Monday, November 26, 2012

ޝައްދާދު ބްނު ޢާދުގެ ސުވަރުގެ

 
މާތް ﷲ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިންއެއްވާހަކައަކީ،ޢާދުބާގައިގެ މީހުންގެ ވާހަކަ އެވެ. އެމީހުންނަކީ، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ ބަޔެކެވެ. ތަނބުތަކުގެމަތީގައި ބޮޑެތި ބިޔަ ޢިމާރާތްތައް ބިނާކޮށް އުޅުނު ބަޔެކެވެ.
 
 އެމީހުންގެ ރަސްރަސްކަލުންގެ ތެރެއިންއަނިޔާވެރިކަމާއިޖައްބާރުކަމަށް އަރާހުރި އެއް ރަސްކަލަކީ، ޝައްދާދެވެ. ޝައްދާދަކީ،ޢާދުގެ ފުތް، އިރަމުގެ ފުތް، ޝައްދާދެވެ. އޭނާގެ ނަން މަޝްހޫރުވެފައިވަނީ،ޝައްދާދު ބްނު ޢާދުގެ ނަމުންނެވެ. މި ޝައްދާދާއި، އޭނާގެގައުމަކީ، އިހުގެޢާދުބާގައިގެ މީހުން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެމީހުންނަކީ، ބިޔަހަށިތަކެއް ލިބިފައިވާ ބާރުގަދަ ބަޔެކެވެ. ޝައްދާދު ބިނާކުރި ސުވަރުގެއާ ބެހޭ ގޮތުން ވާރިދުވެފައިވާ ރިވާޔަތްތަކުގައިވެ އެވެ.

ޝައްދާދު ބްނު ޢާދު، އޭނާގެ އަމުރުގެ ދަށުގައިވާ ވެރިންގެތެރެއިން ޖައްބާރު އެއްހާސް ވެރިންނަށް އެންގި އެވެ. "ސަރާސަރުތަނަވަސް ބިމެއްހޯދާށެވެ! އެއީ، ފެން ތިޔާގި، ވައިސާފު، ފަރުބަދަތަކާ ދުރުގައިވާބިމަކަށް ވާންޖެހޭނެ އެވެ. އެފަދަ ބިމެއް ހޯދަނީ، އެބިމުގައިރަނުން ސަހަރެއްބިނާކުރުމަށްޓަކަ އެވެ." ދެން އެ އެއްހާސްވެރިންގެ ތެރެއިން ކޮންމެ ވެރިއަކު، އެއްހާސް ސިފައިންނާއި އެހެނިހެންތަކެތި ހިފައިގެން ނިކުތެވެ. އެމީހުން އެކިއެކި ބިންތައް ހޯދައިބަލަމުން ދަނިކޮށް، ޝައްދާދު ހޯދަން އެދުނު ފަދަ ބިމެއް ފެނުނެވެ. އެބިން އޮތީ ޢަދަނުފަރުބަދައާ ދިމާގަ އެވެ.

ދެން އާކިޓެކްޓުންނާއި، އެންޖިނިއަރުން ލައްވައި، އެމީހުން އެ ތާނގައިބިނާކުރާނެ ސަހަރެއް، ސުވަރުގޭގެ ސިފައިގައި ޕްލޭންކޮށް، އެ ސަހަރުގެޢިމާރާތްތައް ފަރުމާކުރި އެވެ. އެ ސަހަރު ޕްލޭންކުރީ ހަތަރެސްކަނަށެވެ. ފަރާތެއްގެ ދިގުމިނަކީ،ދިހަ ފަރުސަޚެވެ. ހަތަރު ފަރާތުގެ ޖުމުލަ ދިގުމިނަކީ، ސާޅީސްފަރުސަޚެވެ. (ފަރުސަޚަކީ، ގާތްގަނޑަކަށް، ފަސް ކިލޯމީޓަރެވެ.) އެ ސަހަރުބިނާކުރުމުގެ މަސައްކަތް ފަށައި، ވަށައިގެން ފާރު ރޭނުމަށްޓަކައި، ވަރަށްފުންކޮށް ކޮނުނެވެ.

