Wednesday, September 19, 2012

ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބާލަން ޢަމުރެއް ނުކުރެވޭނެ: ޝައިޚް ސަމީރު

ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބާލަން ޢަމުރުކުރުމަކީ އެއީ ދީނީގޮތުންވެސް އަދި ޤާނޫނީގޮތުންވެސް ކުރެވޭނެ ޢަމުރެއް ނޫންކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތުނބުޅި ބަހައްޓަން ސިފައިންގެއިން ކެނޑުމަށް އަޅުގަނޑު އެއްވެސް ގޮތަކަށް ތާއީދެއް ނުކުރަން :ޝައިޚް ޝަމީމް



ރޭޑިއޯ އެޓޯލް އިން މިދިޔަ ހޮނިހިރު ދުވަހުގެރޭ ފޮނުވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ ފުލުހުންނަށާއި ސިފައިންނަށް ތުނބުޅި ބޭލުމަށް ޢަމުރު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށާއި ފުލުހުންނާއި ސިފައިންނަށް ތުނބުޅިބާލަން ކުރާ ޢަމުރަކީ ޣައިރު ޤާނޫނީ ޢަމުރެއްކަމަށެވެ.

"ޤާނޫނީގޮތުން ޢަމުރު ނުކުރެވޭނެ ސަބަބަކީ ދިވެހިރާއްޖޭގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތް އިސްލާމްދީނުގެ އަސްލަކާއި ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނޭ، އަދި ޤާނޫނުއަސާސީން ބާރު ލިބިގެން ނޫނީ އެއްވެސް މީހަކު ކުރާކަމެއް މަނާ ނުކުރެވޭނޭވެސް، އެހެންވީމައި ދިވެހިރާއްޖޭގައި މަނާވާނީ ޤާނޫނު އަސާސީން ބާރު ލިބިގެން މަނާކޮށްފައި އޮތްކަމެއް ނޫނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކޮށްފައިއޮތް ކަމެއް" ޝައިޚް ވިދާޅުވިއެވެ. ޝައިޚް ސަމީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ތުނބުޅި ބޭލުން މަނާކުރާ ޤާނޫނެއް ނޯންނާނެކަމަށާއި، ދިވެހިރާއްޖޭގައި ތުނބުޅި ބޭލުން މަނާކުރާ ޤާނޫނެއް އޮތަސް އެ އެއްޗެއްވާނީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްސާ ފުށު އަރާ އެއްޗަކަށްކަމަށާއި އަދި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުން ބަޔާންވެފައިއޮތް ޝަރުޢީ އަސްލަކާ ފުށުއަރާއެއްޗަކަށްކަމަށެވެ.

ސުވާލު: އަޅުގަނޑުގެ ފިރިމީހާ ސިފައިންގޭގަ އުޅޭތީވެ ރައްޓެއްސަކު މިބުނަނީ އެއީ އުޅެންވާވަރު ތަނެއް ނޫނޭ! އެމީހުން މަޖުބޫރުން ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް އުޅުން މަނާކުރާކަން، ތުނބުޅި ނުބެހެއްޓޭކަން، ވަރަށް ޑީޓެއިލްކޮށް އޭނާ އެވާހަކަ ދެއްކި! އަޅުގަނޑު ހިތަށްއަރަނީ އަންބެއްގެ ހައިސިއްޔަތުން ފިރިމީހާއަށް އެކަމަށް ޕްރެޝަރ ކުރެވިދާނެތޯ؟ ފިރިމީހާގެ މަންމަ ބޭނުންވޭ އޭނާ ސިފައިންގޭގަ އުޅެން އެވެސް މައްސަލައެއް؟ އެމީހުންލައްވާ ޕެރޭޑްވެސް ކުރުވާ މިޔުޒިކް ތެރެއަށް ވައްދާ ދީނުގަ ކަނޑައެޅިގެން ޙަރާމްކަމެއް ކުރުވާތީވެ، އެމައްސަލަވެސް އިޝޫއަކަށް އެބައާދޭ! މިހާރު ތިޔަތިއްބެވި ދެ ޝެއިޚުން އަޅުގަނޑަށް ވަރަށް ރަނގަޅު އާގިޔުމެންޓެއް ދެއްވަން އަޅުގަނޑު ބޭނުންވަނީ، މިސާލަކަށް އޭނާ ހަމަ އެތަނުން ކެނޑެންވީތޯ؟ 

