Friday, October 28, 2011

މޯލްޑިވިއަން ރެޑްކުރެސެންޓް އެސޯސިއޭޝަންގެ ފަރާތުން ތޮއްޑޫގައި ސާރވޭ އެއް ކުރަނީ


ދިވެހި ރެޑްކުރެސެންޓްގެ ފަރާތުން އއ.ތޮއްޑޫ ގައި ވީ.އެއް.އޭ އެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.  މިގޮތުން މިސާރވޭ ނުވަތަ އެސެސްމަންޓު ހެދުމަށްބޭނުންވާ ކުދިން ތަމްރީނު ކުރުމުގެ ޕްރޮގަްރާމެއްވެސް ދަނީ ގެންދަމުންނެވެ. އަދި މިއަދުގެ ވަގުތެއްގާ ސާރވޭ ގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ.  މިއެސެސްމަންޓަކީ ދިވެހިރާއްޖެއިން ހޮވާލެވުނު 6 ރަށެއްގާކުރިއަށްގެންދާ ސާރވޭ އެކެވެ. މިގޮތުން އއ.ތޮއްޑޫ ނޫން އަނެއް 6 ރަށުގަ ވަނީ މި ސާރވޭ ކޮށްނިމިފައެވެ. މި ސާރވޭގައި ރަށުގެ ހުރިހާ މުއައްސަސާ ތަކަކާއި އިންޓަވިއު ކުރެވޭނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.  އަދިރަށުގާ ހުރި ރައްޔިތުންގެ ގައިގާ ހުރި ގާބިލް ކަމަކާއި ނިކަމެތި ކަމެއް މި ސާރވޭ އިން ދެނެގަނެވޭނެއެވެ. އަދި ވެސް ރަށުގެ ހުރިހާ މައުލޫމާތެއް ރައްޔިތުންގެ ފުށުން އެނގިގެންދާނެއެވެ. މި ސާރވޭގެ ސަބަބުން މުޅި ރަށުގެ މުސްތަގުބަލް ބިނާ ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.އަދި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއްލިބިގެންދާނެއެވެ. ނަމަވެސް މިކަމުގާ  ބައެއްކަހަލަ ދަތި ތައް ހުރިކަންވެސްއެފަރާތުން ހާމަކުރޭ.. މިގޮތުން އާންމު ރައްޔިތުނގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުމެއް މިކަމުގާ ލިބެމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ads

ދާއިރާ:

1 comment:

  1. haadha update nuvaa site ekey. thankolheh gina khabaru genesdheebala

    ReplyDelete

 
here it is