Sunday, May 20, 2012

ޖަވާބު އެންމެ ބޮޑަށް އޮޅުވާލެވިފައިވާ ސުވާލު: މިޒަމާނުގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރާނީ ކިހިނެތް؟


 شيخ انور العولقي (رحمه الله)
( މިހާރަކަށް އައިސް މުސްލިމުންގެ ތެރޭގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ އިސްލާމީ ޝަރީޢަތް މުސްލިމު ބިންތަކުގައި ތަންފީޛު ކުރާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމީ ޝަރީޢަތް ގެނައުމަށްޓަކައި މިވަގުތު މުސްލިމުންތައް ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ 


މި މުހިއްމު ސުވާލަށް، ޢާންމުގޮތެއްގައި ދެމުން އަންނަ ޖަވާބުތައް ތިރީގައި ބަޔާން ކޮށްލަމެވެ.
1ތަރުބިއްޔަތާއި ތަޢުލީމު ދިނުމުންނެވެ. އޭގެ ސަބަބުން، އަހަރެމެންގެ ޙާލަތު ކޮންމެސް ޒަމާނަކުން ބަދަލުވެ، އިސްލާމީ ވެރިކަމެއް އަމިއްލައަށް އުފެދޭނެއެވެ. އަދި މިކަމުގައި އަނެއްބަޔަކު ދެކޭ ގޮތަކީ އުއްމަތް ޢަދުއްވުންނާއި ހަނގުރާމަ ކުރުމަށް ތައްޔާރުވަންދެން، ތަރުބިއްޔަތާއި ތަޢުލީމު ދިނުމުގައި ތިބުމެވެ.

 2   ޑިމޮކްރަސީގެ ނިޡާމުގެ ތެރެއަށް ވަދެ، ބާރު ހޯދުމަށް ފަހު، އިސްލާމީ ޝަރީޢަތް ގެނައުމަށް މަސައްކަތް ކުރުމުންނެވެ.

.3 މަޝްހޫރު ޖަމާޢަތެއް ކަމުގައިވާ ޙިޒްބުއްތަޙްރީރް ގެންގުޅޭ އުޞޫލުގެ މަތީންނެވެ. އެއީ އިސްލާމީ ޝަރީޢަތާއި ބެހޭގޮތުން    އުއްމަތް ހޭލުންތެރި ކުރުވާ، ސިޔާސަތާއި ބެހޭގޮތުން މުސްލިމުން ހޭލުންތެރިކޮށް، ނުޞްރަތު ހޯދުމަށް މަސައްކަތްކުރުމުންނެވެ. އަދި މައިގަނޑު ގޮތެއްގައި މުޒާހަރާތަކާއި އިޙްތިޖާޖުގެ ހިނގާލުންތައް ބާއްވައިގެން އިސްލާމީ ޝަރީޢަތަށް އެދި ގޮވަމުންނެވެ.

4އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމަށްޓަކައި ﷲގެ މަގުގައި ހަނގުރާމަ ކުރުމުންނެވެ.

ކޮންމެއަކަސް މުސްލިމުންގެ މެދުގައި، މިމުހިންމު ނިންމުމާއި މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، މަތީގައި ދެންނެވުނު ގޮތްތަކުގެ ތެރެއިން މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަޔާން ކުރައްވަމުން ޝެއިޚް އިމާމް އަލް އަންވަރު އަވްލާޤީ (حفظه الله) ވިދާޅުވިއެވެ.

"ފުރަތަމަ ގޮތާއި މެދު ދަޢުވާ ކުރާ މީހުންނަށް، އުއްމަތަށް ދުވަހަކުވެސްކުރިއެރުމެއް ދެވިފައެއް ނެތެވެ. އެކަށީގެންވާ ތަރުބިއްޔަތު ދެވުމުން، އެތަރުބިއްޔަތްތައް، ތަންފީޛުކުރުމުގެ މަރުޙަލާއަށް ދަތުރުކުރުމުގެ ވަގުތު ޖެހުމުންވެސް، އެމީހުން ތިބެނީ އެކަމަށް އެއްވެސް ފިޔަވަޅެއްނާޅާ ހަމައެތިބި، ތަރުބިއްޔަތުގެ މަރުޙަލާގައެވެ. ހަމަ މިއާއިއެކު އެމީހުން ޖިހާދުކުރުމާއި ދެކޮޅު ހަދާނެއެވެ.

