Wednesday, September 12, 2012

ގައްޑާ ވާން އުޅެނީ ,ނަމަވެސް ވަނީ ގަމާރު

ހެޔެއް ނެތެވެ. ބަލަނީ ކެވޭތޯ އެވެ. އުޅުމެއް ނެތެވެ. ނަމަވެސް އުޅެއެވެ. ހިތުން ޔޫރަޕްގެ ފިލުމުސްޓާރެކެވެ. ނަމަވެސް ވިސްނުމުގައި ބަންގާޅި އެކެވެ. ކޫލް ކަމުން ބޮވެނީ ހަމައެކަނި ކޮފީއެވެ. ނަމަވެސް ރުޅިގަދަވެއްޖެއްޔާ ބޮކި ޖަހާ ކެކެން ފަށައެވެ. 



ގެންގުޅެންޖެހެނީ އައިފޯނެކެވެ. ނަމަވެސް ދަރިން ބަނޑަށް ނުކައެވެ. ލިބޭ މުސާރަ އެއްހާހެވެ. ނަމަވެސް ހޭދަކުރުމުގައި މިލިއަނަރެކެވެ. ވާހަކަ ދެއްކުމުގައި ވަރަށް ނަލައެވެ.
ނަމަވެސް ހިތުގައި ހުސް ހަސަދައެވެ. އަޅަންޖެހެނީ ބޮޑު އައިނެކެވެ.ނަމަވެސް ފުސްކަމުން ތަނެއް ދޮރެއް ނުފެނެއެވެ. ކާން ޖެހެނީ ޗައިނީސް ފުޑެވެ. ނަމަވެސް ގޭ ފުރާޅުން ފެން ފައިބަނީއެވެ. އަޅަނީ ރޮލެކްސް ގަޑިއެކެވެ. ނަމަވެސް ގަޑި އަށް މީން ދުވަހަކު ބަލަލީކީ ނޫނެވެ. 

ހިގަން ޖެހެނީ ހައިހީލްސް ގައެވެ. ނަމަވެސް ގެއަށް އައިސް އުޅެން ޖެހެނީ އުނަގަނޑަށް ތަދުވާތީއެވެ. އައިޕޮޑެއް ކޮންމެހެންވެސް ހޯދަންޖެހެއެވެ. ނަމަވެސް ސޮލިޓަޔަރ ކުޅެން އެކަންޏެވެ. ދުއްވަން ޖެހެނީ ރޭސް ކާރެކެވެ. ނަމަވެސް ދުއްވަން އޮތީ ދެކިލޯމީޓަރު ހަމަނުވާ ބަންޕަރު ތައް ގިނަ ތަނެކެވެ. ބޯ ހުންނަނީ ބޮންމާރލީ ހެންނެވެ. ނަމަވެސް ބޮލުގައި އޮތީހުސް އުކުނެވެ.ގޮވަނީ ރައިޓްސް ތަކުގެ ވާހަކައެވެ. ނަމަވެސް ހިތުގައި އޮތީ އަނިޔާވެރިކަމެވެ. 

 ރޭގަނޑުގައި އުޅެނީ ޕާރޓީ ކުރަންށެވެ. ނަމަވެސް ފަތިސް ނަމާދު ކުރާ މީހަކީ ޓެރަރިސްޓެކެވެ. ނަމަކީ ކޮންމެވެސް އިބްރާހީމެއް އާދަނެކެވެ. ނަމަވެސް އުޅުމުގައި ޖޯން އާއި ބެން އެވެ. ބުނުމުގައި މުސްލިމެކެވެ. ނަމަވެސް އަމަލުގައި ޔަހޫދީ އެކެވެ. ހެކިވަނީ އިސްލާމެއް ކަމަށެވެ. ނަމަވެސް ލޯބި ކުރަނީ ކާފަރުންނަށެވެ.

 ކިޔަވަނީ ކީރިތި ޤުރުއާނެވެ. ނަމަވެސް ޤަބޫލް ކުރަނީ ޑިމޮކްރަސީ ގެ ހަމަތަކެވެ. ސައިޒުގައި ކިތަންމެހާވެސް ކުޑައެވެ. ނަމަވެސް ޖަދަލު ކުރަނީ މަތިވެރި ވެގެންވާ ބޮޑު ވެގެންވާ އަރަހުށި މާތްﷲ އާއިއެވެ.
އެ މޮޔަ އިންސާނާ އަށް އޭނާ ގެ ސައިޒް އެނގޭނޭ ދުވަސް ހަމަ ޔަޤީނުންވެސް ވަރަށް އަވަހަށް އެބަ އާދެއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is