Friday, October 14, 2011

ޒުވާން ރައީސް ޒުވާނުންނާ ބައްދަލުކުރައްވަނީ



ޒުވާން ރައީސް ގ. ކެނެރީގޭ މުހައްމަދު ނަޝީދު އއ ތޮއްޑޫގެ ޒުވާނުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ތޮއްޑޫ ޑޮޓް ކޮމް އަށް މައުލޫމާތު ލިބިއްޖެއެވެ. މި ބައްދަލު ކުރެއްވުން ހަމަޖެހިފައިވަނީ މިމަހު 17 ވަނަދުވަހު ރައީސް ތޮއްޑޫ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ
ދަތުރުފުޅުގައެވެ. އާދަޔާހިލާފު ގޮތަކަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޒުވާން ރައީސްގެ މަގުބޫލްކަން ތޮއްޑޫގައި އަންނަނީ ދުވަހެއް ދުވަހަކަށް މަތިވަމުންނެވެ. ތޮއްޑޫގެ ގިނަ ރައްޔިތުން ހާމަކުރާގޮތުގައި މިކަމުގެ ސިއްރަކީ ޒުވާން ރައީސް ގެ ހިތްތިރިކަމާއި އޯގާތެރިކަމާއި ރައްޔިތުމީހާ އާއި ރައީސް ބާއްވަވާ ގާތް ގުޅުމެވެ. ވޭތުވެ ދިޔަ 30 އަހަރު ރާއްޖޭގައި އޮތް ހުދުމުހުތާރު އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް އަމަލީގޮތުން އެންމެގިނަ މަސައްކަތް ކުރައްވާފައިވާ ބޭފުޅަކީ އަޅުގަނޑުމެންގެ ޒުވާން ރައީސް ނަޝީދެވެ. އެމަނިކުފާނަކީ ޖެހިލުމެއްނެތި ދިމާވި ކޮންމެ ހުރަހެއް ގިރާކުރައްވަމުން ވަޑައިގެންނެވި ޒުވާނުންގެ ޗެމްޕިއަނެވެ. ދުނިޔޭގެ ތިމާވެށީގެ ބައްޕަގެ ލަގަބު އަދި ރާއްޖޭގެ މަންޑޭލާގެ ނަމުން ވެސް މުހާތަބުކުރެވޭ ޒުވާން ރައީސް ގެ ދުރުވިސްނުމާއި ހިކުމަތު އަމަލީގެ ބޭނުން ކުރައްވައިގެން ދިވެހިންނަށް ކުރިއެރުމާއި ފާގަތިކަން ހޯއްދެވުމަށް ކެނޑިނޭޅި ބުރަކޮށް މަސައްކަތް ކުރައްވާ ރައީސް ތޮއްޑޫއަށް ވަޑައިގަންނަވަނީ ތަރައްގީގެ ގިނަމަޝްރޫއު ތަކަކާވެސް އެކުގައެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is