އެމީހުންނަށް އެންމެ ބޮޑަށް އޮޅިފައިވާ ނުކުތާއަކީ، ތަރުބިއްޔަތުގެ މަރުޙަލާއަކީ އެންމެ ޖީލަކަށްވާ މަރުޙަލާއެއްކަމެވެ. އަދި ތަރުބިއްޔަތުގެމަރުޙަލާއަކީ އެތައް ޖީލަކަށް އޮންނަ މަރުޙަލާއެއް ނޫނެވެ. މާނައަކީ ރަސޫލު ﷲ (صلى الله عليه وسلم) ގެނެސްދެއްވި މިއުއްމަތަށް ގެނެސްދެއްވިބަދަލު، ފެއްޓެވީ ތަރުބިއްޔަތުންނެވެ. އަދި ނިންމެވީ ޖިހާދުންނެވެ. އަދި އެކަންތައްތައް ހިނގީ އެންމެ ޖީލެއްގެ މުއްދަތުގެ ތެރޭގައެވެ.
އެހުރިހާ ކަމެއް ހިނގީ އެންމެ 23 އަހަރުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެއުއްމަތަށް އައި ކޮންމެ ހެޔޮ ބަދަލެއް އައިސްފައިވަނީ، އެންމެޖީލެއްގެ މުއްދަތުގެ ތެރޭގައެވެ. ތާރީޚް މިކަމަށް ހެކިދޭނެއެވެ.

ޑިމޮކްރަސީގެ ތެރެއަށް ވަދެގެން ބަދަލު ގެނައުމަށް މަސައްކަތް ކުރާ ފަރާތްތައް، އެކަން ފަށައިފައިވަނީ، ޑިކޮމްރަސީގެ ނިޡާމަކީ ކުފްރުގެ ނިޡާމެއް ކަމަށް ބުނަމުންނެވެ. އަދި އެމީހުން އެނިޡާމު ޤަބޫލުނުކުރާ ކަމަށާއި، އެހެންނަމަވެސް އެމީހުން އެނިޡާމު ބޭނުން ކުރަނީ، ހަމައެކަނިބާރު ހޯދުމަށް ކުރާ ދަތުރުގައި، ވަޞީލަތެއްގެ ގޮތުގައެވެ. އަދި އެމީހުންގެ ދަޢުވާ އަކީ ބާރު ލިބުމުން، އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމެވެ.

އައްޑިހައިގެ އަހަރު ތަކުގައާއި ނުވަދިހައިގެ ކުރީ ކޮޅުގައި، އަލްއިޚްވާނުންގެ ކޮންމެ މެމްބަރެއްގެ ފަރާތުން އަހަންނަށް އަޑު އިވުނީ ހަމަ މިފަދައިންނެވެ. ސަލަފީން މިކަމާއި ޚިލާފުވުމުން ބޭއްވުނު ޢާންމު މަޝްވަރާތައް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

އަދި އަލްއިޚްވާނުންގެ ބައެއް ޝެއިޚުންނާއި އެކު ބޭއްވުނު ޚާއްޞަބައްދަލުވުންތައް މަތީންވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އެބައްދަލުވުންތަކުގައި ޝެއިޚުން، ތަކުރާރު ކޮށް ބުނަމުން ދިޔައެވެ. "ޑިމޮކްރަސީ އަކީ ލާދީނީ އެއްޗެއް، އެހެންނަމަވެސް އިންތިޚާބުތަކުގައި އަހަރެމެން މިބައިވެރިވާ ސަބަބަކީ، އަހަރެމެންގެ ނިޔަތަކީ މިނިޡާމު ބަދަލުކޮއްލުން ކަމަށްވާތީއެވެ."

މިކަމާއި ގުޅޭގޮތުން ފުރަތަމަ ބުނެލަންއޮތީ: ޑޮމޮކްރަސީގެ ތެރެއަށް ވަދެއަދި އެނިޡާމުގެ ބޭނުން ކުރަމުންނާއި، އެނިޡާމުގެ އަހުލުވެރީން ކަމަށް ދަޢުވާކުރުމަށް ފަހުގައި، ދެން ޑިމޮކްރަސީ ޤަބޫލުނުކުރަމޭ ބުނުމަކީ ބޮޑު އޮޅުވާލުމެކެވެ. އަދި ބޮޑު ދޮގެކެވެ.

މުސްލިމުން، ކާފަރުންނާއި އެކު ހަނގުރާމަ ނުކުރާހާ ހިނދަކު، ޢަދުއްވުންނަށް އޮޅުވާލުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް މިކަމުގައި މައްސަލައަކީ، ޑިމޮކްރަސީގައި ބައިވެރިވެގެން މިއުޅޭ ޕާރޓީ ތައް ޤަބޫލު ކުރާގޮތުގައި، މިއަދު މުސްލިމުންނާއި ކާފަރުންނާއި ދެމެދުވަނީ މުޢާހަދާ (އެގްރީމެންޓް) ހެދިފައެވެ. އަދި މުސްލިމުން މިތިބީ ކާފަރުންނާއި އެކު ހަނގުރާމައިގެ ޙާލަތުގައި ކަމަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.

