Saturday, May 19, 2012

އިޒްރޭލުގެ ފްލޭޓާ، ބުދު، ހުދުހެދުމުގައި ރާއްޖެއަށް؟ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ސިފައިންގެ " ސިފައުފާ" ޝޯވް ވަރަށް ކުލަގަދަ ގޮތަކަށް






އިޒްރޭލްގެ ފްލޭޓް ރާއްޖެއަށް ޖައްސަން އުޅޭތީއާއި، އައްޑޫގަ ބުދު ބެހެއްޓުމުގެ މައްސަލާގަ، އިލްމުވެރިންގެ ބަޔަކާ، އިއްތިހާދު، ޕާޓީތަކުން  ނުކުމެ ލާދީނީސަރުކާރު ވައްޓާލިފަހުން، އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް އައްޑޫ ސިޓީގެ ގަމަށް ޖައްސާ، ލަވަމުބާރާތް ގައުމީފެންވަރުގަ ކުލަގަދަކޮށް ބާއްވާ، އައްޑޫގައި ދެރަށުގެރައްޔިތުން ތަމްސީލުކުރާބިނާއެއް ބުދު ހިމެނޭގޮތުން ހުދު އައްޑޫ ރައްޔިތުން ހަދަމުންދާއިރު، އިލްމްވެރިންނާ އިއްތިހާދު، ޕާރޓީތައް ހަބަރުފަތުރާ ވަސީލަތްތައް ލޯމަރާލާގެން..... ކީހާޅެން ފަރިއްސަށް.............؟ 

ބޮންބާޑިއާ ޗެލެންޖާ 300 ސީރީޒްގެ ޕްރިވެޓް ޖެޓެއް | އަލްޖެމެނިއާ

އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް އިޒްރޭލްގެ ފަތުރުވެރިންތަކެއް ގޮވައިގެން  އައްޑޫ ސިޓީގެ ގަން އެއާޕޯޓަށް ޖައްސައިފިއެވެ. ނަން ހާމަކުރަން ނޭދޭ އެއާޕޯޓް އޮފިޝަލަކު ވިދާޅުވީ މި ޖެޓްއައިސްފަވަނީ މި މަހުގެ 13 ވަނަ ދުވަހު ޝަންގްރިލާ ވިލގިލި ރިސޯޓަށް  އައި ފަތުރުވެރިންތަކެއް ގޮވައިގެންނެވެ.

މި ޖެޓްގައި އައިސްފަވަނީ އިޒްރޭލުން ފުރައިގެން އެހެންގައުމެއްގަ ޖެއްސުމަށްފަހު ސީދާ ގަމަށް ކަމަށާއިގަމުން ޖެޓް ފުރާފައި ވަނީ  މިމަހުގެ 16 ވަނަ ދުވަހުކަމަށް އޮފިޝަލް ބުނެއެވެ.

   ދުނިޔޭގެ މަޝްޙޫރު ބިލިއަނަރުންނާއި ބައެއް މަޝްހޫރު ގްރޫޕްތައް މިފަހަކަށްއައިސް ޕްރައިވެޓް ޖެޓްތަކުގަ ރާއްޖެއަންނަ  އިރު ކުރީގެ އިދިކޮޅު ފަރާތްތަކުންވަނީ އޭރުގެ ސަރުކާރުން އިޒްރޭލްގެ ގައުމީ އެއާލައިންގެ ބޯޓްތައް ރާއްޖެއަށް ޖެއްސުމުގެ ހުއްދަ ދޭން އުޅޭކަމަށް ތުހުމަތުކޮށް މުޒާހަރާކޮށް ސަރުކާރު ވައްޓާލާފައެވެ. އަދި ބައެއް އިދިކޮޅު ބޭފުޅުންއޭރު ޓީވީތަކަށް އަރާވަޑައިގެން އެވާހަކަ ދައްކާ މީޑިޔާތަކުން އެކަން ވަރަށްބޮޑަށް ކަވަރުކޮށް ގެނެސްދީފަވެއެވެ.
  ދާދި ފަހުން ގައުމީޓީވީގެ ހަބަރުގައި އިންޓަރވިޔު އާއެކު ގެނެސްދީފައިވަނީ އައްޑޫގެ ދެރަށެއްގެ ރައްޔިތުންގެ މަސައްކަތްތައް ތަމްސީލުކުރާގޮތް ދައްކާދޭ އޭގައި ދިރޭ ތަކެތީގެ ސޫރަ ބުދު ހިމޭނޭ ވަރަށްބޮޑުބިނާއެއް ހަދަމުންދާ މަންޒަރެވެ.  ނަމަވެސް މިއަދު މިހިގާ ޒާތުގެ ކަންތައް ކުރިން ހަމަ އެކަންތައް އެގޮތަށް ހިގުމުން އެކަން އޭރުފެނިގެން ސީދާހަރަކާތައް ނުކުތް މުސްލިމުންނާ، ދެފުށްފެންނަ މީޑިޔާތަކުގެ ފަލަސުރުހީތަކަށް އަރަމުންދިޔަ މިފަދަ ހަބަރުތަކާ ވާހަކަތައް މިއަދު ގިނަ މިމީޑިޔާތަކަކުންވެސް ނުފެނެއެވެ.

