Saturday, May 4, 2013

ޙަޤީޤީ ޙާދިޘާ: ބަންގިގޮވާމީހާއަށް ބަދުބަސްބުނަމުން ދިޔަ މީހާގެ ވާހަކަ



މައުސޫޢަތުލް ޣަރާއިބުލް ޤިޞަޞްގައި ޑރ.އަހުމަދު ބިން ސާލިމް ގެންނަވާފައިވާ ވާހަކައެއްގައިވެއެވެ. ޒުވާނެކެވެ. އޭނާއަށް ޖެހުނު ހާރޓު އެޓޭކެއްގައި ޒުވާނާ ކުއްލިގޮތަކަށް މަރުވެއްޖެއެވެ. ދެން މިޒުވާނާގެ ޖަނާޒާގައި އޭނާގެ ބޭބެ ވަޅަށް ފޭބުމަށްފަހު މިޒުވާނާ ލަހުދުގެ ތެރެއަށް ލުމަށް ތައްޔާރުވަމުން ދިޔައެވެ.


 އޭރު މިޒުވާނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެއީ ގާތްމީހަކު މަރުވުމަކީ ބޮޑުކަމެކެވެ. ފަހެ އެވަގުތު ކޮޅު މަރުވެފައިވާ ޒުވާނާގެ ބޭބެއަށްވެސް ވީ އުނދަގޫ ވަޤުތުކޮޅަކަށެވެ. މިޒުވާނާ ވަޅުގެ ތެރޭގައި ހުރެ ފަހު ފަހަރަށް ބޭބެގެ މޫނަށް ބަލައިލުމަށް ކަޝްފުކޮށްލިއެވެ. އެވަގުތު ފެނުނު މަންޒަރެއްގެ ސަބަބުން ޒުވާނާގެ ލޮލުން ކަރުނަ ހިކި ބިރުގަންނަގޮތްވެއްޖެއެވެ.

ދެން އަވަސްވެގަތީ އޭނާ ވަޅުލުމަށެވެ. އަދި އަވަސްއަވަހަށް ތަޢުޒިޔާގެ ކަންކަމަށް އަވަސްވެގަތެވެ. ނަމަވެސް ތައުޒިޔާގެ ތެރޭގައި އޭނާއަށް ވިސްނެމުން ދިޔައީ އެކަމާމެދުގައެވެ. އަދި އެޔާއެކު ވިސްނަން ޖެހުނު އަނެއްކަމަކީ ހުރިހާ އަންހެނުންތައްވެސް މަރުވި އޭނާގެ އަޚާއާއި މެދު ރޮމުން ދިޔައިރު އޭނާގެ އަންހުން އެއްވެސް ވަރަކަށް ނުރޯކަން ފާހަގަކުރެވުމުންނެވެ. ދެން އޭނާ އެތަނުން ފޯނުކޮށް އޭނާގެ އަޚާގެ އަންހެނުންގެ އަތަށް ދިނުމަށް އެދުނެވެ.

އަޚު: ތިބާއަށްالله ޖަޒާ އިތުރުކުރައްވާށިއެވެ.
ފިނިވެފައިވާ އަޑަކުން މަރުވި ޒުވާނާގެ އަނބިމީހާ: އަހަރެމެންނަށާއި އަދި ތިބާއަށްވެސް ހެޔޮ ޖަޒާދެއްވާށިއެވެ.
މަރުވެފައިވާ ޒުވާނާގެ ބޭބެ: އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު – ވަޅުލަން އުޅުނު އިރުގައި ވަޅުގެ ތެރޭގައި އާދަޔާ ޚިލާފުކަމެއް ހިނގައިފިއެވެ. ތިބާއަށް މިކަމުގެ އެއްވެސް ކަމެއް އިނގޭހެއްޔެވެ؟

މަރުވެފައިވާ ޒުވާނާގެ އަނބިމީހާ: މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟
މަރުވެފައިވާ ޒުވާނާގެ ބޭބެ: އަހަރެން އޭނާގެ މޫނު ކަޝްފުކުރިއިރު އޭނާގެ މޫނު ވައްތަރުވެފައިވަނީ… އޭނާއަށް ޖުމްލައެއް ފުރިހަމައެއް ނުކުރެވުނެވެ.
އަންހެނުން: މޫނު ކިހިނެއްވީ ހެއްޔެވެ؟ އަހަރެން ގާތުގައި ބުނެބަލާށެވެ.

