Friday, April 5, 2013

”ﷲ ތަޢާލާ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުތަކުން އިމްތިޙާން ކުރައްވާނީ ކިހިނެއް ހެއްޔެވެ؟

 ސުލައިމާން ބިން މުޙައްމަދު ބިން ޢަބްދުލް ވައްޙާބް (رحمه الله)، ’ކިތާބުއް ތަޥްޙީދު‘، މިފޮތުގެ ތަފްޞީލުގައި، ރަސޫލާ (صلى الله عليه وسلم) ގެ މިޙަދީޘް، ”ﷲތަޢާލާ ބައެއްދެކެ ލޯބިވެއްޖެނަމަ، އެކަލާނގެ އެބަޔަކު އިމްތިޙާންކުރައްވަވައެވެ.“ ބަޔާންކުރައްވާފައިވެއެވެ.
މިޙަދީޘްއަކީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ. އަދި ރިވާކުރައްވާފައިވަނީ އައްތިރްމިޛީ (2396/4) އެވެ. އަދި ޞަޙީޙް އަލްޖާމީގައި ވެސް އެކުލެވިފައިވެއެވެ.(275)

ޙަދީޘްގެ ބައެއް ކަންތައްތައް ބަޔާން ކުރެއްވުމަށް ފަހުގައި، ޝެއިޚް ސުލައިމާން (رحمه الله) ސުވާލުކުރެއްވެވިއެވެ. ”ﷲތަޢާލާ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުތަކުން އިމްތިޙާން ކުރައްވަވާނީ ކޮންފަދައަކުން ހެއްޔެވެ؟“

އިބްނު ތައިމިއްޔާ (رحمه الله) ގެ ބަސްފުޅުތައް ޚުލާޞާ ކުރައްވަމުން ސުލައިމާން (رحمه الله) ޖަވާބުދެއްވެވިއެވެ.

”އެހެނީ، މީގެ ސަބަބުން އަޅާ ތައުބާ ވުމަށް ބާރުދޭތީއެވެ.
ﷲ ތަޢާލާ، މިދުނިޔެވީ ޢަޛާބުތަކުން އަޅުތަކުން އިމްތިޙާން ކުރައްވަވައެވެ. އެއީ އެބައިމީހުން، އެބައިމީހުންގެ ފާފަތަކަށް ތައުބާވުމަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

”...بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ“
”...އެބައިމީހުން ކުރި ބައެއް ޢަމަލުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށެވެ. (އެއީ) އެބައިމީހުން (ތައުބާވެ) ރުޖޫޢަ ވުމަށްޓަކައެވެ.“
(ސޫރަތުއްރޫމް 41)
އެހެންކަމުން، އެމީހަކު ކުޅަ ނުކިޔަމަންތެރި ޢަމަލެއްގެ ސަބަބުން ތައުބާވުމުގެ ފުރުޞަތު ލިބިއްޖެ ކޮންމެ މީހަކަށް، މިއީ ﷲ ތަޢާލާގެ ޙަޟްރަތުން އޭނާއަށްވާ އެންމެ މަތިވެރި ރަޙްމަތްތަކުގެ ތެރެއިން ރަޙްމަތެކެވެ. އެހެނީ، މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ، އޭނާ ﷲ އަށް ކުއްތަންވެ މަޑުމޮޅިކަމާއިއެކު އެކަލާނގެއަށް ދުޢާ ދެންނެވުމެވެ.

 މިސަބަބަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަނުވާ އަޅުތަކުންނާއި އަދި މުޞީބާތް ކުރިމަތިވާ ހިނދުގައި އެކަލާނގެއަށް ނުދަންނަވާ އަޅުތަކުންނާއިމެދު އެކަލާނގެ ނުރުއްސަވަތެވެ.
”وَلَقَدْ أَخَذْنَاهُمْ بِالْعَذَابِ فَمَا اسْتَكَانُوا لِرَبِّهِمْ وَمَا يَتَضَرَّعُونَ“
”ހަމަކަށަވަރުން ތިމަން ﷲ ޢަޛާބު ދެއްވައި އެބައިމީހުން ހިއްޕެވީމެވެ. ދެންވެސް އެބައިމީހުންގެ ވެރިއިލާހަށް އެބައިމީހުން މަޑުމައިތިރިވެ، އަޅުކަންކޮށް ދުޢާކޮށް ނަހަދަތެވެ.“
(ސޫރަތުލް މުއުމިނޫން 76)

