Thursday, May 31, 2012

ބައްޝާރުގެ ބޮލަށް 450000 އެމެރިކާ ޑޮލަރު!

ސޫރިޔާގެ ރައީސް ބައްޝާރު މަރާލައިފި މީހަކަށް 450000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ސައުދި އަރަބިއްޔާގެ ޝައިހް އަލީ އަލްރުބައީ ވިދާޅުވެއްޖެއެވެ.


 ޝައިހް މިހެން ވިދާޅުވެފައި ވަނީ އެބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް ކަމަށް ސައުދީ ނޫސް ތަކުން ބުނެއެވެ.

ޝައިހް އިތުރަށް ވިދާޅުވެފައި ވަނީ ސޫރިޔާގެ ރައީސް ބައްޝާރު އަކީ ގާތިލެއް ކަމަށާއި އޭނާ އަކީ އެއްވެސް ހައްޤަކާއި ނުލައި ކުޑަކުދިންނާއި އަންހެނުން މަރަމުން ގެންދާ މީހެއް ކަމަށެވެ. ޝައިހް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހުކުރު ދުވަހު ބައްޝާރުގެ ސިފައިން އެގައުމުގެ އާއްމުންގެ ސަތޭކައެއްހާ މީހުން ރަހުމު ކުޑަ ގޮތަކަށް މަރާލައިފައި ވަނިކޮށެވެ.

ސައުދި އަރަބިއްޔާގެ ގިނަ ޝައިހުން ދަނީ ބައްޝާރު މަރާލުމަށް ފާޅުގައި ގޮވާލަމުންނެވެ. އަދި ސޫރިޔާގެ ރައްޔިތުން އެކުރަނީ މަތިވެރި ޖިހާދެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ލިޔުނީ: ޝާހް އަމީރު 

ads

ދާއިރާ:

0 comments:

Post a Comment

 
here it is