މަރުވެފައިވާ ޒުވާނާގެ ބޭބެ: އޭނާގެ މޫނުވަނީ ކުއްތާއެއްގެ މޫނު ފަދައިންނެވެ. މިކަމާ ބެހޭ އެއްވެސް ކަމެއް އިނގޭ ހެއްޔެވެ؟
މަރުވެފައިވާ ޒުވާނާގެ އަނބިމީހާ: ތިބާގެ އަޚާ ނަމާދެއް ނުކުރެއެވެ. އަދި އަހަރެން ނަޞީޙަތްދިނަސް އެކަމާއި މެދު ސަމާލުކަމެއް ނުދެއެވެ. އޭގެ ބަދަލުގައި ނަޞީހަތް ދިނަސް ރުޅިއައިސްގެން އަހަރެންނަށް އަނިޔާކުރަނީއެވެ. އަދި އެންމެ ގިނައިން ކުރާ އެއްކަމަކީ ބަންގީގެ އަޑު އިވިއްޖެކަމުގައި ވާނަމަ އަބަދުވެސް
ބުނެއުޅެއެވެ. “އެކުއްތާގެ އަޑު މަޑުކުރުވާށެވެ”
عياذا بالله
ނިމުނީ

މިހަޤީޤީ ޙާދިޘާއިން ލިބޭ ޢިބުރަތް

ނަމާދު އެޅުމުގެ ނުބައިކަން
އަދި ދީނުގެ ޝިޢާރުތައްކަމަށްވާ ބަންގިފަދަ ތަކެއްޗަށް މަލާމާތްކުރުމުގެ ނުބައިކަން
ބަންގި ގޮވާމީހުންގެ މާތްކަމާއި ބެހޭގޮތުން ޙަދީޘްގައި އައިސްފައިވެއެވެ.
عن معاوية رضي الله عنه قال : قال رسول الله صلى الله عليه وسلم : ( المُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقاً يَوْمَ القِيَامَة ) رواه مسلم ( 387 )
މާނައީ: މުޢާވިޔާ ރަޟިޔަالله ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. ޤިޔާމަތްދުވަހުން އެންމެ ކަރުތައް ދިގު ބަޔަކީ ބަންގިގޮވާ މީސްތަކުންނެވެ. “

މިޙަދީޘުގެ މާނައެއްކަމަށް ނަވަވީ ރަޙިމަހުالله ވިދާޅުވަފައިވާ ބަސްފުޅުގެ މާނައިގެ ޚުލާޞާގައިވަނީ ކަރުތައް ދިގުކަމަށް އޮތްބަހުގެ މާނައަކީ ﷲގެ ރަޙުމަތަށް އެންމެ ބޮޑަށް އުއްމީދުކުރާ މީހުންކަމުގައެވެ. އަދި އެއިގެ މާނައަކީ ޤިޔާމަތްދުވަހުން މީސްތަކުންގެ ވެރިންކަމުގައި އެމީހުންވާނެކަމަށްވުންކަމަށްވެސް ބުނެވެއެވެ.

 ސަބަބަކީ ޢަރަބި ބަހުގައި ވެރިން ސިފަކޮށްދޭން ކަރުދިގު ބައެއްކަމަށް ބުނެވެއެވެ. އަދިވެސް އެއީ އެންމެ ޤިޔާމަތްދުވަހުން އެބައިމީހުންނާއި ކިޔަމަންވާ މީހުން އެންމެ ގިނަވާނެ މީހުންކަމުގައިވެސް ބުނެވެއެވެ. އަދިވެސް އެނޫން ތަފުޞީލުތައް އިމާމު ނަވަވީ ބަޔާންކޮށްދީފައިވެއެވެ.

އަދި ނަމާދު އަޅާ މީހުންނާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގައި އައިސްފައިވެއެވެ.
“بَيْنَ الرَّجلِ وَالْكُفْرِ وَالشِّرْكِ تَرْكُ الصَّلَاة” [أخرجه مسلم في صحيحه]
ތަރުޖަމާއީ: މީހާއާއި ޝިރުކާއިކުފުރާ ދެމެދު ވަކިކޮށްދޭ އެއްޗަކީ ނަމާދުއެޅުމެވެ.
و الله أعلم

    ads

    ދާއިރާ:

    0 comments:

    Post a Comment

     
    here it is