Thursday, October 27, 2011

ބްރައިޓް ކުލަބުގެ ޒުވާނުން ބޮޑު ޢީދަށް ތައްޔާރުވަނީ




ތޮއްޑޫ ބުރައިޓު ކުލަބުގެ ޒުވާނުން ބޮޑު ޢީދަށް ތައްޔާރު ވުމުގެ ގޮތުން ތާރަ ޕްރެކްޓިސް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ. ޢީދުގައި މިހާރު ތާރަ ޖެހުންފަދަ ޡަޤާފީ ކުޅިވަރެއް ފެންނާނީ މަދު ރަށަކުންނެވެ. ތާރަ އާއި ބަނޑިޔާ ޖެހުމަށް މަޝްހޫރު ތޮއްޑޫ ބްރައިޓުކުލަބުގެ ޒުވާނުން ތާރަ ޖެހުން ވަޅުޖެހިފަ އޮށްވާ ފަށައިގެން ކުރިއަށްގެންދަނީ ވަރަށް ފޯރިޔާ އެކުގައެވެ. 

އެގޮތުން ޕްރެކުޓިސް ކުރިއަށްދަނީވެސް ދެ ގްރޫޕަކަށެވެ. އެއީ ޒުވާން ޓީމަކާއި ހަރުމީހުންގެ ޓީމް ވަކިންނެވެ. ޒުވާންޓީމް ތައްޔާރުވަނީ ޢީދު ތެރޭ ރަށުންބޭރުގާ ތާރަޖެހުމަށެވެ. ހަރުމީހުންގެ ޓީމް ތައްޔާރުވަނީ ޢީދު ތެރޭ ރަށުގަ ތާރަ ޖެހުމަށެވެ. ބްރައިޓު ކުލަބުގެން މިގޮތަށް މިކަން ކުރަމުން އަންނަތާ މީ ތިންވަނަ އަހަރެވެ. ޢީދުގައި ޡަޤާފީ ކުޅިވަރުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް މީ ރަނުގެ ފުރުޞަތެކެވެ. ޢީދުގައި ތޮއްޑުއަށް ޒިޔާރަތް ކޮށްލުމުން މި ހިންހަމަޖެހުންވެސް ލިބޭނެއެވެ. ޒުވާނުންގެ އުންމީދަކީ ބޮޑުބެރު ޗެލެންޖު ފަދަ މުބާރާތެއް ތާރަ ޗެލެންޖުގެ ނަމުގައި ނަމަވެސް ބޭއްވުމެވެ. އަދި މިފަދަ މުބާރާތެއްގާ ވާދަވެރިކަމާއެކު ތާރަ ޖަހާލަން ލިބުމަކީ ތާރަޖަހާ ގިނަ ކުދިންގެ ހުވަފެނެކެވެ.
.

ads

ދާއިރާ:

1 comment:

  1. thaara kahala ehchihi jehun huttaalaafa mihaaru onnanee mekuhah jehun. musthagubalugai mekuhah jehun ves baave valhu jahaa manzaru fennaane dhuniyeyga thibi bayakah

    ReplyDelete

 
here it is