Thursday, April 18, 2013

ނަރަކައިގެ އަހުލުވެރިންނަކީ ކިތައް މީހުންތޯއެވެ؟

ނަރަކައިގެ އަހުލުވެރިންނަކީ ކިތައް މީހުންތޯއެވެ؟


 އަބޫ ސަޢީދު (رضى الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ.


 رسول الله صلى الله عليه وسلم، ޙަދީޘް ކުރެއްވިއެވެ. ”ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. ”އޭ އާދަމް އެވެ!“ ދެން އާދަމް (عليه السلام) ޖަވާބު ދެއްވާނެތެވެ. ”މިއަޅާ އިޖާބަ ދެއްވައިފީމެވެ. (މިއަޅާ ތިޔަ އިލާހުގެ އަމުރަށް ކިޔަމަންވަމެވެ.) އަދި ހުރިހައި ހެވެއްވަނީ ތިޔަ އިލާހުގެ އަތްޕުޅުގައެވެ.“

 އެއަށްފަހު ﷲ ތަޢާލާ އާދަމް (عليه السلام) އަށް ވަޙީ ކުރައްވާނެތެވެ. ”ނަރަކައިގެ އަހުލުވެރިން ގެންނާށެވެ!“ އާދަމް (عليه السلام) ވިދާޅުވާނެތެވެ. ”ނަރަކައިގެ އަހުލުވެރިންނަކީ ކިތައް މީހުންތޯއެވެ؟“ ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ.

 ”ކޮންމެ އެއްހާހަކުން އެކަކު ފިޔަވައި ބާކީ ތިބި އެންމެންނެވެ.“ ”އެދުވަހުން ޅަކުދިންގެ ބޮލުގެ އިސްތަށި ނުރައަށް ބަދަލުވެގެންދާނެއެވެ. އަދި ކޮންމެ މާބަނޑު އަންހެނަކު އޭނާގެ ބަނޑުގައިވާ ދަރި ބައިގެންދާނެއެވެ. އަދި މީސްތަކުން މަސްތުވެފައިވާ ހާލުވާތީ ކަލޭގެފާނު ދެކެވަޑައި ގަންނަވާނެތެވެ. އެހެނެއް ކަމަކު އެބައިމީހުންވަނީ މަސްތުވެފައެއް ނޫނެވެ. އެއީ ﷲ ގެ ޢަޒާބު ގަދަފަދަ ކަމުންނެވެ.“

އެޚަބަރުގެ ސަބަބުން ޞަޙާބީންނަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބިވަޑައިގަތެވެ. އަދި އެބޭކަލުން ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! އެމީހަކީ އަހަރެމެންގެ ތެރެއިން ކާކު ހެއްޔެވެ؟ (އެއްހާސް މީހުންގެ ތެރެއިން ނަރަކައިގެ ޢަޒާބުން ސަލާމަތްވާނެ ނަޞީބުވެރިއަކީ ކާކު ހެއްޔެވެ؟) އެކަލޭގެފާނު ވިދާޅުވިއެވެ.

 ”އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ. އެ އެއްހާސް މީހުންވަނީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ތެރެއިންނެވެ. އަދި (އޭގެ ތެރެއިން ސަލާމަތްވާ) މީހާވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ.“ رسول الله صلى الله عليه وسلم، އިތުރަށް ޙަދީޘް ކުރެއްވިއެވެ. ”ތިމަންކަލޭގެފާނުގެ ފުރާނަ އެއިލާހުގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ.

 ތިޔަބައިމީހުންނީ (މުސްލިމުން – ތައުޙީދުގެ ޙަޤީޤީ މުއުމިނުން) ޖަންނަތުގެ ތިންބައިކުޅަ އެއްބައި ކަމުގައިވުމަށް ތިމަންކަލޭގެފާނު އުއްމީދު ކުރަމެވެ.“ އެއާއެކު، އަހަރެމެން ﷲ ތަޢާލާ މަތިވެރި އިލާހަށް ޙަމްދު ކުރަމުން ބުނީމެވެ. ’الله اكبر! ދެން رسول الله صلى الله عليه وسلم، ޙަދީޘް ކުރެއްވިއެވެ. ”ތިމަންކަލޭގެފާނުގެ ފުރާނަ އެއިލާހުގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ.

 ތިޔަބައިމީހުންނީ ޖަންނަތުގެ އަހުލުވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކަމުގައި ވުމަށް ތިމަން ކަލޭގެފާނު އެދިވަޑައިގަންނަވަމެވެ. އެއީ ތިޔަބައިމީހުން (މުސްލިމުން) އެނޫން މީހުންނާއި (މުސްލިމުން ނޫން) އަޅާ ކިޔުމުގައި ތަފާތަކީ، އުއްމަތްތަކުގެ ތެރޭގައި ކަލޭމެންގެ މިސާލަކީ، ކަޅު އިސްތަށިގަނޑެއްގެ ތެރޭގައި އިންނަ ހުދު އިސްތައްޓެއްގެ މިސާލެވެ. ނުވަތަ ހިމާރުގެ އަތްދަނޑީގައި އިންނަ ލައްގަނޑު ފަދައެވެ.“ [ބުޚާރީ ވޮލިއުމް 8، ނަންބަރ 537]

ads

ދާއިރާ:

0 comments:

Post a Comment

 
here it is