Friday, September 21, 2012

ޓެސްޓްތަކުން ދައްކާގޮތުން ކޯލާގެ ވައްތަރުތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވައްތަރުތަކުގައި އަލްކޮހޯލް ހިމެނޭ•


• ޓެސްޓްތަކުން ދައްކާގޮތުން ކޯލާގެ ވައްތަރުތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވައްތަރުތަކުގައި އަލްކޮހޯލް ހިމެނޭ
• "ކޮކާކޯލާގެ ސިއްރު ރެސިޕީއަށް ކޮކާކޯލާ އުފެއްދުމުގެ ތެރޭގައި އަލްކޮހޯލްގެ އަސަރު ހުރެދާނެ" ކޮކާކޯލާގެ ސައިންޓިފިކް ޑައިރެކްޓަރ


ކޯލާގެ ވައްތަރުތަކުގެތެރެއިން ކޮކާކޯލާ އާއި ޕެޕްސިކޯލާގައި މަދުމިންވަރަކަށް ނަމަވެސް އަލްކޮހޯލް ހިމެނޭކަމަށް ފްރާންސްގައި ޝާޢިއުކުރި ސައިންޓިފިކް ދިރާސާއަކުން ދައްކައިފިއެވެ. 

ފްރާންސްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ކޮންސަމްޕްޝަން (އައި. އެން.ސީ) އިން ކުރިޔަށް ގެންދިޔަ މި ޓެސްޓްތަކުން ދައްކާގޮތުގައި ކޯލާގެ ވައްތަރުތަކުގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަވައްތަރުތަކުގައި މަދުމިންވަރަކަށް ނަމަވެސް އަލްކޮހޯލް ހިމެނެއެވެ. މީގެ ތެރޭގައި ކޮކާކޯލާ އާއި ޕެޕްސިކޯލާ ވެސް ހިމެނެއެވެ. އައި. އެން.ސީ އިން ހާމަކުރާ ގޮތުގައި މި ބުއިންތަކުގެ ކޮންމެ ލިޓަރެއްގައި ހިމެނެނީ ގާތްގަޑަކަށް 10 މިލިގަރާމްގެ އަލްކޮހޯލްގެ މިންވަރެވެ. 

ބައެއް ފަރާތްތަކުން ދެކޭގޮތުގައި މި ހޯދުންތަކާއި ގުޅިގެން ކަންބޮޑުވާނީ ހަމައެކަނި ކޯލާގެ ވައްތަރުތައް ބޭނުންކުރާ މުސްލިމުން އެކަންޏެއްނޫނެވެ. މުސްލިމުން ނޫނަސް އާންމުކޮށް ކޯކް ބޯ މީހުނާއި އަދި ވެހިކަލް ދުއްވާއިރު އަލްކޮހޯލްގެ ބަދަލުގައި ކޯކް ބޭނުންކުރާމީހުންވެސް މި ހޯދުމާއިގުޅިގެން ކަންބޮޑުވާނެއެވެ. ކޯލާގެ ވައްތަރުތަކުގެ ތެރެއިން އަލްކޮހޯލް ހިމެނޭކަމަށް ދިރާސާއިން ދައްކާފައިވާ ބެރޭންޑް ތަކަކީ ކޮކާކޯލާ އާއި ޕެޕްސި ކޯލާ އާއި ކޮކާކޯލާގެ ކްލެސިކް ލައިޓް އާއި ކޯކް ޒީރޯ އެވެ.

ކޮކާކޯލާގެ ސައިންޓިފިކް ރިސާރޗް ޑައިރެކްޓަރ މައިކަލް ޕެޕިން ބުނިގޮތުގައި ކޮކާކޯލާގެ ސިއްރު ރެސިޕީއަށް ކޮކާކޯލާ އުފެއްދުމުގެ ތެރޭގައި އަލްކޮހޯލްގެ އަސަރު ހުރެދާނެއެވެ. ނަމަވެސް ކޮކާކޯލާއަކީ "ސޮފްޓް" ޑްރިންކް އެއްކަމަށާއި އަދި ކޯކް ވިއްކާ ޤައުމުތަކުގެ ރަސްމީ އިދާރާތަކުން އެގޮތަށް ޤަބޫލު ކުރާކަމަށްވެސް ޕެޕިން ބުނެފައިވެއެވެ. "ސޮފްޓް" ބުއިންތަކުގައި މަދުމިންވަރަކަށް އަލްކޮހޯލް ހުރެދާނެކަމަށް ޕެޕްސިކޯލާގެ ފަރާތުން ވާހަކަދެއްވި އެކުންފުނީގެ ސްޕޯކްސް ޕާސަންވެސް ބުނެފައިވެއެވެ. 

1886 ގައި އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޯން ޕެމްބާރޓަން އުފެއްދި ކޮކާކޯލާ ފުރަތަމަ ޕޭޓެންޓް ކޮށްފައިވަނީ "ހުރިހާކަމަކަށް" ފަރުވާ ލިބިދޭ ބޭހެއްގެ ގޮތުގައެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is