އެހެންކަމުން އަހަރެމެން ކާފަރުންނާއި އެކު މުޢާހަދާއެއްގައި ތިބި ނަމަ، އެމީހުންނަށް ދޮގު ހެދުމާއި އޮޅުވާލުން ހުއްދަ ވެގެންނެއް ނުވެއެވެ.
ދެވަނަ މައްސަލައަކީ: ތިމާމެން އެތައް ޒަމާނެއް ވަންދެން ތަކުރާރު ކުރަމުންގެންދާ ދޮގެއް، އާޚިރުގައި ތިމާމެންވެސް އެދޮގަށް އީންމާންވުމެވެ. މިފަދަ ޕާރޓީތަކާއި ޖަމާޢަތްތައް އައްޑިހައިގެ އަހަރުތަކުން ފެށިގެން ދަންނަ ބޭބޭފުޅުންނަށް އެބޭފުޅުން ހައިރާންކުރަނިވި މިންވަރަކަށް، އެމީހުންނަށް (އެފަދަ ޖަމާޢަތްތަކަށް) އައިސްފައިވާ ބަދަލުތައް ފެނިގެންދާނެއެވެ.

މިހާރު އެމީހުންގެ ވެރިންގެ ފަރާތުން، އަޑު އިވެނީ އެމީހުން ހަމަ ހަޤީޤަތަށްވެސް ޑިމޮކްރަސީގެ ނިޡާމް ޤަބޫލުކުރާ ވާހަކައެވެ. މިފަދައިންއެމީހުން ބުނަނިކޮށް އަހަރެން އެތައް ފަހަރަކު އަޑުއަހައިފީމެވެ.
"އަހަރެމެން ވޯޓުލުން ޤަބޫލުކުރަން، އަދި މިވޯޓުން ނިންމާ ގޮތަކީ ދުނިޔަވީނުވަތަ ކުފުރުގެ ޕާރޓީއަކަށް ވެރިކަން ދިނުންކަމުގައިވީނަމަވެސް އަހަރެމެން އެގޮތާއި މެދު ރުހި ޤަބޫލު' މިފަދައިން އެމީހުން ބުނެއެވެ.

މުސްލިމެއްގެ ޙައިޞިއްޔަތުން، މީހުންގެ ހަވާނަފުސަށް އެދޭ ގޮތްތައް އަހަރެމެން ޤަބޫލުކޮށްގެން ނުވާނެއެވެ. 'އެމީހުން އެގޮތް ޚިޔާރުކޮށްފި ނަމަ، އަހަރެމެން އެކަން ތަންފީޛު ކުރާނަން، އަދި އެމީހުން އެގޮތް ޚިޔާރުނުކޮށްފިނަމަ، އަހަރެމެން ޤަބޫލުކުރާނީ ބޮޑު ބައިގަނޑު ބުނާ ގޮތް"
އަހަރެމެންގެ މައްޗަށްވާ ގޮތަކީ ބޮޑު ބައިގަނޑު އެކަމާއި ރުހުނަސް، ނުރުހުނަސް، ކަނޑި (ޖިހާދު، ބާރު) ބޭނުންކޮށްގެން، ﷲގެ ޝަރީޢަތް ޤާއިމުކުރުމެވެ. ބޮޑު ބައިގަނޑު އެކަމަށް އެދެން ދެކަށް، އިސްލާމީ ޝަރީޢަތް ޤާއިމު ނުކޮށް އަހަރެމެން ތިބެގެން ނުވާނެއެވެ.

ނަބީ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. "ތިމަންކަނޑިއަކާއެއްކޮށް ފޮނުއްވުނީ، މީސްތަކުން ﷲ އެކަނި އަޅުކަން ކުރުމަށް ދާންދެނެވެ.
އެހެންކަމުން އަހަރެމެންވެސް ތަބަޢުވާންޖެހޭ މަގަކީ ނަބީ (صلى الله عليه وسلم) ދެއްކެވި މަގެވެ.

އެންމެ ފަހު މައްސަލައަކީ: ބައެއްގެ ތެރެއަށް ވަދެގަނެގެން އުޅުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. އެފަދަ ނިޡާމުތަކުގެ އެތެރެއަށް ވަދެގެން އެމީހުންގެ މަސައްކަތުގައި ބައިވެރިވުމަކީ އަހަރެމެންގެ ގޮތެއް ނޫނެވެ. އެއީ ޔަހޫދީންނާއި މުނާފިޤުންގެ އުޞޫލުތަކެވެ. އެއްވެސް ޙާލެއްގައި މުސްލިމުންގެ ގޮތެއް ނޫނެވެ.

