Wednesday, October 17, 2012

އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް ގަން އެއާޕޯޓަށް ޖެއްސި މައްސަލައިގަ ޑރ.ޝަމްހީދު ކޮމިޓީއަށް


އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމަށް އެއްވެސް ހުއްދައެއް ނުދިނުމަށް ދިވެހި ސަރުކާރަށް އަންގައި މަޖިލީހުން ގަރާރެއް ފާސްކޮށްފައިވަނިކޮށް މި އަހަރުގެ މޭ މަހު އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް ގަމަށް ޖެއްސި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދާއި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން )އޭއައިއޭސީ( އިސް ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.

ކޮމިޓީގެ މުގައްރިރު މޫސާ މަނިކް ( ރީކޯ ) ވިދާޅުވީ ، ޓްރާންސްޕޯޓް މނިސްޓަރާއި އިތުރު ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފަވަނީ އިޒްރޭލްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ކުރީގެ ސަރުކާރުން ( ރައީސް ނަޝީދުގެ ) ހުއްދަ ދީފަވާކަމަށް ތުހުމަތު ކުރެވުމާއި ގުޅިގެން އެކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ގޮތެއް ނިންމަންދެން އިޒްރޭލްގެ ފްލައިޓްތައް ރާއްޖެ އައުމަށް ހުއްދަ ނުދިނުމަށް ކޮމިޓީން ނިންމުމަށްފަހު މަޖްލީހުން ޤަރާރެއް ފާސްކޮށްފަވަނިކޮށް ޤަމު ވައިގެ ބަނދަރަށް އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް ޖައްސާފަވާތީވެއެވެ.
ނަމަވެސް ޝަމްޙީދާއި އިތުރު ބޭފުޅުން ހާޟިރުކުރާޏެ ދުވަހެއް އަދި ނުނިންމައެވެ.
އަދާލަތު ޕާޓީގެ ނައިބް ރައީސް ޑރ. މައުރޫފް ކުރީގެ ސަރުކާރުގެ ވެރިކަމުގަ މަޖްލީހުގެ ސަލާމަތީ ކޮމިޓީއަށް އިޒްރޭލްގެ ޤައުމީ އެއާލައިންގެ ދަތުރުތައް ފަށަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށައެޅުއްވީ 2011 ވަނަ އަހަރުއެވެ. އަދި ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ހުށައެޅި ޤަރާރު މަޖްލީހުން ފާސްކޮށްފަވަނީ މިއަހަރުގެ އެޕްރީލް މަހުއެވެ.
އިޒްރޭލްގެ ގައުމީ އެއާލައންގެ ދަތުރުތައް ރާއްޖެއަށް ފަށަން އުޅޭކަމަށް ބުނެ ކޮމިޓީއަށް ހުށައެޅުނު މައްސަލައާއި ގުޅިގެން ނަޝީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ކޮމިޓީއަށް ހާޟިރުކުރުމުން އެއިއރު ވިދާޅުވީ އިޒްރޭލްގެ ގައުމީ އެއާލައންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސަރުކާރުން ހުއްދަ ދީފަ ނުވާނެކަމަށެވެ.
މި މައްސަލައިގެ އިތުރުން ޑރ.މައުރޫފް ހުށައަޅުއްވާފައިވާ މައްސަލަތަކަކީ އި ޅ. ދިއްފުށިމާދޫގަ އިޒްރޭލުގެ މިލިޓަރީ އައުޓް ޕޯސްޓެއް ގާއިމުކުރުމަށްއޭރުގެ ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނާ މައްސަލައާއި ، ރާއްޖޭގެ ބައެއް ބިންތައް އިޒްރޭލުގެ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް އޭރުގެ ސަރުކާރުން ދޭން އުޅޭކަމަށްބުނާ މައްސަލައެވެ.
އިޒްރޭލްގެ ޖެޓްއައިސްފަވަނީ މެއި މަހުގެ 13 ވަނަ ދުވަހު ޝަންގްރިލާ ވިލގިލި ރިސޯޓަށް  އައި ފަތުރުވެރިންތަކެއް ގޮވައިގެންނެވެ.
މި ޖެޓްގައި އައިސްފަވަނީ އިޒްރޭލުން ފުރައިގެން އެހެންގައުމެއް ޖެއްސުމަށްފަހު ސީދާ ގަމަށެވެ. އަދި
ގަމުން ޖެޓް ފުރާފައި ވަނީ  މެއި މަހުގެ 16 ވަނަ ދުވަހުކަމަށް ނަން ހާމަ ކުރަން ނޭދޭ އޮފިޝަލަކު މެއި މަހުގެތެރޭ މީޑިއަށް ވިދާޅުވެފަވެއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is