Friday, November 2, 2012

ހުވަޔަކާ ޚިލާފް ވެވިއްޖެނަމަ ހަދާނެގޮތް


ސުވާލު:
ހުވަޔަކާ ޚިލާފް ވެވިއްޖެނަމަ ހަދާނެގޮތް ބުނެދެއްވާށެވެ؟ 10 މިސްކީނުންނަށް ކާންދޭން ޖެހޭނީތޯއެވެ؟ އެހެންވާނަމަ މި މާލެއިން މިސްކީނުން ވަކިކުރެވޭނެ ފަސޭހަގޮތެއްވެސ ބުނެދެއްވާށެވެ. ފައިސާއިން ކައްފާރާ އަދާކުރެވިދާނެތޯއެވެ؟



ޖަވާބު:
 
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އަކީ:
1.    ދިހަ މިސްކީނުންނަށް ކާން ދިނުން (ކޮންމެ މިސްކީނަކަށް އެރަށެއްގައި ޢާދަވެގެން ކައި އުޅޭ ބާވަތަކުން ދޮޅު ކިލޯ)، މިޘާލަކަށް އެރަށެއްގެ އަހްލުވެރިން އާންމުކޮށް ކައި އުޅެނީ ހަނޑޫ ކަމަށް ވަނީ ނަމަ ހަނޑޫ ދިނުން.ހުސްހަނޑޫ ދިނުމުގެ ބަދަލުގައި ކައްކާފައި މިސްކީނުން ބަނޑުފުރެންދެން ކާންދިން ކަމުގައިވީނަމަވެސް ފުދޭނެއެވެ.

2.    ނުވަތަ އަންނައުނު ދިނުން، ކޮންމެ މިސްކީނަކަށް ވެސް ނަމާދު ޞައްޙަވާ ވަރުގެ ހެދުމެއް ދިނުން.

3.    ނޫންނަމަ މުއުމިން އަޅަކު މިނިވަން ކުރުން.

4.    އިސްވެ ބަޔާން ކުރެވުނު ކަންތަކުން ކަމެއް ކުރުމަށް ނުކުޅެދިއްޖެ ކަމަށް ވަނީ ނަމަ ވިދިވިދިގެން ތިން ދުވަހު ރޯދަ ހިފުން. އެއްވެސް ދުވަހެއް މެދު ކެނޑިއްޖެ ނަމަ އަލުން ފަށަން ޖެހޭނެ އެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިސްކީނުންނަށް ކާންދިނުމުގެ ބަދަލުގައި ނުވަތަ އަންނައުނު ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަކުން ކައްފާރާ އަކަށް ނުފުދޭނެ އެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ކާންދިނުމަށް ނުވަތަ ހެދުން (އަންނައުނު) ދިނުމަށެވެ. އެތަކެތީގެ އަގަށްވާ ފައިސާ ދިނުމަކަށް ނޫނެވެ. والله أعلم

 އައްޝައިޙް މުޙައްމަދު އިޔާޟް - 

ads

ދާއިރާ:

0 comments:

Post a Comment

 
here it is