 އެއްކަލަޕޯޑިއަމްތަކުގައިވާހަކަ ދައްކާ، ވަކިމީހަކަށް ވަކިބަޔަކަށް ތަފާތެއްނެތް މާތްއިސްލާމްދީނުގެ ހިމާޔަތުގައި މުންކަރާތާ ދެކޮޅަށް ނުކުތް ދީނީ  ދޫތަކުގައި ވެސް މިފަދަ ވާހަކަތައް މިހާރު އެހާ  އާންމެއްނޫނެވެ. 
   ދިވެހިންގެ ދިވެހި ވަންތަކަމަށް ގިނަކަންތަކެއް ބަދަލުވަމުންދާގޮތުން ފެންނަނީ، މިއަދު އެފަދައިޒްރޭލުގެ ޔަހޫދީ ބޯޓްތައްވެސް ފްލައިޓްގެ ބަދަލުގައި، އިންޖީނުލީ ކޮންމެސް އުޅަދަކަށްވެ، ބަގުރާވެސް މަސްތީ ބުއިމަށްވެ، ބުދު މޮނިއުމެންޓަށްވެ،  މިއުޒިކާ ލަވަ ނެޗްރަލް ހިއަރިންގ އަށްވެ، ކީރިތި މާތް ގުރުއާނުގައި ﷲ އާއި ރަސޫލާގެ ފަރާތުން ހަގުރާމަ އިއްލާން ކުރައްވާފައިވާ ހަރާމް ރިބާވެސް އިންޓަރެސްޓަށްވެފައިވާގޮތަށް، ﷲގެ މާތްޝަރިއަތުގަވާގޮތް ކަމުނުގޮސް އެޝަރިއަތްވެސް މާހަރުކަށިވެ ލާއިންސާނީވެގެން މިހާރަށް ނުފެތޭތީ، އެޝަރީއަތްތައްވެސް ހިއުމަން ފްރެންޑްލީ ކޮށްބަދަލުކޮށް ދެން މިހިރަ މިހިރަގެން ހަމަދަނީއެވެ.  ދިވެހިން ކިރާނީ ހަމަދިވެހި އާދަކާދައިން ތާއެވެ. ދިވެހިންގެ ހަރުބަހެއްގަ ވަނީ " ހަކުރު ދެންޏާ ބޮޑުބޭބެ " އެވެ.

  އަނެއްކޮޅުން އެއްދުލުން މިއުޒިކާ ލަވަ ހަރާމްކަމަށް ވިދާޅުވެ ގުރުއާނާ ހަދީސުން ދަލީލުދައްކަވަމުން ބަޔާންނެރުއްވަމުން، އަނެއްކޮޅުން ހަމައެފަދަ ސޯވތަކާ އިވެންތައް ބަައްލަވަމުން ސްޓޭޖް ކާރީ އަތްޖައްސަވަމުން އިނާމްދެއްވަމުން ގެންދަވަނީ މިދެންނެވި ދިވެހި ހިކްމަތު އަމަލީގެ ދަށުން ކަމަށްވެސް ވެދާނެއެވެ.

  އިޒްރޭގެ ބޯޓްތައް ޖެއްސުމާއި ދެކޮޅައް ކުރިން އަޑުއުފުލިއިރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެތެރޭގައި އިޒްރޭލްމީހުން ވެސް، އެމެރިކާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ނުޖައްސަންވީ އިޒްރޭލެވެ. އެމެރިކާ އޯކޭ އެވެ.

