Monday, October 29, 2012

” އެމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހޯދަން ހެއްޔެވެ؟“ މިއާޔަތުގެ ތަފްސީރު

امام ابن كثير (رحمه الله)
”أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ“ ”އެމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކޮންފަރާތެއް ހެއްޔެވެ؟“ (ސޫރަތުލް މާއިދާ:50)


ހުރިހާ ހެޔޮކަންތައްތަކެއް އެކުލޭވޭ އަދި ހުރިހާ ނުބައިކަންތައްތަކެއް ނަހީކުރާ ﷲ ގެ ޙުކުމްފުޅުތައް ދޫކޮށްލުން ﷲ އެ ވަނީ ކުށްވެރިކުރައްވާފައެވެ. އެހެންނަމަވެސް އޭގެބަދަލުގައި، މީހުން އެދެނީ އެމީހުންގެ ޢަމިއްލަ އެދުންތަކާއި، ރައުޔުތަކާއި، އަމިއްލައަށް ހަދާފައިވާ ޘަގާފަތަށް (މައްސަލަތައް) ހުށަހެޅުމަށެވެ. މިއީ ﷲ ގެ ދީނުގައި އެއްވެސް އަޞްލެއްވާ ކަންކަމެއް ނޫނެވެ. ޖާހިލިއްޔަ ޒަމާނުގައި އެމީހުން ކިޔަމަންވަމުން ދިޔައީ އަމިއްލަ ރައުޔުތަކާއި، އެދުންތަކުގެ މައްޗަށް ބިނާކޮށް އީޖާދުކޮށްފައިވާ މަގުފުރެދުމާއި ޖާހިލުކަމަށެވެ.

 ތަތާރުން (މޮންގޯލުން) ތަބަޢުވަމުންދިޔައީ އެމީހުންނަށް ”އަލް-ޔާސިގް“ މިފޮތް ލިޔެދީފައިވާ އެމީހުންގެ ރަސްގެފާނު ޖެންގިޝް ޚާންގެ ފަރާތުން ވާރުތަކޮށްފައިވާ ޤާނޫނުތަކަކަށެވެ. މިފޮތުގައި ހިމެނޭ ބައެއް ޙުކުމްތައް އައިސްފައިވަނީ އިސްލާމްދީން، ނަޞާރާދީން އަދި ޔަހޫދީ ދީން ފަދަ ތަފާތު ދީންތަކުންނެވެ. އަދީ މީގެ ގިނަ ޙުކުމްތައް ވަނީ އޭނާގެ އަމިއްލަ އެދުންތަކާއި ރައުޔުގެ މައްޗަށެވެ. އަދި އޭގެ ފަހުން އޭނާގެ ދަރިފަސްކޮޅު، މިޙުކުމްތައް ﷲ ގެ ފޮތާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ ޤާނޫނުތަކުގެ މައްޗަށް އިސްކޮށް (އެމީހުން) ތަބަޢަވާ ޤާނޫނުތަކެއްކަމުގައި ހެދިއެވެ. 

އެހެންކަމުން، މިގޮތަށް ކަންތައްކުރާ ކޮންމެ މީހަކީ، އެމީހަކު އެނބުރި ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ ޙުކުމްފުޅުތަކަށް ރުޖޫޢަވުމަށް ދާންދެން، އެމީހަކާ ދެކޮޅަށް ހަނގުރާމަކުރުން ޙައްޤު ކާފަރެކެވެ. އޭރުން އެއްވެސް ޤާނޫނެއް، ކުޑަވިޔަސް ބޮޑުވިޔަސް، ﷲ ގެ ޤާނޫނު ފިޔަވައި އެހެން ޤާނޫނަކަށް ރައްދެއްނުކުރެވޭނެއެވެ.

 ﷲ ވަޙީކުރައްވާފައިވެއެވެ.
”أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ“
”އެމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟“
މާނައަކީ އެމީހުން އެދެނީ އަދި ބޭނުންވަނީ މިގޮތެވެ. (ޖާހިލިއްޔަތުގެ ޙުކުމެވެ.) އަދި ﷲ ގެ ޙުކުމްފުޅު ދޫކޮށްލުމަށެވެ.
”وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ“
”ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކޮންފަރާތެއް ހެއްޔެވެ؟“
 
ﷲ ގެ ޤާނޫނު ފަހުމްވާ، އަދި އެކަލާނގެއަށް އީމާންވާ ބަޔަކަށް، އަދި ޙުކުމްކުރުމުގައި އެންމެ އިންޞާފުވެރިފަރާތަކީ ﷲ ކަމާއި އަދި އެކަލާނގެއީ މަޔަކު ދަރިއެއްގެ މައްޗަށްވާ އޯގާވެރިކަމަށް ވުރެ އެކަލާނގެ ޚަލްޤުތަކުންގެ މައްޗަށް އޯގާވެރި ފަރާތެއްކަން ޔަޤީންކުރާ ބަޔަކަށް، ޙުކުމްފުޅުގައި އެކަލާނގެއަށް ވުރެ އިންޞާފުވެރީ ކޮންފަރާތެއް ހެއްޔެވެ؟

 ހުރިހާ އެއްޗެއްގެ ފުރިހަމަ ޢިލްމު އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. ހުރިހާ ކަމެއް ކުރުމަށް ކުޅަދުންވަންތަވޮޑިގެންވެއެވެ. އަދި ހުރިހާ ކަމެއްގައި އެންމެ އިންޞާފުވެރި ފަރާތަކީ އެކަލާނގެއެވެ.

އަލްހާފިޡު އަބުލް ޤާސިމް އައްތަބަރާނި އިބްނު ޢައްބާސްގެ ފަރާތުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލު ﷲ ޙަދީޘްކުރެއްވި އެވެ. ”ﷲ އެންމެ ނުރުއްސަވާ މީހާއަކީ ޖާހިލިއްޔަތުގެ ގޮތްތައް ހޯދާ (މުސްލިމް މީހާ) އަދި އެއްވެސް ޙައްޤެއް ނެތި މީހެއްގެ ލޭއޮހޮރުވާލާ މުސްލިމުމީހާއެވެ.“ [އައް-ތަބަރާނީ 374:10]

އަލްބުޚާރީ އަބުލް ޔަމާންގެ ކިބައިން މިޙަދީޘާއި އެއްފަދަ ޙަދީޘެއް ރިވާކުރައްވާފައިވެއެވެ. [ފަތުހުލް ބާރީ 219:12]

ads

ދާއިރާ:

0 comments:

Post a Comment

 
here it is