ޖަވާބު: (އައްޝައިޚް އާދަމް ޝަމީމް) "މިކަމުގައި އަޅުގަނޑަށް ވިސްނޭ ވިސްނުން ފަހަރުގަ ތަފާތުވެދާނެ! އަޅުގަނޑަކަށް ނޭނގޭ ޝެއިޚް ސަމީރު ވިދާޅުވާނީ ކީކޭކަމެއް! ނަމަވެސް އަޅުގަނޑުގެ ރަޢުޔު ވަރަށްސާފުކޮށް މިތަނުގަ ކިޔައިދޭން ބޭނުންވޭ ސުވާލުގެ މުހިއްމުކަމުން. އަޅުގަނޑަކަށް ސުވާލު އަލެއްނޫން! އަޅުގަނޑު ވަރަށް ކުރުކޮށް ފޮނިކޮށްދޭ ޖަވާބަކީ ތުނބުޅި ބަހައްޓަން ސިފައިންގެއިން ކެނޑުމަކަށް އަޅުގަނޑު އެއްވެސް ގޮތަކަށް ތާއީދެއް ނުކުރަން. މާނައަކީ ތުނބުޅި ބަހައްޓަން ސިފައިންގެއިން ނުކެނޑޭށޭ! ހަމަ އެގޮތަށް ވަޒީފާއަށްޓަކައި ތުނބުޅި ބޭލުންވެސް ހުއްދައެއްނޫން! 

"ތިމަންނަގެ ވަޒީފާއަކީ ސިފައިންގެޔޭ، ތުނބުޅި ބަހަށްޓަން ވެއްޖިއްޔާ ތިމަންނަގެ ވަޒީފާ ގެއްލޭނެޔޭ އެހެންވީމާ ތިމަންނައަކަށްނެތޭ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަގެ އަމުރުފުޅާއި އެއްގޮތަށް މިކަން ކުރެވޭކަށް!" އެހެން ބުނެފިނަމަ އެއީ ގޯހެއް! 
"ސިފައިންގޭގައި ރަނގަޅު މަޤާމެއްގައި(ރަނގަޅު ޕޯސްޓެއްގައި) ހުންނެވި ބޭފުޅަކު، މިސާލަކަށް މިބުނަނީ "ތިމަންނަ ތުނބުޅި ނުބެހެއްޓޭތީވެ ތިމަންނަ މިތަނުން ކެނޑެނީއޭ!" އެއީވެސް ކަމުދާގޮތެއްނޫން!

"ތުނބުޅި ނުބެހެއްޓޭތީވެ ސިފައިންގެއިން ކެނޑުމަކީ އެއީ ދީނީ ގޮތުން ވާޖިބެއްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ! އަޅުގަނޑުމެންނަކީ މުސްލިމު ޤައުމެއް. ކޮންމެ ޤައުމެއްގައިވެސް ސިފައިން ތިބެންޖެހޭ! ސިފައިން ޕޮލިސް މިއީ ދީނީގޮތުން ތިބުން ލާޒިމްބައެއް. ޤައުމުގެ ޙިމާޔަތާއި ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ސިފައިންގެޔެއްް ހުންނަންޖެހޭ މީހުން ތިބެންޖެހޭ، އަނެއްކޮޅުން އަޅުގަނޑު ޤަބޫލުކުރެވޭގޮތުގައި ތިބެންޖެހޭނެ މީހުންނަކީވެސް ތަޢުލީމުހުރި، އަހްލާގުހުރި ، ދީނަށް ލޯބިކުރާ ދީންވެރި ރަނގަޅުމީހުން. މީހަކު ދީންވެރިވުމުގައި ވަރަށްގިނަ ކަންތައްތަކެއް އޭނާ ކުރަންޖެހޭއިރުގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެހުރިހާކަމެއް ނުކުރެވޭނެ. ވަރަށްގިނަ ކަމެއް ކުރާއިރުގައި އެންމެފުރަތަމަ ކުރަންޖެހޭކަމެއްނޫން ތުނބުޅީގެ މައްސަލައަކީ. އޭނާ އެންމެފުރަތަމަ ވިސްނަންޖެހޭނީ ފަރުޟު ފަސްނަމާދު ކުރުންމަތީގައި ޤާއިމްވުމާއި، އަދިވެސް އޭނާގެ އަޚްލާގުގެގޮތުގައި އިބަހުރި ރަނގަޅުކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް! ހަމައެގޮތަށް ﷲ ސުބްހާނަޙޫ ވަޠައާލާ ވާޖިބު ކުރައްވާފައިވާ ބޮޑެތި ކަންތައްތަކެއް އެބަހުރި މިސާލަކަށް މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި، ސިފައިންގެ ބޭކަލެއްގެ ހައިސިއްޔަތުން ކުރެވިދާނެ ވަރަށްބޮޑެތި ޤުރްބާނީ، ވަރަށްބޮޑެތި ކަންތައްތަކެއް އިބަހުރި ކުރަންޖެހޭ.