   އެކަމަކު އިޒްރޭލު އިޒްރޭލެއްގެ ގޮތުގައި އޮންނަނީ ސީދާ އެމެރިކާގެ ދީލަތި ކަމުންނެވެ.  އިޒްރޭލަށް މުސްލިމުން ކަތިލާ މެރުމަށް ހުރިހާ ހިތްވަރެއްދީ ފައިސާ އާއި ހަތިޔާރުދީ އދ މެދުވެރިކޮށްގެންނާއި، އަދި ބާރުގެ ބޭނުންކޮށްގެން ދުނިޔެއާވެސް ދެކޮޅަށް ޔަހޫދީ އިޒްރޭލުމިއަދު ހިމާޔަތްކުރަނީ އެމެރިކާފިޔަވާ ކޮންބައެއްތޯއެވެ؟ ފަލަސްތީނުގެ ކުށެއްނެތް ނިކަމެތި ރައްޔިތުންގެ ގޯތިގެދޮރު އެއްވެސް ރަހުމެއްނެތް ގޮތުގައި  ރޭގަޑު ނިދާފަތިއްބާ އެބައިމީހުންގެ ބޯމައްޗަށް ވައްޓާލާ ޅަދަރިންނާއެކު ފަލަސްތީނުގެ މުސްލިމް ރައްޔިތުން ޗިސްޗިސް ކުރަމުން އެގެންދާ ބުލްޑޯޒަރތައް މިކަމަށް އިޒްރޭލަށް ފޯރުކޮށްދިނީ އެމެރިކާ ފިޔަވާ ކޮންބައެއްތޯއެވެ؟
   ކުށެއްނެތް މުސްލިމުންގެ އެތައް އަހުންނާ އުހުތުނެއް މުސްކުޅިންނާ ޒުވާނުން އެއްވެސް ރަހުމެއްނެތްގޮތުގައި ޖަލުތަކުގަޔާއި މުސްލިމުންގެ ރަށްރަށުގައި ކަރަންޓްޖައްސާ އޮރިޔާންކޮށް ޖިންސީގޯނާކޮށް ދިރުހުއްޓާ ވަލުކުއްތާތަކަށް ކާންދެމުން ޗިސްޗިސްކޮށް މަރާފަވާ މުސްލިމުންގެ ގަބުރު ހަށިތަކުގެ މަތީގައި އެމެރިކާގެ މިއާމީފޯސްގެ މީހުން ޑާންސްކޮށް ރާބޮއެ، އެހަށިތަކަށް ކުޑަކަމުގޮސް ހަދާ މަންޒަރުތައް އެބައިމީހުން ވީޑިޔޯކޮށް އާންމޮކޮށް ނެޓްގައި މިހާރުވެސް ފެންނަން ހުރިއިރު، މުސްލިމުންނަކީ އެއްހަށިގަނޑެއްކަހަލަ ބައެއްކަމާއި، އެއްއިގިލީގައި ރިއްސާނަމަ މުޅިހަށިގަނޑަށް އޭގެވޭން އަޅާގޮތުގައި ވިނަމަވެސް، ތިމާގެ ދަރިއަކަށް ދައްތަ އަކަށް މަންމަ ނުވަތަ އަނބިމީހާއަށް ނުވާތީ މުސްލިމް ދިވެހި ވަންތަކަމުން ހަމަ އަސަރެއްނުކުރަނީތާއެވެ؟
   ހަމަ މަޖަލަކަށާ އުފަލަކަށް ރަހުމް ކުޑަގޮތުގައި ކުށެއްނެތް މުސްލިމް އެތައްކުޑަކުދިންނަކާ މުސްލިމް އެތައް އުހުތުންނެއް ދިހަބާރަމީހުންވެގެން ލައިވްކޮށް ރޭޕްކޮށް ދިރިހުއްޓާ ގުނަވަންތައް  ކަޑާ މަރާލަމުންދާ ލާއިންސާނީތަންތަން ވީޑިއޯކޮށް އެވީޑިއޯތައް ނެޓްގައި އާންމުކޮށްފަވާ މުސްލިމުންގެ އަދުއްވު ޓެރަރިސްޓް އެމެރިކާވެސް ، މިއަދު މިވަނީ އެއްކަލަ ދިވެހި ވަންތަކަމުން ދިވެހިންގެ ހިތުގެ ލޯބިލިބިފައިވާ ދިވެހިންގެ ބާރުތަކަށް ޓްރޭނިންގދޭ ދިވެހިން ނަށް އެހީވާ މާތްބައެއްގެ ގޮތުގައިވެފައެވެ. އެމެރިކާ ހިމެނޭ މިފަދަ އަމަލުތަކުގައި ހިއުމަންރައިޓްސްގެވާހަކަ ދުލުކުރިއަކު މީޑިޔާއަކުނޯވެއެވެ، ގައުމީ ލައިބްރަރީގަވެސް އޮންނަނީ މޯލްޑިވިއަން އެމެރިކާ ފްރެންޑްޝިޕްކޯނަރއެވެ.
     ޔަހޫދީންނާ މުޝްރިކުންގެ މިފަދަ ބައިގަޑު ތަކާ ހިލާފުވުމަށް މާތް ނަބިއްޔާ ހަދީސްފުޅުކުރައްވާފައި ވާއިރުވެސް، މިބައިގަޑުތަކުގެ އުސޫލުތަކާ ގޮތްތައް ބަލައިގަނެ ކޮޕީ ކުރަމުންމިދަނީ ދިވެހި އާދަކާދައިގެ ދަށުންނެވެ. މިގޮތުން އެމެރިކާގެ" އާރމީ ކަޓް " އަކީ މިއަދު ރާއްޖޭގައި އެންމެ މަސްހޫރު ހެއަރސްޓައިލެވެ. ތުއްތު ދަރިފުޅުންފެށިގެން ޒުވާނުންނާ މުސްކުޅިންގެ މެދުގައެވެ، ހާއްސަކޮށް އަޅުގަނޑުމެންގެ ދިފާއީ ބާރުތަކުގެ ސިފައިންގެ މެދުގައެވެ. ދިވެހިންގެ ފުރަތަމަ ޔުނީފޯމަކީ އިސްލާމް ކަމަށް ވިޔަސް އަދުގެ ޔުނީފޯމްގެ ބައެއްގެ ގޮތުގައި ލޯބޮޑު އެތެރެނުފެންނަ ކަޅުއައިނުގައި " އެމެރިކަން އާރމީކަޓް " ފެންނަން ނުހުންނަނަމަ ނަންހިގާ ވެލްޓްރޭނީ އާރމީއަކަށް ނުވާކަމަށް އެންމެ މަތިން ތިރިއަށް މިވަނީ ބަލާގެންފައެވެ. 
    މުސްލިމުން ނަމޫނާ އަކަށް ބަލަންވީ މަތިވެރިމާތް ސަހާބީންގެ ގޮތްތަކާ ސީރަތުގެ ބަދަލުގައި، މިއަދު އެންމެ މަގުބޫލް ބަލާހިތްވަނީވެސް މިވެރިންގެ ހުޅަގުގެ ކޮމާންޑޯ އިންޓަލިޖެންސް މިވެރިންގެ އަނިޔާވެރި މޮޅެތިގޮތްގޮތަށް މޮޑިފައިކޮށްފައިވާ ލާދީނީ ފިލްމުތަކާއި ގޮތްގޮތެވެ.

