Sunday, April 28, 2013

އަޅުގަނޑު ޖަމާޢަތުގައި ނަމާދުކުރަމުންދާ މިސްކިތުގެ އިމާމަކީ



ސުވާލު:
އަޅުގަނޑު ޖަމާޢަތުގައި ނަމާދުކުރަމުންދާ މިސްކިތުގެ އިމާމަކީ ސިޙުރުހަދާ ޒިޔާރަތްތަކަށް ނަދުރުބުނެ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމްގެ ސުންނަތަށް މަލާމާތްކުރަމުންދާ މީހެއްކަން އެނގުނީ ވަރަށް ފަހުނެވެ. އޭނާއަށް ވިސްނައިދީވެސް އިސްލާހެއްނުވިއެވެ.ސުވާލަކީ މީނާގެ ފަހަތުގައި އަޅުގަނދު ކުރި ނަމާދުތައް ސައްޙަވާނެތޯ؟ އަދި އެނަމާދުތައް އަލުން ގަޟާކުރަންޖެހޭނެތަ؟ އަދި ކުރިއަށްއޮތްތާ މީނާގެފަހަތު ނަމާދުކުރުން ކަމުދާނެތަ؟ އަދި މީނާގެ ގޮތް ނޭނގި އޭނާގެ ފަހަތަށް ނަމާދަށްއަރާ މީހުންނަށް އޭނާގެ ޙާލަތު ބަޔާންކޮށްދޭން ޖެހޭނެތަ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 
ސުވާލުގައި ބަޔާންވެގެންވާ ފަދަ ނުބައި ޢަމަލުތައް ހިންގާ މީހެއްގެ ފަހަތުގައި ނަމާދު ކޮށްގެން ނުވާނެއެވެ. މީގެ ކުރިން އޭނާގެ ފަހަތުގައި ކޮށްފައި ހުރި ނަމާދުތައް އަލުން ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ އިމާމާގެ ނަމާދު ފާސިދުވީނަމަވެސް މައުމޫމުންނަށް އޭގެ އަޘަރު ނުކުރާނެތީވެއެވެ. ކުރިޔަށް އޮތް ތަނުގައި އޭނާގެ ފަހަތުގައި ނަމާދު ކޮށްގެން ނުވާނެއެވެ. އަދި އޭނާގެ ނުރައްކާތެރި ކަމުގެ ވާހަކަ މީސްތަކުންނަށް ބަޔާންކޮށްދީ ހާމަ ކުރަންވެސް ޖެހޭނެއެވެ. والله أعلم .

ޖަވާބު ދެއްވީ:
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ads

ދާއިރާ:

0 comments:

Post a Comment

 
here it is