Wednesday, October 26, 2011

ތޮއްޑޫގެ ޒުވާން ދަނޑުވެރިޔާ


ކުޑަ ބިންކޮޅެއް ގަނެގެން ދަނޑުވެރިކަން ފެށި މި ޒުވާނާއަކީ މިހާރަކަށް އައިސް ތޮއްޑޫގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފަރާތަކަށް މިވަނީ ވެފައެވެ. ފަޅޯ، ބަރަބޯ، ކިއުކަމްބާ، ފާގަ އަދި ޗައިނީސް ކެބެޖަކީ މިހާރު މި ދަނޑުވެރިޔާ އެންމެ ގިނައިން ބާޒާރަށްނެރޭ ތަކެއްޗެވެ. ދަނޑުވެރިކަމަށް 2 އަހަރު ފާއިތުވެ ދިޔައިރު މިހާރު މި ޒުވާނާ ވަނީ އޭނަގެ ދަނޑުގައި ބަކަރި ހުއިހައްޕަން ފަށާފައެވެ. އިންޑިއާއިން 20 ބަކަރި ގެނަސްގެން އަޟްޙާ ޢީދާ ދިމާކޮށް މިފެށި މަސައްކަތުން މި ޒުވާނާއަށް ވަރަށްބޮޑު ފައިދާއެއް ލިބޭނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެއެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ހިތްވަރުގަދަ ޒުވާން ދަނޑުވެރިޔާއަށް ދަނޑުވެރިކަމުން ފާގަތި މުސްތަޤްބަލެއް ދެއްވާ ތަނަވަސް ދިރިއުޅުމެއް ދެއްވުމެވެ.އަދި އިތުރަށް މި ދަނޑުވެރިކަން ފުޅާވެގެން ދިޔުމެވެ.

ނޯޓް:ބަކަރި ކޮށި ތެރެއިން ތިޔަ ފެނިވަޑައި ގަންނަވަނީ މި ޒުވާން ދަނޑުވެރިޔާގެ ނަންޖަހާފައިވާ ފުޅިމަދު ފޮއްޓެކެވެ.





ads

ދާއިރާ:

3 comments:

  1. މި އަރަތުގެ ޖަވާބު ދިމާކުރާ ފަރާތަކަށް ކޮން އިނާމެއްބާ އޮތީ؟ މިބުނީ މި ލިޔުމުގައި އެބުނާ ދަނޑުވެރިޔާއަކީ ކޮބައިކަން ލިޔެފަ ނެތީމަ އެއީ ކިޔުންތެރިންނަށް އޮތް ފުރުސަތެއް ހެން ހީވާތީ. ވަރަށް ސަލާމް

    ReplyDelete
  2. ފުޅިމަދުފޮށީގަ އެއޮތީ އެ ދަނޑުވެރިޔާގެ ނަން ލިޔެފަ. ވަރަށް ސަލާމް

    ReplyDelete
  3. ehen v ma thee hama arathakah vaanee. atlest there must be name or pic in that article.. varah salaaaaam magey faraathun ves. thi liyunumeehaa yah

    ReplyDelete

 
here it is