އަހަރެމެންނަކީ އަހަރެމެންގެ އެކުވެރިންނާއި އަދި ޢަދުއްވުންގެ ކުރިމަތީގައި ވަރަށްވެސް ތެދުވެރި އަދި ޞަރީޙަ ބަހުން ތެދުބުނާ ބައެކެވެ. އަހަރެމެން އަހަރެމެންގެ ނިޔަތްތައް ހުޅުވާލަމެވެ. އަދި އަހަރެމެންގެ ދަޢުވަތު ފާޅުގައި އަހަރެމެން އިޢްލާނު ކުރަމެވެ. ' އެހެނީ :
لَكُمْ دِينُكُمْ وَلِيَ دِينِ
ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށްތިމަންކަލޭގެފާނުގެ ދީނެވެ.
(ސޫރަތުލް ކާފިރޫން 6)

އެމެރިކާ ނުވަތަ އެހެނިހެންވެސް ތަނެއްގައިވާ ނިޡާމެއްގެ ތެރެއަށް،އަހަރެމެން ވަދެގެން ނުވާނެއެވެ. އަދި މިއާ ޚިލާފަށް ޔަހޫދީން ވަނީ އެމީހުން، އެސަރުކާރެއްގެ ދަށުގައި އުޅެން ޖެހުނު ހުރިހާ ސަރުކާރުތަކެއްގެ ތެރެއަށް ވަދެގަނެފައެވެ. އެގޮތުން އަންދަލުސް އާއި ޢުޡްމާނީ ޚިލާފަތުގައި ވެސް އެމީހުން އެސަރުކާރުތަކަށް ވަދެގަތެވެ. ހަމަ އެހެންމެ މިއަދުގެހުޅަނގުގެ ސަރުކާރުތަކުގައި ވެސް މެއެވެ.

އެމީހުންގެ (ޔަހޫދީން) ތެރޭގައި ފޮރުވިފައިވާ ރޭވުންތަކެއް ވެއެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި އެފަދަ ރޭވުންތަކެއް އޮވެގެން ނުވާނެއެވެ. ޔަހޫދީންނާއި، މުނާފިޤުންނާއި އެމީހުންގެ އަޢުވާނުންތައް، ރަސޫލު ﷲ (صلى الله عليه وسلم) ގެ ވެރިކަމުގެ ތެރެއަށް ވެސް ވަދެގަންނަން މަސައްކަތް ކުރިއެވެ. އަދި ﷲތަޢާލާ ވަނީ ޤުރުއާނުގައި އެކަން ބަޔާންކުރައްވާފައެވެ.

وَقَالَتْ طَائِفَةٌ مِنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنْزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ
ފޮތުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު (އެބައިމީހުންގެ އެއްބަޔަކުއަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. އީމާންވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ ޤުރުއާނަށް) ދުވާލުގެކުރީކޮޅުގައި ތިޔަބައިމީހުން އީމާންވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި، ތިޔަބައިމީހުން (އެއަށް) ކާފަރުވާށެވެ! އެއީ، އެބައިމީހުން (އެބަހީ މުއުމިނުން އެބައިމީހުންގެ ދީނުން) އެނބުރި ރުޖޫޢަވޭތޯއެވެ.
(ސޫރަތު އާލް ޢިމްރާން 72)

އެގޮތުން އެމީހުން، ފުރަތަމަ ކޮޅުގައި އެމީހުން އައީ، އީމާންވެގެން ތިބި ބައެއްގެ ގޮތުގައެވެ. އެއަށްފަހު އާޚިރުގައި އެމީހުން ދަނީ އެއީމާންކަމަށް ކާފަރުވެގެންނެވެ. މީގެއިތުރުން، މުއުމިނުން ދައްކާ ވާހަކަތައް، ޔަހޫދީންނަށް ކިޔަދިނުމަށްޓަކައި މުއުމިނުންނާއި އެކު އެއްމަޖުލީހެއްގައި އިށީންނަ، މުނާފިޤުންނާއި ބެހޭގޮތުންވެސް ﷲ ތަޢާލާވަނީ އަހަރެމެންނަށް އަންގަވާފައެވެ.
އެހެންކަމުން، އެފަދަ ނިޡާމުތަކަށް ވަދެގެން، ބަދަލުގެނައުމަށް ދަޢުވާ ކުރާ މީހުންނަކީ މުސްލިމުންގެ މަގުން ހިނގާ ބައެއް ނޫނެވެ.