 މުޅި ސަހަރު ވަށައިގެން ބިނާކުރި ފާރުގެ އުސްމިނަކީ، ބިމުން މައްޗަށް ފަސް ސަތޭކަ މުށެވެ. ފުޅާމިނަކީ، ވިހިމުށެވެ. އެ ފާރުގެ ބިމުން މަތީގައިވާ ބައި ބިނާކޮށްފައިވަނި، ރަތުރަނުން ހަދާފައިވާ ގަލުންނެވެ! ސަހަރުގެ ހަތަރު ފަރާތުގައިވާހަތަރު ފާރުންކުރެ ކޮންމެ ފާރެއްގައި މާސިންގާ ބިޔަ، ދޮރާށްޓެއް ވެއެވެ. ފާރުން އެތެރޭގައި، ތިންސަތޭކަ ފަސްދޮޅަސް ހާސް ގަނޑުވަރު ބިނާކުރިއެވެ. އެއިން ކޮންމެ ގަނޑުވަރެއް އާރާސްތުކޮށްފައިވަނީ، އެއްހާސް ތަނބުގެ މަތީގައެވެ. ތަނބުތަކުގެ މަތީގައި ރަނާއި ރިހީގެ ފިލާތައް އަޅައި އޭގެމަތީގައި ރަނާއި ރިހިން ކޮޓަރިތައް ހެދި އެވެ. އަދި އެ ކޮޓަރިތަކުގެ މަތީގައި ވެސް ކޮޓަރިތައް ހަދައި، ގަނޑުވަރުތައްއުސްކުރި އެވެ. އެ ކޮޓަރިތައް ޒީނަތްތެރިކޮށްފައިވަނީ، ޔާގޫތާއި ޖަވާހިރުންނެވެ!

ދުނިޔެމަތީގައިވާސުވަރުގޭގެ ގޮތުގައި، ޝައްދާދު ބިނާކުރި ސަހަރުގެ މަގުތަކުގައި،ރަނުން ހަދާފައިވާ ކޯރުތައް ވި އެވެ. އެ ކޯރުތަކުގެ ތެރޭގައިޔާގޫތާއި، ޖަވާހިރާއި، ޒަބަރުޖުދާއި، ރަންމުތް ބަހައްޓާފައި ވި އެވެ. އެކޯރުތަކުގެއައްސޭރިތަކުގައިވިނައާއި ގަސްގަހާގެހި ހަދާފައި ވި އެވެ. އެ ގަސްގަހާގެހީގެ ގަސްގަނޑުހަދާފައިވަނީ،ރަނުންނެވެ. އޭގެފަތްތަކާއި މޭވާތައް ހަދާފައިވަނީ، ޒަބަރުޖުދާއި، ޔާގޫތާއި،ރަންމުތުންނެވެ.... އެ ސަހަރުގެ ހަތަރު ފަރާތުންކުރެ ކޮންމެފަރާތަކުން ބަލައިލިޔަސް ފަންސަވީސް ހާސް މުންނާރު ފެނެ އެވެ!

ބިނާކުރުމުގެމަސައްކަތްތައް ނިމުމުން، ފިނިޝިންގގެ މަސައްކަތްތައް ފެށި އެވެ. އެއީ ގަނޑުވަރުތަކުގައި ދޮރުފޮތި ދެމުމާއި، ދޫލައެޅުމާއި، އެކިކަންކަމަށް ބޭނުންވާނެ އާލަތްތައް ބެހެއްޓުން ފަދަ މަސައްކަތްތަކެވެ. ދޮރުފޮތިތަކާއި، ދޫލަތައްފަދަ ތަކެތި އުފެއްދީ ފަށުވީގެ ބާވަތްތަކުންނެވެ. އެކަމަށްޓަކައި ބަރާބަރު ދިހަ އަހަރު ހޭދަވި އެވެ. ބިނާކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި ތިންސަތޭކަ އަހަރު ހޭދަވިއެވެ. މުޅި ސަހަރުގެ ހުރިހައި ކަމެއް ނިންމުމަށްޓަކައި ފަސްސަތޭކަ އަހަރު ހޭދަވި އެވެ. މިދުނިޔޭގައިވާ އެންމެ މީރު ކާނާގެބާވަތްތައް ވެސް އެރަށުގެ ކާބޯތަކެއްޗާ ބެހޭ ތަންތަނުން ލިބޭނެ ގޮތްވަނީ ހަމަޖައްސާފަ އެވެ. މީރުވަސްދުވާ ތަކެތީގެ މީރުވަސްތައް ވެސް މުޅި ސަހަރު ތެރެއަށް ވަނީފަތުރާލާފަ އެވެ.

