Sunday, May 12, 2013

ފިތުނައިގެ ވަޤުތު ކަންކުރަންވީގޮތް

ފިތުނައިގެ ވަޤުތު ކަންކުރަންވީގޮތް ނިކަން ވިސްނަވާ! حذيفة بن اليمان رضي الله عنه ވިދާޅުވިއެވެ.


 ރަސޫލާ صلى الله عليه وسلم އަށް ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލެވެ! ހަމަކަށަވަރުން ތިމަންމެން ޖާހިލުކަމާއި ނުބައިވެގެންވާ ޙާލަތެއްގައި ވީމުއެވެ. އެއަށްފަހު ﷲ ސުބްޙާނަހޫ ވަތަޢާލާ މިބޮޑުވެގެންވާ ހެޔޮކަން އަހަރުމެންނަށް ދެއްވިއެވެ. މިހެޔޮކަމުގެ ފަހުގައި ނުބައިކަމެއްވޭތޯއެވެ؟" ޙަދީޘް ކުރެއްވި އެވެ. "އާއެކެވެ." ތިމަން ދެންނެވީމެވެ. އެނުބައިކަމުގެ ފަހުގައި ހެޔޮކަމެއް ވޭތޯއެވެ؟

 ޙަދީޘް ކުރެއްވި އެވެ. "އާއެކެވެ. ނަމަވެސް އެހެޔޮކަމުގައި ވަނީ ދުންޖެހިފައެވެ." (އެބަހީ: އެދުވަސްވަރު ރުޅިވެރިކަން އިތުރުވެ ހިތްތައް ފަސާދަވެ ކިލަބުވެފައިވާނެއެވެ.) ތިމަން ދެންނެވީމެވެ. އެއީ ކޮންދުމެއްތޯއެވެ؟ ޙަދީޘް ކުރެއްވި އެވެ. "އެމީހުން ތިމަން ކަލޭގެފާނު ގެންނެވި ތެދުމަގާއެއްގޮތަށް ތެދުމަގެއް ނުދައްކާނެއެވެ.

 އެމީހުންގެ ބައެއް ކަންތައްތައް ރަނގަޅުކަމުގައި އަދި އަނެއްބައި ކަންތައްތައް ގޯސްކަމުގައި ތިބާ ދެކޭނޫއެވެ." ތިމަން ދެންނެވީމެވެ. އަނެއްކާވެސް އެހެޔޮކަމުގެ ފަހުގައި ނުބައިކަމެއްވޭތޯއެވެ؟ ޙަދީޘް ކުރެއްވި އެވެ. "އާއެކެވެ. ޖަހަންނަމައިގެ ދޮރުތައްދޮށުގައި ތިބެ ދީނަށް ގޮވާ ބައެކެވެ. އެއުރެންގެ ގޮވާލުމަށް އިޖާބަދީފި މީހަކު އެއުރެން އެތަނަށް ވައްޓާލާނެތެވެ." ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ. އަހަރުމެންނަށް އެއުރެން ސިފަކޮށްދެއްވާށެވެ.

 ޙަދީޘް ކުރެއްވި އެވެ. "އެއުރެންނަކީ އަހަރުމެންގެ ތެރޭގައި އަހުރެމެންގެ ޤައުމުގެ ބައެކެވެ. އެއުރެން ވާހަކަދައްވާނީ ހަމަ އަހަރުމެންގެ ބަހުންނެވެ." ތިމަން ދެންނެވީމެވެ. އެދުވަސް ތިމަންމެންނަށް ފެނިއްޖެނަމަ ކަލޭގެފާނު އަހަރުމެންނަށް ކަންތައް ކުރުމަށް އަމުރުކުރައްވަނީ ކޮންގޮތަކަށްތޯއެވެ؟

ޙަދީޘް ކުރެއްވި އެވެ. "ކަލޭގެފާނު މުސްލިމުންގެ ޖަމާޢަތާއި އެބައިމީހުންގެ ވެރިޔާއާއި އެކީގައި ވާށެވެ! ތިމަން ދެންނެވީމެވެ. "އެބައިމީހުންނަށް ޖަމާޢަތެއް އަދި ވެރިޔެއްވެސް ނެތިއްޔާ ހަދާނީ ކިހިނަކުން ތޯއެވެ؟ ޙަދީޘް ކުރެއްވި އެވެ. "އެހެންވިއްޔާ ގަހެއްގެ ބުޑުގައި ދަތްއަޅައިގެން އޮންނަންޖެހުނު ކަމުގައިވިޔަސް ތިބާއާ ހަމައަށް މަރު އަތުވެއްޖައުމަށް ދާންދެން އެހުރިހާ ޕާޓީއަކާއި ދުރުހެލިވެގެން ހުންނާށެވެ!"

ލިޔުނީ: އައްޝައިޚް އިބްރާހިމް ފަރީދު އަހްމަދު

ads

ދާއިރާ:

0 comments:

Post a Comment

 
here it is