 އަދި އެމީހުންނަކީ މުސްލިމުން އުޅޭ ގޮތަށް އުޅޭފަދަ ބައެއްނަމަ، އެމީހުންގެ އެކަމުގައި ނާކާމިޔާބުވާނެއެވެ. އެހެނީ މުސްލިމުންގެ އަޚްލާގީ މިންގަނޑު އެފަދަ ބައެއްގެ ތެރޭގައި މަސައްކަތެއް ނުކުރާނެއެވެ.
އަދި އެމީހުން މިވަދެގަތުމުގައި (ޑިމޮކްރަސީގެ ނިޡާމުގެ ތެރެއަށް) ކާމިޔާބުވެއްޖެނަމަ، އެކަމަކީ އެމީހުންގެ އުޅުމާއި، އަޚްލާޤު ޔަހޫދީންނާއި މުނާފިޤުން ފަދައިން ބަދަލުވެއްޖެ ކަމުގެ ހެއްކެކެވެ.

މިކަމާއި ގުޅޭ އަނެއްކަމަކީ، އިސްލާމީ އެކިއެކި މާހައުލުތަކުން އައިސްތިބި އެތައްބަޔަކު، މިފަދަ ނިޒާމު ތަކުގެ ތެރޭގައި އެތަށް ޒަމާނެއް ހޭދަކުރުމަށްފަހު، އާޚިރުގައި، އެމީހުން މިއަދު ބަދަލުވެފައިވަނީ ސިޔާސީ މީހުންނަށެވެ. މިއަދު އެއީ ދީނީ މީހުނެއްނޫނެވެ. އަދި އެމީހުންވަނީ އިދިކޮޅު މާނަތަކާއި އެކު (ޑިމޮކްރަސީގެ) ބަސްބަދަލުކޮށްފައެވެ. އެއީ އޮޅުވާލުމާއި، ދޮގުހެދުމުންނާއި، އޭގެކުލަތަކަށް ބަދަލުގެނައުމުންނެވެ.

އެމީހުންނަކީ މީގެ ކުރީގައި، އިސްލާމީ އެކިއެކި ޙަރާކާތްތަކުގައި ތަރުބިއްޔަތުގެ ގިނަ ކަންތައްތަކެއް ކޮށްފައިވާ ބަޔަކަށްވެސް ވެދާނެއެވެ. ނަމަވެސް އެމީހުންގެ ސިޔާސީ ދައުރަށް ފަހުގައި މިއަދު އެމީހުންވަނީ، އެމީހުން ބަދަލުކުރަން އުޅުނު ކަންތަކުގެ މައްޗަށް ހިޔަޅެއް ފަދައިންނެވެ.

މިކަންތައް މިފަދައިން ވަނިކޮށް، އަހަރެންގެ އަމިއްލަ ލޮލުން އަހަރެން ދުށީމެވެ. ޔަމަނުގެ އިސްލާމީ ޙަރަކާތުގެ އިސްވެރިއެއް ވެސް ބުނިފަދައިންނެވެ. "އަހަރެމެން ކަންބަޅިއެއްފަދައިން އެމީހުން މިފޮނުވަނީ، ހިޔަޅުތަކެއްގެ ދުނިޔެއަށެވެ. ދެން އެއަށްފަހު، އެހިޔަޅުތައް އަހަރެމެންގެ ފަހަތުން އައިސް އަހަރެމެން އެއްކޮށް ކާލާ ކަށިކޮޅަކަށް ހަދާލައެވެ."

މިކަމުގެ ދިރިހުރި މިސާލެއް ބަލަން ބޭނުން ނަމަ ސޫދާނާއި ތުރުކީއަށް ބަލާށެވެ. އެދެޤައުމުގައި، ވެރިކަންކުރަމުންދާ ދެ ޕާރޓީއަކީ ވެސް އެމީހުންގެ ފެށުމުގައި، އިސްލާމީ ޕާރޓީތަކެކެވެ. އަދި އެމީހުންވެސް އާޚިރުގައި ނިމިގެންދިޔައީ އެހެންމީހުންނެކޭ ވެސް އެއްފަދައިން އެކުނި، ފަސާދަ މާޙައުލަށް ތަބަޢުވެގެންނެވެ.(ހުޅަނގުގެ ޑިމޮކްރަސީ އަށް ތަބަޢުވެގެންނެވެ.)
ޙިޒްބުއްތަޙްރީރާއި ބެހޭގޮތުން ބުނެވޭނީ ނުވަދިހައިގެ ކުރީކޮޅުގައި އެޖަމާޢަތުގެ އިސް މެންބަރުންނާއި އަހަރެންނާއި ބައްދަލުވިއެވެ. 

