Tuesday, November 6, 2012

އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (އިސްތަށިގަނޑު ދިން އަންހެން ސާހިބާ)

ނަޞާރާއިންގެ ބައިބޯ ލަޝްކަރެއް އުދަރެސް ބައްދާލާފަ މުސޮލިމުން މި ބިމުން ފޮހެލުމަށް ޓަކައި ނިކުތެވެ. އެވަގުތު އަމީރަކަށް ހުންނެވި އަބޫ ޤުދާމަ އައް ޝާމީ ގެފާނުން ހަލުވި ކަމާއެކު މިމްބަރަށް ވަޑައިގެން ވަރަށް އަސަރުން ފުރިގެން ވާ ވަރުގަދަ ޚުތުބާ އެއް ﷲ ގެ މަގުގައި ޖިހާދު ކުރުމާއި ބެހޭ ގޮތުން ދެއްވެވި އެވެ. 


 އެކަލޭގެފާނުން މިސްކިތުން ފައިބައި ވަޑައިގެން އަނދިރި އެކަހެރި މަގަކުން ވަޑައިގެންނަވަނިކޮށް އަންހެނަކު ކުރިމަތިން: “އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ” އޭ ގޮވާލައިފި އެވެ. އަބޫ ޤުދާމާ ޖަވާބެއް ނުދެއްވަވައެވެ. އަނެއްކާވެސް އެ ކަމަނާ ސަލާމް ގޮވާލަމުން “މިއީ ރަނގަޅު މީހުން ހަދަން ވާނެ ގޮތެއް ނޫން” އެވެ ވެސް ބުނެލި އެވެ. އަދި ވިދާޅު ވިއެވެ. މިޔަދު ކަލޭގެފާނުން ޖިހާދު ކުރުމަށް ހިތްވަރު ދެއްވަވާ، ދެއްވި ޚުތުބާ ތިމަން އަޑު އެހީ މެވެ. 

ނަމަވެސް ޖިހާދަށް ތިމަން ގެ އަތުގައި ދެވެން މި ނޫން އެހެން އެއްޗެއް ނެތެވެ. މިހެން ކިޔާ ގަތާފައި ވާ ދިގު އިސްތަށި ގަނޑެއް ދެއްވަމުން: “ފަހަރުގައި އަހުގެ ލަގަނެއްގެ ގޮތުގައި ނަމަވެސް ތި އިސްތަށި ގަނޑު ބޭނުން ކުރެވިދާނެއެވެ. އަދި ﷲ ފަހަރުގައި އަޅުގަނޑަކީވެސް ޖިހާދުގެ މައިދާނަށް ދިޔަ މީހަކު ކަމުގައި ލިޔުއްވަފާނެ ތޯ އެއްޗެކެވެ” މިހެން ބުންޏެވެ.

އަނެއްދުވަހު ހަނގުރާމަޔަށް މުސްލިމުންތައް ނިކުންނަނިކޮށް ކުޑަކުޑަ ފިރިހެން ކުއްޖަކު ދުވެ އައިސް އަބޫ ޤުދާމާގެ އަހުގެ ކުރިމަތީ ހުއްޓި ﷲ އަށް ޓަކައި ލަޝްކަރުގައި ބައިވެރި ކޮށްދިނުމަށް އެދުނެވެ.

ބައެއް ބޮޑެއްޗަށް ތިބި މީހުން ހީލާފަ އަސްތަކުން ކަލޭ ގަޔަށް އަރާ ޗިސް ކޮއްލާނެ އޭ ބުންޏެވެ. ނަމަވެސް އަނެއްކާ ހަމަ އެހެން ތަކުރާރު ކުރުމުން އަބޫ ޤުދާމާ އެ ކުއްޖާގެ ލޮލަށް ބަލައިލި އެވެ. އަދި ބުންޏެވެ. :” ޝަރުތެއްގެ މަތިން. އެއީ ޝަހީދުވެއްޖެ ނަމަ ކޮއިފުޅާ އެކީ ސުވަރުގެދާން ކޮއިފުޅުގެ ޝަފާޢަތް ތެރިން ގެ ތެރޭގައި ތިމަން ލައިދޭމަތިން”

އެ ކުޑަކުއްޖާ ހީލާފައި ހުވާކޮށް ކަށަވަރު ކޮށްދިނެވެ.

