Tuesday, October 16, 2012

އިއްޒަތްތެރި ބޭފުޅުން ވިދާޅުވަނީ ޤިޞާޞް ހިފާނެ ގޮތެއް ނެތޭ ކަނޑައެޅިފައެއް! މަރާނީ ރޮދިފަށަކުންތޯ ކަންވާރަކުންތޯ؟ މަރާނެ ގޮތެއް ނެތިގެން އުޅެނީ. މަރާލާނީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލަކީ؟


ސުވާލަކީ: ބައެއް (އިއްޒަތްތެރި) ބޭފުޅުން ވިދާޅުވޭ، ޤިޞާޞް ހިފީމާ ކިހިނެއްހޭ ވާނީ، ދެން ތިމަންނަމެން ކަތިވަޅި ހިފައިގެން ދުވަންވީހޭ، އަނެއް ބޭފުޅުން ވިދާޅުވަނީ ޤިޞާޞް ހިފާނެ ގޮތެއް ނެތޭ ކަނޑައެޅިފައެއް! ޙުކުމް ކުރީމަ އެތަންފީޛު ކުރެވޭނެ ގޮތެއް ނެތޭ، އެމަރާނީ ރޮދިފަށަކުންތޯ ކަންވާރަކުންތޯ؟ އެކަމު އަރުވާލަންވީމަ ޤާނޫނަކު ނޯވޭ މަތިންދާ ބޯޓަކުތޯ؟ ދޯންޏަކުންތޯ ހެލްކޮޕްޓަރުންތޯ ފޮނުވާލާނީ، އެކަމަކު މިހިސާބަށް [ޤިޞާޞް ހިފުމާއި ހަމައަށް] ދިޔައިމާ މަރާނެ ގޮތެއް ނެތިގެން އުޅެނީ. މަރާލާނީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލަކީ؟


 " ފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހިނގަމުންދާ ކަންކަމަކީ އެއްވެސް މީހަކަށް ވަންހަނާ ވެގެންވާ ކަންކަމެއްނޫން. އެކަންތައްތައް އެއްވެސް މީހަކަށް އޮޅިގެންވާ ކަންތައްތަކެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ބަލަންވީ ﷲ ޞުބްޙާނަޙޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިސްލާމީ ޝަރީޢަތް ވަނީ ވަރަށް ފުރިހަމައަށް ބާވާލައްވާފަ. އެއިލާހު ޝަރީޢަތް ބާވާނުލައްވާ އަޅުގަނޑުމެން ދުލެއް ނުކުރައްވާ. ނުވަތަ ޝަރީޢަތުން އަޅުގަނޑުމެންގެ އެންމެހާ އުޅުންތަކަކާއި ގުޅުންތަކެއް ބައްޓަންކުރާނެ އުސޫލުތަކެއް ދޫކޮށްލައްވާފަމެނުވީ، ﷲ ޞުބްޙާނަޙޫ ވަތަޢާލާގެ ނަބިއްޔާ މިދުނިޔެ ދޫކުރައްވާފައިނުވޭ.


 އެކަލޭގެފާނު ދުނިޔެއިން އަވަހާރަވެ ވަޑައިގަތީ އެންމެހާ ޙުކުމްތައް، މުސްލިމުންނަށް ފައިދާ ކުރާނޭ ކަމެއްކަމުގައި ވަންޏާ އެކަން ބަޔާންކޮށްދިނުމަށްފަހުގަ. އަދި އެކަމަކުން މުސްލިމުންނަށް ގެއްލުމެއް ވާކަމެއް ކަމުގައި ވަންޏާ އެކަމެއް ބުނެދިނުމަށްފަހު އެކަން ބަޔާންކޮށްދިނުމަށްފަހުގަ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ކަމެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެ. އިސްލާމްދީނުގެ ފިޤްހް ފޮތްތަކަށް އަޅުގަނޑުމެން ބަލާލަމާ ކިހިނެއްތޯ މިކަންތައްތައް ކުރަންޖެހޭނީ. އަޅުގަނޑުމެން ބަލައިފިންތޯ އެއިންއެއްވެސް ފިޤްހް ފޮތަކަށް. އަޅުގަނޑުމެން އެއިން އެއްވެސް މަސްދަރަކަށް ރުޖޫޢަވެއްޖައިންތޯ؟

 އަޅުގަނޑުމެން މަޞްދަރަކަށް ތުޖޫޢައެއް ނުވަން އަދި! ވީމާ ހަޤީގަތުގަ އަޅުގަނޑުމެން މިކަން ކުރަން ބޭނުންކަމުގައިވާނަމަ، އަޅުގަނޑުމެންނަށް އެކަންތައް ކުރެވޭނެގޮތް އިސްލާމީ ޝަރީއަތުގަ އަންގަވާފައި އެބައޮތް

"އަޅުގަނޑުމެން ވިސްނާލަންޖެހޭ ޤިޞާޞް ހިފުމުގަ (މަރަށް މަރު ހިފުމުގަ) އިސްލާމީ ޝަރީއަތުގަ އެކަންތައްތައް ކުރެވިފައިވަނީ، އިސްލާމީ ޤައުމުތަކުގަ ކުރެވެމުން އަންކަމެއް އެއީ. އަލަށްފެށިގެން އަންނަކަމަކަށް ވާނަމަތާ އަޅުގަނޑުމެންނަށް އޭގައި ގޮތް ނޭނގިގެން އުޅެން ޖެހޭނީ، އެކަމެއް ކުރަންޖެހޭނެގޮތް ނޭނގިގެން އުޅެންޖެހޭނީ، އިސްލާމީ ޝަރީއަތުގައި އިސްލާމީ ޤައުމުތަކުގައި އިސްލާމީ ޝަރީއަތަށް އަލަމުކުރަމުންދާ ޤައުމުތަކުގައި އެކަން ކުރަމުން އެބަދޭ،

"އަޅުގަނޑުމެންނަށް އެއްވެސް ހާލެއްގައި އެކަން ކުރަންޖެހޭގޮތް ނޭނގިގެން އެކަން ނުކޮށްތިބުން އެއީ އުޛުރެއްކަމުގައި އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންގެ މުޖްތަމަޢުއަށް އެކަން [ﷲ ބާވާލެއްވި ޝަރީއާ ޤާއިމް] ކުރަންބޭނުން ކަމުގައި ވާނަމަ ވީހާވެސް އަވަހަކަށް ހަޤީގަތުގައި އެކަން ކުރަންވީ.

 އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކޮންމެފަރުދަކީވެސް މުސްލިމެއްގެ ހައިޘިއްޔަތުން މިޝަރީޢަތް ޤާއިމްކުރަން އެދޭ ، ޝަރީޢަތް ޤާއިމްކުރުމަށް ރުހޭ މީހެއްކަމުގައި ވާންޖެހޭނެ. ޤާއިމްކުރުމަށް ނުރުހޭ މީހެއްކަމުގައި ވާނަމަ އެމީހަކު އަމިއްލައަށް އެމީހެއްގެ ނަފްސާ ސުވާލުކޮށްލަންވީ ތިމަންނަގެ އީމާންކަން މިހުރީ ކިހާ ހިސާބެއްގައިތޯ؟ "

ޖަވާބު: (އައްޝެއިޚް ނިމާލް މުޙައްމަދު) [ޓީވީ އެމް:- އިސްލާމީ ދިރިއުޅުން ޕްރޮޤްރާމް]

ads

ދާއިރާ:

0 comments:

Post a Comment

 
here it is