އެމީހުން،އަހަންނަށް ފާހަގަ ކުރެވުނީ ވަރަށް ޖަދަލުކުރާ އެހެންނަމަވެސް ރިވެތި އަޚްލާޤާއި މަޑުމައިތިރި ބައެއްގެ ގޮތުގައެވެ.
މިޖަމާޢަތުން ވަނީ އިސްލާމީ ޚިލާފަތާއި މެދު، އުއްމަތުގެ އަހުލުވެރީން ހޭލުންތެރި ކުރުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. އަދި ސިޔާސީ ގޮތުންނާއި ސިޔަސީ ޙައްލުތަކުން ޚިލާފަތް ނުގެނެވޭނަކާމާއި މެދުވެސް އެޖަމާޢަތުންވަނީ އުއްމަތް ހޭލުންތެރި ކުރުވާފައެވެ. އެހެންނަމަވެސް ޙިޒްބުއްތަޙްރީރުން، އިސްލާމީ ޝަރީޢަތް އަނބުރާ ގެނައުމަށް މިހާރު އެކުރާމަސައްކަތަކީ ޢާއްމުގޮތެއްގައި ބުނާނަމަ ކާމިޔާބުވާނެ މަސައްކަތެއް ނޫނެވެ.
ނުޞްރަތު އަންނަންދެން، އެކަމަށް އެދިއެދި ތިބުމަކީ މުޢްޖިޒާތަކަށް މަޑުކުރުން ކަހަލަ ކަމެކެވެ.

އިސްލާމްދީނަށް ނުޞްރަތުދީ މިދީން ޤާއިމްކުރުމަށް އެދިގެންތިބި ވަންހަތަކުގެ ވެރިންނާއި، ޢަސްކަރީ ވެރިންތައް، އެމީހުންގެ ހަމައެކެނި ވާހަކަތަކަކުންނާއި މަޝްވަރާތަކުން އެކަންތައްތަކެއް ކާމިޔާބެއް ނުކުރެވޭނެއެވެ. އެމީހުންނަށް ހަމައެކަނި ކާމިޔާބު ލިބޭނީ، އެމީހުންނަށް، މުއުމިނުންގެ ތެރެއިން ބައިގަނޑެއް، އެމީހުން ބުނާ ކަންތައްތަކައް ޢަމަލުކުރާ، އަދި އެމީހުންނަށް ލިބިގެންވާ އެންމެހާ ތަކެތި ﷲ އަށްޓަކައި ޤުރުބާން ކުރަން ކެރޭފަދަ ބައެއް ފެނުމުންނެވެ.

މިކަމަކީ، އެހެން މީހުންނަށްވެސް އެކަމަކާ ގުޅުމަށް ހިތްވަރުލިބިގެންވާ ކަންތަކެވެ.
ދީނަށް ނުޞްރަތު ދިނުމުގައި ކާމިޔާބު ހޯދި ބާރުގަދަ މީހުންގެ ތެރޭގައި، ޢިރާޤުގެ ކުރީގެ ބަޢްޡް ޕާރޓީގެ މެންބަރުންތަކެއް ހިމެނެއެވެ. މިހާރު އެމީހުންނަކީ ޢިރާޤުގެ މުޖާހިދުންނެވެ. އަދި ޗެޗްނިޔާގެ ކުރީގެ ރައީސްޑުޑޭޔާ ވެސް ހިމެނެއެވެ. ކުރީގައި އޭނާ އަކީ ރޫސީ ސިފައިންގެ ބޮޑެއްވެސް މެއެވެ.

ނުޞްރަތު ދިނުމުގެ މިފުރިހަމަ ދެނަމޫނާގައިވެސް އެމީހުން އެކަން ކުރިއަށް ގެންދިޔައީ މަޝްވަރާކުރުމުންނާއި، ވާހަކަދެއްކުމުންނާއި، މުޒާހަރާކުރުމުންނާއި، އެކިއެކި ލިޔުންތައް ބެހުމުންނެއް ނޫނެވެ. އެހެނެއްކަމަކު، ﷲ ގެ މަގުގައި ގަދައަޅާ މަސައްކަތް ކުރުމުންނެވެ.
އެހެންކަމުން، މިހުރިހާ ސަބަބުތަކާއި ހުރެ، އަހަރެންނަށް ބުރަވާންޖެހެނީ 4 ވަނަ ގޮތް ކަމަށްވާ، ﷲ ގެ މަގުގައި ހަނގުރާމަކޮށްގެން އިސްލާމީ ޝަރީޢަތް އަނބުރާ ގެނައުމަށެވެ.

