Thursday, September 13, 2012

އިސްލާމްދީނާއިދެކޮޅަށް ނެރުނު ފިލްމާއިދެކޮޅަށް ބޮޑެތި ހަމަނުޖެހުންތަކެއް

ސެޕްޓެމްބަރު 11 އާއިދިމާކޮށް އެމެރިކާއިން އިސްލާމްދީނާއިދެކޮޅަށް ނެރުނު ފިލްމާއިދެކޮޅަށް ބޮޑެތި ހަމަނުޖެހުންތަކެއް އިސްލާމީ ޤައުމުތަކުގައި މިހާރު ކުރިއަށް އެބަދެއެވެ.

ޢަރަބި މީޑިއާތަކުން ހާމަ ކުރާގޮތުގައި ލީބިއާގެ ވެރިރަށް ބެންޤާޒީގައި ހުންނަ އެމެރިކާގެ ސަފީރާއި އެ އެންބަސީގައި މަސައްކަތް ކުރަމުންދާ 3 މުއައްޒަފުން މިއަދު މަރާލައިފިއެވެ.


 އިސްލާމް ދީނަކީ "ނައްތާލަންޖެހޭ ކެންސަރެއް" ކަމަށް ސިފަކޮށް އެމެރިކާއިން ނެރެނު ފިލްމަކާ ގުޅިގެން ރުޅިއައިސްފައިވާ ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތަކުން ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ އެމެރިކާގެ ސަފީރު ކްރިސްޓޮފާ ސްޓީވެން މަރާލުމާއިގުޅިގެން އެމެރިކާވަނީ އެލާޓަށް އައިސްފައެވެ.

މި ޙަދީޘާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް އޮފިޝަލުން ހާމަކޮށްފައިވަނީ އެމެރިކާ އިން 11 ސެޕްޓެމްބަރ އާއި ދިމާކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމައަށް ފުރައްސާރަ ރައްދުވާގޮތަށް ފިލްމެއް ތައްޔާރުކޮށް ނެރިފައިވުންކަމުގައި ލިބިޔާގެ ދާޚިލީ ވަޒީރު ޔޫނުސުއްޝަރީފީ ވިދާޅުވެފައިވެއެވެ. 

ޢަރަބި ވަރަށް ގިނަ ޤައުމުތަކުގެ ހުރި އެމެރިކާގެ އެންބަސީތަކުގެ ކައިރީގައި އެތައް ހާސް މުސްލިމުންނެއްދަނީ މިހާރު ވަރަށްބޮޑަށް މިކަމާއިދެކޮޅަށް އިޙްތިޖާޖު ކުރަމުންނެވެ. ނަމަވެސް ދިވެހިރާއްޖޭގައި އަދި މިފަދަ އެއްވެސް ޙަރަކާތެއް ފެށިފައެއް ނުވެއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is