"އެފަދަ ހެޔޮކަންތައްތަކެއް ދޫކޮށްލާފަ ހަމައެކަނި ތުނބުޅި ބަހައްޓަން މީހަކު ސިފައިންގެއިން ކެނޑިއްޖިއްޔާ އަޅުގަނޑކަށް ހިޔެއްނުވޭ އެއީ ކަމުދާކަމެއްހެންނެއް! ރަނގަޅުމީހެއް އެތަނުން ކެނޑިގެން ހުސް ކަމުނުދާމީހުންނަށް އެތަން ބަދަލުވެއްޖިއްޔާ ޤައުމުގެ އަމަން އަމާންކަން އޮންނާނެހެނެއް އަޅުގަނޑަކަށް ހިޔެއްނުވޭ! އެއީ ދީނީ ގޮތުން މާބޮޑު ވާޖިބެއް! އަމިއްލަ ފަރުދީ މަސްލަހަތަކަށްވުރެ މުޖްތަމަޢުގެ މަސްލަހަތުވެސް އަޅުގަނޑުމެން އިސްކުރަންޖެހޭ ޙާލަތްތައް ވަރަށްގިނައިން އެބަހުރި.

"ތުނބުޅި ބާލަންޖެހޭތީވެ، ނުވަތަ މިސާލަކަށް އެހެން ބައެއްކަންތައް ހުރެދާނެ! އެކަހަލަ ބައެއްކަންތައްތަކާއިހެދި ސިފައިންގެއިން ކެނޑޭކަށް އަޅުގަނޑެއް ނުބުނާނަން! އަދި އޭގެ ބަދަލުގައި އަޅުގަނޑު ބުނާނީ އެމީހާގެ ހައިސިއްޔަތަށްބަލާފައި އޭނާއަކީ ސިފައިންގޭގަ ރަނގަޅު މަޤާމެއްގައި ހުރި މީހަކަށްވާނަމަ އޭނާ އެތާނގަ ހުންނާށޭ، ހުރެގެން މުސްލިމު ޤައުމެއްގެ ސިފައިންގެ ތެރޭގައި އޭނާއަށް ކުރެވޭނެ ރަނގަޅު އިސްލާހީ ވަރަށްގިނަ ކަންތައްތަކެއް ހުރެދާނެ! ހުރެއްޖިއްޔާ އެފަދަމީހަކު އެތަނުގައި ހުރެގެން އެތަން ރަނގަޅު ކުރުން. މާދަމާ އޭނާ ތުނބުޅި ބޭލުމަށްޓަކައި ކެނޑިއްޖިއްޔާ އޭނާގެ ތުނބުޅި އެކަނި ފަޅާނީ. އެކަމަކު އޭނާ އެތަނުގަ ހުރެ އެތަން އިސްލާޙުކޮށްފިއްޔާ ފަހަރުގަ އެތަނުގައި ތިބި ހުރިހާ ފިރިހެން ބޭފުޅުންނަށް ތުނބުޅިފުޅު ބެހެއްޓޭނެގޮތްވެދާނެ! އެއީ މާބޮޑު ހެޔޮކަމެއް! 
ސިފައިންގޭގައި އެއްވެސް ޙާއްސަ މަޤާމެއްނެތި މީހުންކުރާ ހުރިހާ އަމުރަކަށް ބޯލަނބަންހުރި މީހެއް، އެއްވެސް ކަމެއް ކުރެވޭ މީހެއްނޫން، ހަމައެކަނި ތުނބުޅި ބާލަން ބުނީމަ ތުނބުޅި ބާލަނީ ނުވަތަ ލާރިކޮޅަށްޓަކައި ވަޒީފާ އަދާކުރާމީހެއް! އެފަދަ މީހަކު އެކަހަލަ ވަޒީފާއެއްގައި ހުރުން ކަމަކު ނުދާނެ! 

