Tuesday, October 18, 2011

އަޟްޙާ އީދު ފާހަގަކުރަން ސޯސަން ކުލަބުން ތައްޔާރުވަނީ



އެހެން އަހަރުތަކެކޭއެއްފަދައިން މިއަހަރުވެސް ތޮއްޑޫ ސޯސަންކުލަބުގެ ފަރާތުން އަޟްޙާ ޢީދުގެމުނާސަބަތުގައި ޙާއްސަ ކުޅިވަރުތަކެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް ތޮއްޑޫސޯސަން ކުލަބުން މަޢުލޫމާތުދީފިއެވެ. އެގޮތުން މިއަހަރުވެސް ސޯސަންކުލަބުގެމެމްބަރުންނަށް ހުޅުވާލެވިގެން 13 ކުޅިވަރެއް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ތެރޭގައިމަސްރޭސް،ބަށި،ފުޓުބޯޅަ،ވާދެމުން އަދި ސްޓޭޖް ހަރަކާތްތައް ފަދަ ހުރިހާއުމުރުފުރަޔަކާ ގުޅޭ ކުޅިވަރު ހިމެނޭކަމަށްވެސް މަޢުލޫމާތު ލިބެއެވެ.


އަދި މިހާރު ކުރިއަށް ދަނީމި ކުޅިވަރުތަކުގައި ބައިވެރިވާނެ ޓީމުތައްނެގުމާއި، މުބާރާތްތައް ހިންގުމަށްބޭނުންވާނެ ފައިސާ ހޯދުމުގެ މަސައްކަތްތައްކަމަށްވެސް ސޯސަންކުލަބުން މަޢުލޫމާތުދެއެވެ.



މިފަދަ ބޮޑު ޢީދެއްގައިމުސްކުޅިންނާއި، ޒުވާނުންގެ ހިތްތަކުގައި އެކުވެރިކަމާ، އުފާވެރިކަން އާލާކުރުމަށް، މިފަދަ ކުޅިވަރުތަކެއް އިންތިޒާމް ކުރުމަކީ އެ ޖަމާއަތެއްގައިހަރަކާތްތެރިވާ މިފަދަ ކޮންމެ ޖަމްޢިއްޔާ އަކުންވެސް ކުރުން މުހިންމުކަމެކެވެ.އެހެންކަމުން ތޮއްޑޫ ސޯސަންކުލަބުގެ ފަރާތުން މިއަހަރުވެސް ކުރިއަށްގެންދިއުމަށްހަމަޖައްސާފައިވާ ކުޅިވަރުތަކުގެ ސަބަބުން ތޮއްޑޫ ސޯސަންކުލަބުގައި ޙިއްސާވާމެންބަރުންގެ ހިތްތަކުގައި އެ ކުލަބާ ދޭތެރޭ ޖެހިފައިވާ ލޯބި އިތުރުވެގެންދާނޭކަން ކަށަވަރެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is