މަޑުމޮޅިކަމާއިއެކުގައި ﷲ އަށް ދުޢާކޮށް އެކަލާނގެއަށް ދެންނެވުމަކީ އެންމެ މަތިވެރި ރަޙްމަތްތަކުގެ ތެރެއިންވާ ރަޙްމަތެވެ. އަދި އެމީހެއްގެ ދީނުގެ ކަންތައްތައް އިޞްލާޙްކުރުމަށްޓަކައިވާ އެންމެ މަތިވެރި މަގުތަކުގެ ތެރެއިން މަގެކެވެ. އެހެނީ، މީހެއްގެ ދީނުގެ ކަންތައްތައް އިޞްލާޙްކުރުން ވަނީ، އޭނާ ﷲ އަށް އެކަނި އަޅުކަންކުރުމުންނާއި، އެކަލާނގެއަށް ބަރޯސާވުމުންނާއި އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ނުދެންނެވުމެވެ. އަދި އެއީ އަޅުކަމުގެ ދުޢާއެއް ވެސް، ނުވަތަ އެދޭ އެދުމެއްގެ ދުޢާ އެއްވެސް ނުމެ ނޫނެވެ.

ﷲ އަށް އެކަނި އަޅުކަން ކުރުމާއި، އަދި ތިބާގެ މައްޗަށް އަމުރުވެވިގެންވާ ކަންތައްތައް ކުރުމުން އެކަލާނގެ ރަސޫލުންނަށް ކިޔަމަންވުމާއި އަދި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވުން އެކުލެވިގެންވާ ފަދަ ގޮތެއްގައި ތައުބާވުމުގެ ފުރުޞަތު ތިބާއަށް ލިބިއްޖެނަމަ، ތިބާވަނީ ﷲ އަށް އަޅުކަން ކުރާ މީހުންގެ ތެރެއިންނެވެ. އަދި ﷲ އަށް ދުޢާ ދެންނެވުމުގެ ފުރުޞަތު ތިބާއަށް ލިބިއްޖެނަމަ، އެއީ ތިބާ އެދޭ ހުރިހާ ކަމަކަށް އެކަލާނގެއަށް އެދުމާއި، ތިބާއަށް ފައިދާކުރަނިވި ކަންތައްތަކަށް އެދުމާއި އަދި ގެއްލުން ދެނިވި ހުރިހާ ކަމަކުން ރައްކައުތެރިކަމަށް އެދުން ކަމުގައިވަނީނަމަ މިއީ ﷲ ގެ ޙަޟްރަތުން ތިބާއަށްވާ އެންމެ މަތިވެރި ރަޙްމަތްތަކުގެ ތެރެއިން ރަޙްމަތެކެވެ.

މުޞީބާތެއް ދިމާވާ ވަޤުތުގައި ޢާންމު ގޮތެއްގައި ކަންތައް މެދުވެރިވާ ގޮތަކީ މިއީއެވެ. އަދި މިފަދަ ރަޙްމަތެއް މުޞީބާތުގެ ވަޤުތުގައި އަތުވެއްޖެނަމަ، އެނގޭނެ ކަމަކީ މިކަމަށް އެންމެ އެކަށީގެންވާ ބަޔަކީ ﷲ ތަޢާލާ އެބަޔަކު ދެކެ ލޯބިވެވޮޑިގަންނަވާ މީހުންކަމެވެ. އަދި އެފަދަ މީހުންގެ މައްޗަށްވާ ކަމަކީ ﷲ އަށް ޝުކުރުވެރިވުމެވެ.“

ads

ދާއިރާ:

0 comments:

Post a Comment

 
here it is