"އާންމުކޮށް ސިފައިންގެއަކީ މުހިއްމުތަނަކަށްވެފައި އެތަނުގައި ތިބެންޖެހޭނީ ރަނގަޅުމީހުންނަށްވާތީވެ، ރަނަގޅުވާމީހުން އެތަން ރަނގަޅުކުރުން ބޮޑަށް އައުލާކަންބޮޑީ! " 
--------------------------------------------
ޖަވާބު: (އައްޝައިޚް އަޙްމަދު ސަމީރު) " އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖޭގެ ސިފައިން ކަމުގައިވިއަސް، ފުލުހުންކަމުގައިވިއަސް، ތުނބުޅި ބާލާކަށް އަމުރެއް ނުކުރެވޭނެ! އެއީ ޤާނޫނީގޮތުންވެސް ކުރެވޭނެއަމުރެއްނޫން! އެއީ ދީނީގޮތުންވެސް ކުރެވޭނެ އަމުރެއްނޫން! 

"ޤާނޫނީގޮތުން އަމުރު ނުކުރެވޭނެ ސަބަބަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިއެބައޮތް ދިވެހިރާއްޖޭގެ އިސްލާމްދީނުގެ އަސްލަކާ ޙިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެކަމަށް! އަދި ޤާނޫނު އަސާސީ ބުނޭ ޤާނޫނުން ބާރުލިބިގެން މެނުވީ، އެއްވެސް މީހަކު ކުރާކަމެއް ކަމާނުކުރެވޭނެޔޭ! ދިވެހިރާއްޖޭގައި މަނާވާނީ ޤާނޫނު އަސާސީއިން ބާރުލިބިދީގެން މަނާވެފައި އޮންނަކަމެއް! ނޫނި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައި އޮންނަކަމެއް! މީހާ ކުރާކަމެއް މަނާކުރެވޭނީ މިދެމަސްދަރަށް!

"އަޅުގަނޑު ދަންނަވާނީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދިގުކުރަން އަންގަވާފައި އޮތް އެއްޗެއް ބާލަން އަމުރުކުރުމުގެ ޙައްޤު ކާކަށްތޯ ލިބިގެންވަނީ؟

"އަޅުގަނޑު ދަންނަވާނީ އެއަމުރެއް ޝަރްއީގޮތަކުންވެސް، ޤާނޫނީ ގޮތަކުންވެސް ނުކުރެވޭނެ! ފުލުހުންގެތެރޭގައިވެސް، ސިފައިންގެ ތެރޭގައިވެސް، ކިޔަވައިގެން ތިއްބެވި ބޭފުލުން ތިއްބަވާނެ، ޝަރީއަތް އެނގޭ ބޭފުޅުން ތިއްބަވާނެ! އެހެންވެއްޖިއްޔާ އޭގެ މާނައަކީ އެބޭފުޅުންގެ ޙައްޤު ހޯދުމަށްޓަކައި ނިކުމެ ވަޑައިގަންނަވާށޭ! ކެރިވަޑައިގަންނަވާށޭ! ޝަރްއީ މަރްހަލާ ކަޑަައްތުކުރައްވާށޭ! ޝަރްއީގޮތުންވެސް ޤާނޫނީ ގޮތުންވެސް ތުނބުޅި ބާލާކަށް އަމުރެއް ނުކުރެވޭނެ! "


ދިވެހި ރާއްޖޭގައި ތުނބުޅި ބޭލުން މަނާކުރާ އެއްވެސް ޤާނޫނެއް ނޯންނާނެ! އުނބުޅި ބޭލުން މަނާކުރާ ޤާނޫނެއް ދިވެހި ރާއްޖޭގައި އޮތަސް އެއެއްޗެއްވާނީ ޤާނޫނޫ އަސާސީއާއި ސީދާކޮށް ފުށު އަރާއެއްޗަކަށް،އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޝް ފުލުތަކުން ބަޔާންވެގެން ވާ ޝަރްއީ އަސްލުތަކަކާއި ފުށޫއަރާ އެއްޗަކަށް އޭތި ވެގެންދާނީ! 
-------------------

ads

ދާއިރާ:

0 comments:

Post a Comment

 
here it is