އެސަހަރުގެ ނަމަކީ، އިރަމް (إرَم) އެވެ. އެ ސަހަރު އާރާސްތުކޮށް ނިމުމުން، ޝައްދާދު ބްނުޢާދު، އެރަށަށްދިއުމަށްޓަކައި ރަސްމީ ޢިއްޒަތާއި ހައިބަތުގައި ނިކުތެވެ. އޭނާ އާ އެކުގައިވާ ޚާދިމުންނާއި، ސިފައިންނާއި، އެހެނިހެން މީހުންގެ އިތުރުން،ފުރާވަރަށް އަރާފައިވާ އެއްމިލިއަން ޖާރިޔާއިން ވެސް ގެންދިޔަ އެވެ. އެޖާރިޔާއިންގެ، ބުރުސޫރަ ރިވެތި ހަށިތައް ޒީނަތްތެރިކޮށްފައިވަނީ،އެކި ބާވަތްބާވަތުގެ ގަހަނާތަކާއި ޖަވާހިރުތަކުންނެވެ. އިރަމު ސަހަރުގެ މަލަތައްފެންނަން ފެށުމުން، ޝައްދާދު ބުނަންފެށި އެވެ. "މަރުވުމަށްފަހުމުއުމިނުންނަށްދެއްވާނެކަމަށް ރަސޫލާ އެވިދާޅުވާ ސުވަރުގެ، މިދުނިޔެމަތީގައި ތިމަންނާއަށް ލިބުނީތާ އެވެ!"

އިރަމު ސަހަރުގެމައިދޮރާށްޓާ ހަމައަށް ގޮސް، ޝައްދާދު އެ ސަހަރަށް ވަންނަން އުޅުނުހިނދު، ގަދައަޑުފަށްގަނޑެއްއިއްވަވައިލެއްވުމަށް މާތް ﷲ މަލާއިކަތްބޭކަލަކަށް އެންގެވި އެވެ. ދެންއެކަލާނގެ އަމުރުފުޅަށް އެ މަލާއިކަތާ އެ އަޑުފަށްގަނޑު އިއްވަވައިލެއްވި އެވެ. އެހިނދު، މަލަކުލްމައުތު ވަޑައިގެން ޝައްދާދުގެ ފުރާނަ ހިއްޕެވި އެވެ. އޭރު އޭނާގެ އުމުރަކީނުވަސަތޭކައަހަރެވެ. އޭނާއާއެކުގައިވާ އެންމެންގެ ފުރާތައް ވެސް މަލަކުލްމައުތު ހިއްޕެވިއެވެ. އެހެންކަމުން އެއިން ކޮންމެ މީހަކު މަރުވެގެން ހުރިތަނަށް ވެއްޓުނެވެ. އަދި މާތް ﷲ ގެ އަމުރުފުޅަށް އިރަމު ސަހަރު ވެސް މީސްތަކުންގެ ލޯތަކަށް ނިވާކުރެއްވުނެވެ.

ޝައްދާދު ބްނު ޢާދު ސުވަރުގެއެއްގެ ގޮތުގައި އިރަމު ސަހަރު ބިނާކުރިސަބަބު ބުނެދޭ ދެރިވާޔަތެއް ވެ އެވެ. އެއް ރިވާޔަތުގައިވަނީ، އެއީ އޭނާގެ ގާތަށް މާތް ފޮނުއްވި ރަސޫލާއަށް ގޮންޖަހާލުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަނެއް ރިވާޔަތުގައިވަނީ،އެއީ އޭނާ ފޮތްފޮތް މުޠާލިޢާކޮށްގެން ސުވަރުގޭގެ ސިފަތައްހޯދުމަށްފަހު،ދުނިޔެމަތީގައިސުވަރުގެއެއްބިނާކުރުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.... މާތް ﷲ، ޝައްދާދު ބްނު ޢާދުގެ ސުވަރުގެ ހަލާކުކުރެއްވި ވާހަކައަކީ، ދުނިޔެމަތީގައި ސުވަރުގެހަދަން އުޅޭ ކޮންމެ ޖައްބާރަކަށް އޮތް ޢިބްރަތްތެރި ދަރުސެކެވެ
http://www.bahuru.com/img/madu_vilu_line_818.jpg ތަރުޖަމާ:

ads

ދާއިރާ:

0 comments:

Post a Comment

 
here it is