Saturday, June 30, 2012

ދުނިޔޭގައިވާ ކޮންމެ އެއްޗެއްގެ ރިޒުޤު ވަނީ ﷲގެ ޙަޟްރަތުގައި ލިޔެވިގެންނެވެ.


ޞާލިޙު އަޅަކު ވިދާޅުވިއެވެ.



    " މީގެ ދުވަސްތަކެއް ކުރިން އަހަރެންނަށް ފެނުނު މަންޒަރެކެވެ. އަހަރެން ސަހަރާ ހިސާބެއްގައި ދިރިއުޅެމުން ދަނިކޮށް ކޮންމެ ދުވަހަކު ކުޑަކުޑަ ދޫންޏެއް އައިސް އެތަނުން ވަކި ކަދުރު ރުކަކަށް ތިރިކުރާތަން ފެންނަމުންދިޔައެވެ.



     ކޮންމެ ދުވަހަކު މި ދޫނި ފެންނަން ފެށުމުން އަހަރެން ޙައިރާން ވިއެވެ. އެހެނީ މިދޫންޏަކީ ކަދުރު ރުކުގައި އުޅޭ ދޫންޏަކަށް ނުވާތީއެވެ. 

     އެހެން ކަމުން އަހަރެން ސިއްރުސިއްރުން މިދޫނީގެ ޙަރަކާތް ފެންނަ ހިސާބުގެ އުސް ތަނަކަށް އަރައި ބަލާލީމެވެ. ސުބްޙާނަﷲ!!! އަހަންނަށް ފެނުނީ ލޯފަން ހަރުފައެކެވެ. އެ ދޫނި އައުމުން އެސޮރުގެ އަނގަ ހުޅުވާލައެވެ. އެވަގުތު އެ ދޫނީގެ ތުނބުގައި އޮންނަ މަސްކޮޅު ހަރުފައިގެ އަނގައިގެ ތެރެއަށް ވައްޓާލުމަށްފަހު އެސޮރު ހިނގައިދެއެވެ.

               لاإله إلا الله  - ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗެއްގެ ރިޒުޤު ވަނީ ﷲގެ ޙަޟްރަތުގައި ލިޔެވިގެންނެވެ. އެއެއްޗެއްސަށް އެއިލާހު އިރާދަ ކުރައްވާ ގޮތަކަށް ރިޒުޤު ދެއްވައެވެ.

         ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހުސްޠާހިރުވަންތަކަމާއެވެ. އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!

ads

ދާއިރާ:

0 comments:

Post a Comment

 
here it is