އަވަގުރާނަ ނުގޮވާ މިހުންނަނީ ނޭނގޭތީ ނޫންކަމަށާއި އަވަގުރާނަގޮވުމުގެ މުބާރާތެއް ބާއްވައިފިއްޔާ އެންމެ ކުރިއަރާ ދާނެކަމަށް ޑރ. ޒަކަރިއްޔާ ބުނެފިއެވެ.
ފުލުހުންގެ އިސްކަންދަރުކޮށި 1 ގައި ހެނދުނު 9:30 ގައި ބޭއްވި ދީނީ ދަރުސުގައި ވާހަކަދައްކަމުން ޑރ.ޒަކަރިއްޔާ ބުނީ އޭނާ ޝައިޚަކަށްވުމުގެ ކުރީގައި އޭނާއަށް ނުގޮވޭ އަވަގުރާނެއް ނުހުންނާނެކަމަށެވެ.
"އަޅުގަނޑު ޝައިޚަކަށް ވުމުގެކުރިން އަޅުގަނޑަށް ނުގޮވޭ އަވަގުރާނެއް ނުހުންނާނެ އަޅުގަނޑު އަވަގުރާނަ ނުގޮވާމިހުންނަނީ އަޅުގަނޑަށް ނޭނގޭތީއެއްނޫން، ހަމަފިސާރިތެދެއް މިބުނީ މިހާރުވެސް މުބާރަތެއް ބާއްވައިފިއްޔާ އަޅުގަނޑަށްވުރެ ކުރިއަރާދާމީހަކު ނުހުންނާނެ އެކަމުގައި" ހުރިހައި ފުލުހުން ހެއްވާލުމުގެ ބޭނުމުގައި ޒަކަރިއްޔާ ބުންޏެވެ.
މިއަދު ބޭއްވި ދަރުސަކީ ފުލުހުންގެތެރޭގައި ތުނބުޅި ބަހައްޓަން ބޭނުންވާކުދިން ގިނަވަމުންއަންނާތީ އެކަމުގެ ބިރު ބައެއް ވެރިންގެހިތުގައި ބޮޑުވުމުގެސަބަބުން ތުނބުޅިބޭލުމަކީ އިސްލާމްދީނުގައި ހުއްދަަމެއްކަމަށްބުނެ ފަތުވާދިނުމަށް ދެ ޑޮކްޓަރުންކަމަށްވާ ޑރ. އަފްރާޝީމާއި ޑރ. ޒަކަރިއްޔާގެނެސް ބޭއްވިދަރުސެކެވެ. މިއަދުގެ ދަރުސް ކުރިއަށްދަނިކޮށް ފުލުހުންގެ ބައެއްކުދިންވަނީ އެޖަލްސާ ދޫކޮށް ގޮސްފައެވެ. ތުބުޅިބެހެއްޓުމަށް އެންގެވި ސަބަބާ ބެހޭގޮތުން، ތުބުޅިއާބެހޭގޮތުން ރާއްޖޭގެ އެހެން ބައެއްއިލްމުވެރިން ލިޔުއްވާފަވާ ތިރީގައި މިވާފަދަ އެތައް ލިޔުއްވުންތަކެއް ފެންނަން އެބަހުއްޓެވެ. މިހެންކަމަށްވާނަމަ މިތަނުން މިފަދަ ކަންކަމުން ލާދީނީ ފިކުރުތަކަކީ ކޮބައިކަން ފިގުހު އެކަޑަމީން ނުވަތަ އިސްލާމްދީން ހިމާޔަތްކުރާން ނުކުތް އިއްތިހާދުގެ ހަރު އަޑުމިހާރު ދެނެގަންނާނީ ކިހިނަކުންތޯއެވެ؟
ސުވާލު:
ތުނބުޅި ބެހެއްޓުމަށް އެންގެވި ސަބަބު ބުނެދެއްވަ ފާނަންތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ތުނބުޅިއަކީ މާތް ﷲ ފިރިހެނުންނަށް ޚާއްސަ ކުރައްވާފައިވާ ޒީނަތެކެވެ. ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުމަކީ ފިރިހެނުންގެ ފިޠުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެކެވެ.
عَائِشَةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. ((عَشْرٌ مِنْ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ …)) صحيح مسلم. މާނައީ: "ދިހަކަމެއް ފިތުރަތުގެ ތެރެއިން ވެއެވެ. (އޭގެ ތެރޭގައި) މަތިމަސް ކޮށުމާއި ތުނބުޅި ދިގުކުރުން.." ވެއެވެ.
އެހެންކަމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުންގެ ތުނބުޅިފުޅު ދިގުކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ އަޞްޙާބުންނަށާއި މިއުންމަތުގެ މުއުމިނުންނަށް ތުނބުޅި ދިގުކުރުމަށާއި މަތިމަސް ކުރުކުރުމަށް އަމުރު ކުރައްވާފައި ވެއެވެ. އަދި އެއާއި ޚިލާފުވުން ނަހީކުރައްވާފައިވެއެވެ. އޭގެތެރެއިން އެއް ބަސްފުޅަކީ البخاري އާއި مسلم ދެބޭފުޅުން ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކުރައްވާފައި ހަދީޘެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައި ވެއެވެ. ((انْهَكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) މާނައަކީ: "މަތިމަސް ކުރުކުރާށެވެ! އަދި ތުނބުޅި ދިގުކުރާށެވެ!"
ތުނބުޅި ދިގުކުރުމަކީ މުއުމިނުންގެ ސިފައެކެވެ. އަދި އެއާ ޚިލާފުވުމަކީ މުޝްރިކުންނާއި ކާފަރުންނާއި މަޖޫސީންގެ އާދައަކެވެ. އެހެންކަމުން އެބައި މީހުންނާއި ޚިލާފުވުމަކީވެސް ކޮންމެހެން ލާޒިމު ކަމެކެވެ. އެކަމަށް އަމުރު ކުރައްވައި އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައި ވެއެވެ. ((خَالِفُوا الْمُشْرِكِينَ وَفِّرُوا اللِّحَى وَأَحْفُوا الشَّوَارِبَ)) البخاري ومسلم. މާނައީ: "ތިޔަބައިމީހުން މުޝްރިކުންނާއި ޚިލާފުވާށެވެ! ތުނބުޅި ދިގުކުރާށެވެ! އަދި މަތިމަސް ކުރުކުރާށެވެ!"
އަނެއް ހަދީޘެއްގައި أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ)) صحيح مسلم (ج 2، ص 73) މާނައަކީ: "މަތިމަސް ކޮށާށެވެ! އަދި ތުނބުޅި 'އިރްޚާ' ކުރާށެވެ! (އިރްޚާ އަކީ: އެއްޗެއް އެލުވައިލުމެވެ. އޭގެ ދިގުމިނުގައި ދޫކޮށްލުމެވެ. މާނައަކީ އެލިފައިވާނެހެން ދިގުކުރާށެވެ!) އަދިވެސް ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. ((أَنَّهُ أَمَرَ بِإِحْفَاءِ الشَّوَارِبِ وَإِعْفَاءِ اللِّحْيَةِ)) "ހަމަކަށަވަރުން މަތިމަސް ކުރުކުރުމަށާއި ތުނބުޅި މާފުކުރުމަށް (ދިގުކުރުމަށް) އިތުރުއެކަލޭގެފާނުން އަމުރު ކުރައްވާފައިވެއެވެ." މިހަދީޘް ރިވާކުރައްވާފައި مسلم (ج 2، ص 71) އެވެ.