މިކަމާއި ގުޅޭގޮތުން މީހުން ދައްކާ އެއްބަހަނާ އަކީ ރަސޫލު ﷲ (صلى الله عليه وسلم) ފުރަތަމަ އިސްލާމީ ޝަރީޢަތް ޤާއިމްކުރެއްވީއެވެ. އަދިއެއަށްފަހުގައި ޖިހާދު ކުރެއްވިއެވެ.

މިފަދައިން ބުނާ މީހުންނަށް ބުނަން ޖެހެނީ ރަސޫލު ﷲ (صلى الله عليه وسلم) ގެ އެދުވަސްވަރާއި، މިޒަމާނާއި ހުރި ތަފާތުތައް ހަނދާންނައްތާ ނުލާށެވެ. އެހެނީ ރަސޫލު ﷲ (صلى الله عليه وسلم) މަދީނާގައި އިސްލާމް ދީން ޤާއިމްކުރެއްވި ހިނދު، އެޒަމާނުގައި ކުއްފާރުން ވެރިވެގަނެފައިވާ އިސްލާމީ އެއްވެސް ބިމެއް ނެތެވެ.

މި ބުނެވުނު ތަފާތަކީ މުހިއްމު އަދި ބޮޑު ތަފާތެއް ނޫން ހެއްޔެވެ؟
މިއަދު މުޅި އިސްލާމީ އުއްމަތް ވަނީ ކުއްފާރުންގެ އިސްތިޢްމާރީންތަކުގެ އަތްދަށުގައެވެ. އަދި އަހަރެމެންގެ ޢިލްމުވެރިންގެ ބަސްފުޅުތަކުން ސާފުވާކަމަކީ އިސްލާމީ ބިމެއް ކުއްފާރުންގެ އަތުން މިނިވަންކުރުމަކީ އެމީހުންގެ މައްޗަށްވާ ވާޖިބެއްކަމުގައެވެ. އެހެންކަމުން އެއްވެސް ކަމެއް ޢައިނިއްޔަ ފަރުޟަކަށް ބަދަލުވުމުން އެކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިކަމާއި ޚިލާފަށް، އެއްވެސް އުޞޫލެއް އަދި ނިޡާމެއްވެސް ނުއުފެއްދޭނެއެވެ. އެކަމުގެ ޙުކުމް ވަރަށް ސާފެވެ. އެހެންކަމުން ޖިހާދަކީ އިސްލާމީ ޝަރީޢަތް އަނބުރާ ގެނެވޭނެ ގޮތް ކަމަށް ތިބާޤަބޫލުނުކުރިޔަސް، މިހާރު އުއްމަތަށް ޖިހާދުކުރުން ވަނީ ޢައިނިއްޔަ ފަރުޟަކަށް ވެފައިކަން ޤަބޫލުކުރަންޖެހޭނެއެވެ.ނަމަވެސް ޙިޒްބުއްތަޙްރީރު ވަނީ މިއުޞޫލާއި ޚިލާފުވެފައެވެ.
އަދި މިހާރު ފަރުޟަކަށް ވެފައިމިވަނީ ދިފާޢުގައި ކުރެވޭ ޖިހާދު ކަމުން، އެކަމުގައި ބައިވެރިވުމަށްޓަކައި، ވެރިޔާގެ ހުއްދަ، މައިންބަފައިންގެ ހުއްދަ، އަނބިމީހާ ފިރިންގެ ފަރާތުން ހުއްދަ، އަޅުމީހާ އޭނާގެ ސާހިބު މީހާގެ ފަރާތުން ހުއްދަ، ދަރަނިވެރިޔާ ދަރަނި ދިން މީހާގެ ހުއްދަވެސް ހޯދާކަށް ނުޖެހެއެވެ.

އަދި ހަމައެހެންމެ ދުނިޔެމަތިން މިކަމަށް ހެކި ލިބެމުން ދާއިރު، އަހަރެމެން މިކަމާއި މެދު މި ބަހުޘްކުރަނީ ކީއްވެހެއްޔެވެ؟
މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިކަމުގެ އެންމެ ކާމިޔާބު ދެނަމޫނާ އަކީ (އެންމެ ފުރިހަމަ ނުވިކަމުގައިވިޔަސް) އަފްޣާނިސްތާނުގެ ޠާލިބާނުންގެ ވެރިކާމާއި ސޯމާލިޔާގެ އިސްލާމީ ކޯރޓުތަކެވެ.