ހަނގުރާމައިގެ 2 ލަޝްކަރު ބައްދަލު ވި ހިނދު އަބޫ ޤުދާމާގެ އަހުގެ ފަހަތުގައި އެ ކުއްޖާ އިނދެފައި އަބޫ ޤުދާމާގެ އަރިހުން ﷲ އަށްޓަކައި 3 ތީރު ދިނުމަށް އެދުނެވެ. ނަމަވެސް އަބޫޤުދާމާ ކޮށްކޮ އަތުން އެ ތީރުތައް ވާނީ ބޭކާރޭ ބުނެ އެކަމަށް އުޒުރު ވެރި ވި އެވެ.

ނަމަވެސް އަނެއްކާވެސް އެހެން އެދުމުން 3 ތީރު އެ ކުއްޖާގެ އަތަށް ދެއްވި އެވެ. “ބިސްމިﷲ” ކިޔާފަ ދޫކޮށްލި ފުރަތަމަ ތީރު ދިޔައީ ރޫމީންގެ މީހަކު ފޫއަޅުވާލާފަ އެވެ. “ބިސްމިﷲ” ކިޔާ ދޫކޮށްލި ދެވަނަ ތީރުވެސް ރޯމަނަކު މަރާލި އެވެ. 3 ވަނަ ތީރުވެސް “ބިސްމިﷲ” ކިޔާ ދޫކޮށްލުމުން ރޯމަނަކު މަރާލި އެވެ. ނަމަވެސް އުދުހިފަ އައި ތީރަކުން މޭގައި ޖެހި އެ ކުޑަކުއްޖާ އަސްމަތިން ބިންމައްޗަށް ވެއްޓިއްޖެ އެވެ. އަބޫޤުދާމާ އަވަސް އަވަހަށް އައިސް އެ ކުއްޖާގެ ފަހު ނޭވާތަކުގައި، ކުރިން އެވީ ވަޢުދު ހަނދާން ކޮށްދިނެވެ. އެވަގުތު އެ ކުއްޖާ ޖީބުން އެއްޗެއް ނަގާފައި އެ ތިމަންގެ މަންމަޔަށް ދިނުމަށް ބުނެ، އެދުނެވެ.

އަބޫ ޤުދާމާ: “ކޮއްކޮގެ މަންމައަކީ ކާކު؟”
އެ ކުއްޖާ: “އެއީ ރޭގައި ކަލޭގެފާނުންގެ އަތްޕުޅަށް އެމީހެއްގެ އިސްތަށިގަނޑު ދިން އަންހެން މީހާ”

އެ އަންހެން މީހާގެ އިސްތަށިގަނޑާއި ހުރި ހަމަ އެކަނި ދަރިފުޅު (ކިހާ ލޯބިވާނެކަން އިނގިލަށްވާނީ ހަމަ އެކަނި އަންހެން ބެއިކަލުންނަށް)ﷲ ގެ މަގުގައި ޤުރުބާން ކޮށްލީ އެވެ.

އަންހެން ބެއިކަލުންނޭވެ. އުންމަތުގެ ފަޚުރަކީ ތިއެވެ. ﷲ ގެ ވާގިފުޅާއި އެކު، ތިބެއި ކަނބަލުން ނުވީ ނަމަ، އެ ކުއްޖާއެއް، އެ އަޙްމަދުބިން ޙަންބަލްއެއް، އެ ޝާފިޢީ އެއް، އެ ޢިލްމުވެރިން ނެއް، އެ އިމާމުންނެއް، މުޙައްދިޡުންނެއް، މުޖާހިދުންނެއް، އުންމަތް ސަލާމަތްކޮށްދިން ފިރިހެން ދަރިން ތަކެއް ނުއުފެދުނީހެވެ. ދަރަޖަ ދަށީ އަހަރެމެން ފިރިހެނުންގެ އެވެ.

