Friday, April 26, 2013

ދުނިޔޭގެ އެންމެބޮޑެތި ޤާތިލުންގެ ތެރޭގައި މުސްލިމަކު ނެތް

އިސްލާމުންނަކީ އަނިޔާވެރި ބައެކޭ، ހައްދު ފަހަނައަޅާފައިވާ ބައެކޭ، އަންހެނުންނަށް އޯގާތެރިވާ ބައެއް ނޫނޭ، ޖަނަވާރުންނަށް އޯގާތެރިބައެއް ނޫނޭ ބުނެ މުސްލިމުންނާއިމެދު ދޮގު ބުހުތާނު ހަދަމުން ދާ ކާފަރު ބައިގަނޑަށް މިއަދު މިޖެހެނީ ޙަގީގަތް ޤަބޫލުކޮށް އެއަށް ތަބާވާށެވެ.



 ދުނިޔޭގެ އެންމެ ބޮޑެތި ޤާތިލުންގެ ތެރޭގައި މުސްލިމަކު ނުވާކަމަށް ޚުދު މި ކާފަރު ބައިގަނޑު ނެރެމުންދާ އެކިއެކި ރިޕޯޓުތަކުން މިހިރަގެންދަނީ ފެންނަމުންނެވެ.

ތިރީގައި އެވަނީ ޚުދު މި ކާފަރު ބައިގަނޑު ނެރެފައިވާ ހިސާބުތަކެވެ. ވިދާޅުވަމުން ގެންދަވާށެވެ.

އެޑޮލްފް ހިޓްލާރ އަކީ ކްރިސްޓިއަނެކެވެ. އޭނާ މަރާލި މީހުންގެ ޢަދަދަކީ 60 މިލިއަން އެވެ. ޖޯސެފް ސްޓާލިން އަކީ ކްރިސްޓިއަނެކެވެ. އޭނާ މަރާލި މީހުންގެ ޢަދަދަކީ 14 މިލިއަން އެވެ. ލިއޮޕާޑް 2 އަކީ ކްރިސްޓިއަނެކެވެ. އޭނާ މަރާލި މީހުންގެ ޢަދަދަކީ 3 މިލިއަން އެވެ. 


ޕޮލްޕޮޓް އަކީ ކޮމިއުނިސްޓެއް އަދި ބުޑިސްޓެކެވެ. އޭނާ މަރާލި މީހުންގެ ޢަދަދަކީ 2 މިލިއަން އެވެ. މެކްސިމިލް ރޮބްފިއާރ އަކީ ކްރިސްޓިއަނެކެވެ. އޭނާ މަރާލި މީހުންގެ ޢަދަދަކީ 5 ލައްކަ އެވެ. އަޝޯކާ އަކީ އިންޑިއާގެ ހިންދޫ އެކެވެ. އޭނާ މަރާލި މީހުންގެ ޢަދަދަކީ 2 ލައްކަ އެވެ. 

އެމެރިކާގެ ކުރީގެ ރައީސް ހެރީ އެސް އަކީ ކްރިސްޓިއަނެކެވެ. ހީރޯޝިމާއަށް އޭނާ އެޅި ބޮންތަކުގެ ސަބަބުން 2 ލައްކަ މީހުން މަރުވެފައިވެއެވެ.

މަތީގައިވާ އަދަދުތައް އެކަނި އެއްކޮށްލުމުން އެނގިގެންދަނީ 79.4 މިލިޔަން އިންސާނުން މެރީ އިސްލާމުން ނޫންކަމަށާއި ނަމަވެސް އެހެން ދީންތަކަށް ނިސްބަތްވާ މީހުންކަމެވެ. މިއީ މިހާތަނަށް މުޅި ދުނިޔޭގެ ތާރީޚުގައި އިސްލާމުންނަށް ނިސްބަތްކޮށް ދައްކާ ޖަރީމާތަކާއި އަޅާބަލާއިރު ގާތްވެސް ކުރެވޭނެ ވަރުގެ ޢަދަދެއްނޫނެވެ.

ކަންމިހެން ހުރިއިރު އިސްލާމުންނަށް ނިސްބަތްކޮށް އަނިޔާވެރިއޭ، އަދުލުވެރި ބައެއްނޫނޭ ކިޔޭނެ އެއްވެސް ޖާގައެއްނެތެވެ. އަނިޔާވެރިންނަކީ ވެސް އަދި ޓެރަރިސްޓުންނަކީވެސް، އެ ބަޔެއްގެ އަތްތައް ލެއިން ތެމިފޯވެފައިވާ، ﷲ އަށް އީމާން ނުވާ ކާފަރު ދީންތަކުގެ މީހުންނެވެ. މިއުޅޭ ކާފަރު ބައިގަނޑެވެ.


އަލްއަޚް އިބްރާހީމް

ads

ދާއިރާ:

0 comments:

Post a Comment

 
here it is