުރެއްވިއެވެ. ނަމާދުގެ ދިގުކަމާހުރެ އަޞްޙާބުބޭކަލުން ސުވާލުކުރެއްވުމުންޙަދީޘުފުޅު ކުރެއްވިއެވެ.މިނަމާދަކީ އެދުމާއި ބިރުވެރިކަމުގެ ނަމާދެކެވެ. މިނަމާދުގައި ތިމެންކަލޭގެފާނުން ތިންދުޢާއެއްކުރެއްވީމެވެ.
އޭގެތެރެއިން ދެދުޢާއެއް ޤަބޫލުފުޅު ކުރެއްވިއެވެ. އެއްދުޢާ ޤަބޫލެއް ނުކުރެއްވުނެވެ. އެއްދުޢާއަކީ ތިމެންކަލޭގެފާނުންގެ އުންމަތް ތަދުމަޑުކަމުގެސަބަބުން ހަލާކުވެ ނެތި ނުކުރެއްވުމަށެވެ. މިދުޢާޤަބޫލުފުޅުކުރެއްވުނެވެ. ދެވަނަ ދުޢާއަކީ މުޅިއުންމަތް އެކީއެކަށް ނެތިކޮށްލަނިވި ޢަދާވާތް ތެރިޔަކު އުންމަތަށް މިސައްލަޠު ނުކުރެއްވުމެވެ. މިދުޢާވެސް ޤަބޫލު ފުޅުކުރެއްވުނެވެ. ތިންވަނަ ދުޢާއަކީ އުންތަތުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވެ ތަޅާފޮޅާނުހެދުމެވެ. މިދުޢާރައްދުކުރެއްވުނެވެ. ޚައްބާބ ރަޟިޔަﷲ ޢަންހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ހިޖުރައިން 37 ވަނައަހަރުގައެވެ.
މިތުރުއަޞްޙާބުންގެ ތެރެއިން ކޫފާގައި އެއްމެ ފުރަތަމަ ފަސްދާނު ލެވުނީ ޚައްބާބުގެ ފާނެވެ. އެކަލޭގެފާނުން އަވަހާރަވުމަށްފަހު ޢަލީ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުންގެ މަޤުބަރާ ކައިރިޔަށްވަޑައިގެން ވިދާޅުވިއެވެ. ﷲސުބްޙާނަހޫވަތަޢާލާ ޚައްބާބުގެފާނަށް ރަޙުމަތްލައްވާދޭވެ. އެކަލޭގެފާނަކީ އަމިއްލަފުޅަށް އިސްލާމްވެވަޑައިގަތްބޭފުޅެކެވެ. އުފަލާއެކު ހިޖުރަކުރެއްވިއެވެ.
ދިރިއުޅުން ޖިހާދުކުރެއްވުމުގައި ހޭދަކުރެއްވިއެވެ. ބޮޑެތި މުޞީއްބާތްތައް ތަޙައްމުލް ކުރެއްވިއެވެ. ޤިޔާމަތްދުވަސް ހަދުމަކުރުމުގައްޔާ ޙިސާބުކިތާބައަށް ތައްޔާރުވުމުގައްޔާ ކިރިޔާ ދެކޮޅުޖެހޭވަރުގެ މަދު އާމްދަނީ ކޮޅަކަށް ޤަނާޢަތްތެރިވެ ރުހި ހުރެގެން ހެއްދެވިފަރާތުގެ ރުއްސެވުން ލިބިގެންފިމީހަކަށްވުރެ ނަޞީބުވެރި ބާއްޖެވެރި މީހަކު ނުހުންނާނެއެވެ.
ފާއިދާ! ޙަޤީޤަތުގައި ހެއްދެވިފަރާތުގެ ރުއްސެވުން ލިބެނިވި ބަޔަކީ ހަމަ އެބައިމީހުންނެވެ. މިހެނީ އެބައިމީހުންގެ ޙަޔާތުގެ ހުރިހާކަމެއް ބިނާވެފައިވަނީ ﷲސުބްޙާނަހޫވަތަޢާލާގެ ރުއްސެވުމާ އެއްގޮތަށެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ

0 comments:
Post a Comment