ސިފައިންގެ "ސިފައުފާ" ޝޯވ ބާއްވައިފި

    18 މެއި 2012 -
ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ސިފައިންގެ " ސިފައުފާ" ޝޯވް ވަރަށް ކުލަގަދަ ގޮތަކަށް ބާއްވައިފި އެވެ. މިކަމަށްޓަކައި  ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ހަފްލާ ޝާރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ޝޯވް މިރެއާއި މާދަމާ ރޭ ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރޭގެ ރަސްމިއްޔާތުގައި ސިފައިންގެ ރަސްމީ މަޖައްލާ "އައްޑަނަ"ގެ ރަސްމީ ވެބްސައިޓް ވަނީ އިފްތިތާހުކޮށްފަ އެވެ. އައްޑަނަ ޑޮޓްކޮމް ޑޮޓް އެމްވީ މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ނާޒިމެވެ.

މީގެއިތުރުން އެރޭގެ ރަސްމިއްޔާތުގައި ސިފައިން ވަނީ ކޮންމެ އަހަރަކު ވެސް ގައުމީ ދުވަހާ ގުޅިގެން ސިފައިން ނެރެމުން އަންނަ "ގައުމީ ލަވަސީޑީ"ވީޑިއޯ އަލްބަމެއް ނެރެދީފަ އެވެ.

ކަޅުތުއްކަލާކޮށީގައި އެރޭ ބޭއްވި “ސިފައުފާ” ޝޯގައި ކޮޕްސް ބޭންޑުގެ މިޔުޒިކާއި، ހެއްވާމަޖާ އައިޓަމްތަކާއި، ޑްރާމާ އާއި ތަމްސީލް އަދި ޑާންސްގެ އައިޓަމްތައް ގެނެސްދީފައިވެ އެވެ. މީގެ އިތުރުން ރޭގެ ޝޯގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން އަލަށް އުފައްދާފައިވާ “އެންތަމް އޮފް ފްލޭމް” ބޭންޑުގެ މިޔުޒިކާއި ލަވަތައް ވަނީ ހުށަހަޅައިދީފަ އެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is