ހަތަރުދަމު ރޭ އަޅުކަންކޮށް ދުވާލު ރޯދަ އަށް ހުންނަ މި ފިރިހެން ބޭފުޅުންނަށް ވުރެން ހަމައެކަނި ނަމާދުކޮށް ރޯދަ ހިފައި (ފަރްޟް އަދާކޮށް) ނިވާވެގެން ހުންނަ ތި އަންހެން ބެއިކަލުންގެ މާތްކަން ބޮޑެވެ. 2 ފިރިހެނުންނަށ ދެވޭ ހެކި ބަސް 4 އަންހެނުން ގެ ހެކި ބަހާއި އެއްވަރުވާތީވެ ޝަކުވާ ނުކުރާށެވެ. ތި ބެއިކަލުންގެ އެންމެ ބެއިކަނބަލެއްގެ ހެކިބަހުން ކައިވެނިތައްވެސް ހުއްޓުވާލެވެއެވެ. އެންމެ ފިރިހެނެއްގެ ހެކިބަހަކީ ދީނުގެ ކޮންކަމެއްގައި ބަލާ އެއްޗެއްތޯ އެވެ؟ އެންމެ ފިރިހެނެއްގެ ހެކިބަހުން ހެކި ޤާއިމް ކުރެވުން ކަމަށް މި އުންމަތް ދެކުނީ ވެސް އެންމެ ބެއިކަލެކެވެ (ޚުޒައިމާ އިބން ޘާބިތު).

ވަގުތު ޖެހުނީމަ ތެޅުފޮޅި ގަނެގެން ޖަމާއަތަށް އެންމެ ކުރީސަފަށް އެރުނީމަ އަހަރެމެން ފިރިހެނުންނަށް ލިބެނީ އެންމެ 27 ދަރަޖަ އެވެ. ނަމަވެސް ވަގުތު ޖެހުމުން ގޭގައި ފޮރުވިގެން ހުރެ ތި އުޚުތުން ކުރާނަމާދުގެ ސަވާބު ރަސޫލުﷲ ގެފާނުން މަސްޖިދުއް ނަބަވީގައި ކުރައްވާ ނަމާދެކޭ އެއްފަދަ އެވެ. އެއީ މި ފިރިހެނުން ތެޅި ފޮޅިގެން ޖަމާޢަތުގެ ކުރީ ސަފަށް އަރާ ކުރާ 1000 ނަމާދުގެ ދަރަޖަ އެވެ. މޮޅުވެފައި މާތް ވަނީ ކޮން ބަ އެއްތޯ އެވެ؟

ތި ބެއި ކަލުން ނުރުހޭ މީހަކާއި ކައިވެނި ކޮށްބިނުމުގެ ބާރެއް ލިބިގެން ވާ މީހަކު ނުވެއެވެ. ﷲ ގެ އަމުރުފުޅެއްގައި ޢަމަލު ކުރުން މެނުވީ އެ ބާރު ރަސޫލުﷲ ގެފާނުންގެ އަތްޕުޅު މަތީ ގަވެސް ނުވެއެވެ.

ފަރްޟް އަދާކޮށް (ރުހިގެން ކައިވެނިކުރި) ލޯބިވާ ފިރިމީހާ އަށް ކިޔަމަން ވީތީ ވެ މާދަން އެފިރިމީހާ އަށް ވުރެން ޤަދަރު ބޮޑެވެ. ސަބަބަކީ އޭނަހުއްޓާ އޭނާގެ ކުރިން ތި އުޚުތުން ގެ ގާތުން ސުވަރުގޭގެ 8 ދޮރުކޮޅު ދައްކަވާ ބޭނުން ދޮރަކުން ވަނުމަށް ހުއްދަ ދެވޭނެއެވެ. މާތްކަމެއް މިޔަށްވުރެން ބޮޑު ފަހެ ކޮބައި ހެއްޔެވެ؟ 

 ނަމަވެސް އަހުރެމެން ނަކަށް އެޖާގަ ލިބެން އޮތީ އެ ދޮރުކޮޅަކަށް ހާއްސަ ކަމެއް ކޮއްގެނެވެ. ޖިހާދު ކޮށްގެނެވެ. އަބަދުހެން ސުންނަތް ރޯދަ ހިފައި ގެނެވެ. ރޭ ގަނޑު ހަތަރުދަމުހެން ދަމު ނަމާދު ވެސް ކޮށްގެނެވެ. ނަމަވެސް ހަމަ އެކަނި ފަރްޟް އަދާކުރީމަ ތި ކަނބަލުން ނަށް ލިބޭ ދަރަޖަ އެ ހުރީ އެވެ. މި ކިޔައި ދެނީ ޔޯލަ ވާހަކަ ތަކެއް ނޫނެވެ. ރަސޫލުﷲ ގެފާނުންގެ ޙަދީޘް ފުޅު ތަކެވެ.

މާތްވެފާ މޮޅު ކަން އޮތީ ފަހެ ކޮން ބަޔަކަށް ހެއްޔެވެ؟ ﷲ ތި ކަނބަލުން ނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is