ތުނބުޅި ދިގުކުރުމަކީ އިތުރުއެކަލޭގެފާނުން އަމުރުކުރައްވާފައިވާ ވާޖިބެއްކަމާއި އެއާއި ޚިލާފުވުމަކީ ނަހީކުރެވިފައިވާ ކަމެއްކަމުގައި އިސްވެދިޔަ ހަދީޘްތަކުން ޞަރީހަކޮށް އިނގެއެވެ. އަދިވެސް އިތުރު އެކަލޭގެފާނުންގެ ސުންނަތާއި އަސްހާބުބެއިކަލުންގެ އަޘަރުތަކާއި އޭގެފަހުގެ ސަލަފުއްޞާލިހުންގެ އިލްމުވެރި އިމާމުންނާއި އެއްމެހައި ފިގުހުވެރިންގެ އަރިހުން ތުނބުޅި ދިގުކުރުމުގެ ވާޖިބުކަމާއި އެއާއި ޚިލާފަށް ތުނބުޅި ބޭލުމާއި ކުރުކޮށް ކޮށުމަކީ ހަރާން ކަމެއްކަމުގައި އެތަކެއް ރިވާޔަތަކާއި ބަސްފުޅެއް ވާރިދުވެފައިވެއެވެ. އުންމަތުގެ ހަތަރު އިމާމުންނާއި އެބޭފުޅުންނަށް ތަބާވާ ހަތަރު މަޛުހަބުގައިވެސް ވަނީ މިފަދައިންނެވެ. އިހުގެއާއި ފަހުގެ ބޮޑެތި ގިނަ ޢިލްމުވެރި ބޭފުޅުންނާއި ފަތުވާ ކޮމެޓީތަކުންވެސް ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުމަކީ ވާޖިބެއް ކަމާއި ތުނބުޅި ބޭލުމަކީ އަދި ކުރުކޮށް ނުވަތަ ތުނިކޮށް ކޮށުމަކީ ހަރާމް ކަމެއް ކަމުގައި ފަތުވާ ދެއްވާފައިވެއެވެ.
ތުނބުޅި ކޮށުން ހުއްދަވާނެ މިންގަނޑެއްކަމުގައި ބައެއް ތަޙުގީގުގެ ޢިލްމުވެރިން ބަޔާންކޮށްފައިވާ އެއްމެ ކުރުމިނަކީ މުށްފުރެންދެން ހިފެހެއްޓުމަށްފަހުގައި އިތުރުވާބައެވެ. އެއީ عبد الله بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا އާއި އަދިވެސް އެހެން ބައެއް ސަލަފުންގެ އަރިހުން ވާރިދުވެފައިވާ ކަމެއް ކަމުގައި ވާތީއެވެ. އަދި އާދަޔާއި ޚިލާފަށް ދިގުވާ ތުނބުޅިއެއް ނަމަ އަތުން ހިފަހަށްޓާފައި ކޮށައިލުމުންވެސް ދިގު ތުނބުޅިއެއްކަމުގައި އިތުބާރު ކުރެވޭތީއާއި ތުނބުޅި ދިގުކުރުމަށް އައިސްފައިވާ އިސްވެދިޔަ އަމުރުފުޅުތަކާއި ޚިލާފު ނުވާކަމަށްޓަކައި ބައެއް ޢިލްމުވެރިން އެމިންވަރަށް ކޮށުން ހުއްދަ ކުރައްވައެވެ. ވީމައި ދަލީލުތަކުން ޘާބިތުވާ މިންވަރަކީ މިއެވެ. މުށަށްވުރެ ކުރުކޮށް ނުވަތަ ތުނިކޮށް ކޮށިދާނެކަމުގައި ބުނެވޭ ހުރިހާ ބަސްތަކަކީ އެބަސްތައް ބުނާ ބޭފުޅުންގެ އަމިއްލަ ޚިޔާލެވެ. އެއްވެސް ހުއްޖަތެއް އަދި ދަލީލެއް ނޫނެވެ.والله أعلم، وصلى الله على محمد وآله وسلم
ޖަވާބު:އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
0 comments:
Post a Comment