Tuesday, September 4, 2012

ހަދިޔާ

އަހަރެން އިބްނުލް މުބާރަކު އަށް ސުވާލު ދެންނެވީމެވެ. " އިންސާނުންނަށް ދެވިފައިވާ އެންމެ މާތް ހަދިޔާ އަކީ ކޮބައިތޯއެވެ؟"


 އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. "ބުއްދިވެރިކަމެވެ." އަހަރެން ސުވާލު ދެންނެވީމެވެ. "އެ ނެތް ނަމަ ދެން ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "ރިވެތި އަޚްލާޤެވެ." އަހަރެން ދެންނެވީމެވެ. "އެ ނެތް ނަމަ ދެން ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އެމީހެއްގެ ފަރާތުން މަޝްވަރާ ލިބޭ ނަސޭހްތްދޭ އެކުވެރިޔާއެވެ." 

އަހަރެން ދެންނެވީމެވެ. "(އެފަދަ މީހަކު) ނެތް ނަމަ ދެން ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަހިމޭންކަމުގައި ގިނަ ވަގުތު ހޭދަކުރުމެވެ." އަހަރެން އަނެއްކާވެސް ދެންނެވީމެވެ. "އެވެސް ނެތް ނަމަ ދެން ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "އެހެންވެއްޖެނަމަ އަވަސް މަރެކެވެ."

ads

ދާއިރާ:

0 comments:

Post a Comment

 
here it is