މިދެޤައުމުގައިވެސް އަމާންކަމާއި ޞުލްހަމަޞްލަޙަތާއި އެކު އިސްލާމީ ޝަރީޢަތް ގެނެސްދީފައިވަނީ މުސްލިމު ހަނގުރާމަވެރިންނެވެ.(މުޖާހިދުންނެވެ.) ދެޤައުމުގައިވެސް އެމީހުންނަށް ބާރު ލިބުނީ މަޝްވަރާ ކުރުމުންނާއި، ވާހަކަދެއްކުމުންނާއި، ނުވަތަ އިންތިޚާބުތަކަކުންނެއް ނޫނެވެ. އެހެންނަމަވެސް ﷲ ގެ މަގުގައި ހަނގުރާމަކޮށްގެންނެވެ. އެމީހުންގެ ވެރިކަން ވެއްޓިގެން ދިޔައީ އެއްވެސް ޙާލެއްގައި އެމީހުން އެކަމުގައި ދުލެއްދީގެނެއް ނޫނެވެ. ނަމަވެސް އުއްމަތް އެމީހުން ދޫކޮށްލުމުގެ ސަބަބުންނެވެ.
އެހެނެއްކަމަކު، އެކިއެކި ތަންތާގައި ކުރެވޭ އެކިއެކި ހަނގުރާމަ ތަކުގައި މުޖާހިދުންނަށް ބަލިތަކެއް ލިބިފައިވީނަމަވެސް، ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ.

މިޒަމާނުގައި މިހިނގާ ކަންތައްތަކަށް ތިބާ ވިސްނުގެ ނަޒަރަކުން، ނަޒަރެއް ހިންގާލައިފި ނަމަ، ތިބާއަށް އެނގި ހާމަވެގެން ދާނެ ކަމަކީ މިއަދު ލޭއޮރިފައިވަނީ މުސްލިމުންގެ ޢަދުއްވުންގެ ގައިންކަމެވެ. އަދި މުސްލިމު ހަނގުރާމަވެރިންގެ ގައިންނެއް ނޫންކަމެވެ. އަދި انشاء الله ވަރަށް އަވަހަށް މިނިސްބަތް ބޮޑުވެގެންދާނެއެވެ.

ނަފްސުގެ ޖިހާދާއި ކަނޑިން ކުރެވޭ ޖިހާދާއި ދެމެދުގައި އަރާފައިވާ އޮޅުންތަކާއި މެދު އަހަރެން ދެކޭ ގޮތަކީ، އަހަރެން އޭގެން، އެއްކަމުން އަނެއް ކަންތައް އުންޏެއް ނުކުރަމެވެ.(ކަނޑިން ކުރެވޭ ޖިހާދުގެ ތެރެއިން ނަފްސުގެ ޖިހާދު އުންޏެއް ނުކުރަމެވެ. އަދި ނަފްސުން ކުރެވޭ ޖިހާދުގެ ތެރެއިން ކަނޑިން ކުރެވޭ ޖިހާދުވެސް އުންޏެއް ނުކުރަމެވެ.)

މިތާގައި އަހަރެން މިމާނަ ކުރާ ޖިހާދަކީ ހަމައެކަނި ބަޑިއެއް ނަގައިގެން ހަނގުރާމަ ކުރުމުގެ ވާހަކައެއް ނޫނެވެ. ޖިހާދުގެ މާނަ އެއަށްވުރެ ފުޅާވެގެންވެއެވެ. މިތާގައި އަހަރެން ޖިހާދު މާނަ ކުރާ ގޮތަކީ ޢަދުއްވުން ބަލިކޮށް ފަހަތަށް ޖެއްސުމަށްޓަކައި، މުޅި އުއްމަތުގެ ފަރާތުން ކުރެވޭ މަސައްކަތުގެ މާނައިގައެވެ.

ރަސޫލު ﷲ (صلى الله عليه وسلم) ހަދީޡް ކުރެއްވިއެވެ. "ތިޔަބައިމީހުން، ތިޔަބައިމީހުންގެ ނަފްސުތަކުންނާއި، ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ ދުލުން ޖިހާދު ކުރާށެވެ."

ކުއްފާރުން މިޙަދީޡް މާނަ ކުރާނީ 'އެކީއެކަށް ހަނގުރާމަ' މިޢިބާރާތުންނެވެ. ނަމަވެސް އިސްލާމްދީނުގައި މިހަދީޡް މާނަކުރެވޭ ގޮތަކީ ހަނގުރަމައިގެ މައިދާނުގައި ކުރެވޭ ހަނގުރާމައާއި، މީސްތަކުންގެ ހިތްތަކާއި ސިނކުޑިތައް ކާމިޔާބު ކުރުމުގައި ކުރެވޭ ހަނގުރާމައިގެ މާނައިގައެވެ."
ޝައިޚުގެ ބަސް ނިމުނީ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is